ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ކްލަބް ޓީނޭޖުން 2-2 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ހިފަހައްޓައިފިއެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ދަ ގްރާންޑޭ އިންނެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހޫގޯ ނިކޮލަސްއެވެ.

ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން ދަ ޓީނޭޖްގެ މައްޗަށް ދަ ގްރޭންޑޭ ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ދަ ގްރާންޑޭ އިން ވަނީ މުހައްމަދު ޝާރިހްގެ ލަނޑުން ލީޑު ފުޅާ ކޮށްފައެވެ.

ނަމަވެސް ޓީނޭޖް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 64 ވަނަ މިނެޓުގައި އަބްދުލް އަޒީޒްގެ ލަނޑުން ނަތީޖާގެ ފަރަގު ކުޑަކޮށް، މެޗުގެ އިތުރު ވަގުތުގައި އަލީ އަހުމަދު އަލީގެ ލަނޑުން ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ކޮލިފައިންގައި އިއްޔެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ސަސް އިންނެވެ.