ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އދ. އިން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވައި އދ. ގައި ހުރި އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޝާހިދުގެ ދަތުރުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންހަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވައި އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ތިން ބޭފުޅަކާ އެކު ކުރައްވާ ދަތުރަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުންނެވެ.

ޝާހިދު، އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކުރި އެއް އަހަރުގެ ދައުރު އަންނަ މަހު ނިމޭނެއެވެ.

ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާއިރު، ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަވާސާ ހާދިސާ

    މިފަހަރު ރާއްޖޭގެ ހުރިހާ މީހުންގެ އިއްފަތްވެސް މޯދީއަށްދޭތީ!

  2. ނޫރު

    މިދަތުރުތަކުގެ ބޭނުމަކީ އުތުރު އިންޑިއާގެ ދަށަށް ގެންދަން، މަޝްވަރާކުރަން. ރ. ނަޝީދު ނުވަތަ ޝާހިދު ވެރިކަމަށް 2023 ގެންނަން.

    2
    1
  3. މަގޭ ހިޔާލު

    ހުސް ބަގުވާސް! ކެނެރީގެ ނަޝީދުވެސް އަމިއްލަދަތުރެއްގައޭ ކިޔާފަ އިންޑިއާ އަށް މިދަނީ އެއްކަމަެއްގަ. ޝާހިދު އާ ނަޝީދުއަކީ މޯދީގެ ބޯއިސް.. ޝާހިދުއަށް ޔޭއެންގެ ތިވަޒީފާ ހޯދަދިނީވެސް އިންޑިއާއިން. އެހެންވީމާ ތިޔަދަތުރުގަ ނިންމާނެ އެއްމެބޮޑުކަމަކީ އަވަހަށް ރާއްޖެ އިންޑިއާ އަށް މިލްކްކޮށް ދެވޭނެ ގޮތެެށް. ޔާމީނު އައުމުގެ ކުރިން އެކަންކުރެވޭތޯ އެބަލަނީ. މާތްﷲ މި ޖައްޖާލި ތަކުގެ ކިބައިން އަޅަމެންގެ މިކުޑަ ޤައުމު ސަލާމަތްކުރައްވާށި.

  4. ހުސެއިން

    ދެޝައިތޯނުން މޯދީ މުންޑުދަށް ގޮސް މިފަހަރުވެސް ގައުމުގެ ކޮންމެވެސް ތަނެއްވިކާލާނެ ބަލަންތިބޭތި ރައްޔިތުން!

  5. ޗޮކޮސް

    އިންޑިއާއިން ކަލެއަށް ހޯދަދިން ވަޒީފާގެ މުއްދަތު ހަމަވުމުގެ ކުރިން މިކަލޭގެ ވައުދުވެފައޮތް ދިވެހިބިމުގެ ކަންތައް އޮތީ ކިހާހިސާބެއްގައިތޯ ބަލާ އަކަންކަން އެއްބަސްވެފައޮތްގޮތަށް ނުކޮށްދޭނަމް ބަދަލުހިފާނަކަމުގެ އިންޒާރުދޭންވެގެން އިންޑިއާއިން ހަރަދުކޮށްގެން ތިސޮރު އެގެންދަނީ. މިކަލޭގެއާޢި ކެނެރީގެ ނަޝީދަކީ މިޤައުމު ލޫޓުވާލައި ވިއްކާލި ދޭ ހާއިނުން. މާތްﷲ މިބައިމީހުން ނުބައި ހިިއްޕެވުމަކުން ހިއްޕަވާށި