އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުންގެ ބަންދުގައި ހުރި އަލަމްގިރް، ކެނެރީގެއަށް ދިޔަ ކަމަށާއި ނާޒިމް ސައްތާރު ހަދިޔާ ވެސް ދިން ކަމަށް އޭނާ ބުނެފިއެވެ.

ކެނެރީގޭގެ ނަން ބަޔާނުގައި ސީދާ ނެތް ނަމަވެސް ގެ ހުންނަ ތަނާއި އެގޭގެ އެތެރެ ހުންނަ ގޮތް ކަމަށް ބުނެ ބަޔާނުގައި އެގެ ސިފަ ކޮށްދީފައިވާ ގޮތައް ބަލާއިރު އެއީ ކެނެރީގެކަން އެނގެއެވެ.

ކާކުކަން ނޭންގޭ ފަރާތަކުން "ވަގުތު" އަށް ފޮނުވި އަލަމްގިރްގެ ތަހްގީގު ބަޔާނުގައި ބުނެފައި ވަނީ ލީކްވެފައިވާ ވީޑިއޯ އިން ފެންނަ ފަހަރުގެ އިތުރަށް ވެސް ނާޒިމާއިއެކު އޭނާ އެއްޖިންސުން ގުޅުން ހިންގާފައި ވާނެ ކަމަށެވެ. އެގޮތުން ކެނެރީގޭގައި ވެސް އެއްޖިންސުން ނާޒިމާއި ގުޅުން ހިންގާފައި ވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަލަމްގިރް ފުލުހުންގެ ތަހްގީގަށް ދިން ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޭނާ ޖިންސީ ގުޅުން ހިންގި މީހުންގެ ތެރެއިން އޭނާއަށް ފާހަގަ ކުރަން އެނގެނީ ވެސް ނާޒިމް އެކަނި ކަމަށެވެ. އެއީ ގުޅުން ހިންގި ފަހުން ވެސް ނާޒިމާއި ބައްދަލުވެ، ނާޒިމްގެ އަތުން ހަދިޔާ ލިބޭތީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަލަމްގިރް ބުނެފައިވާ ގޮތުގައި ފުލުހުން އޭނާގެ އެޕާޓްމަންޓް ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕްލާސްޓިކް އެއްޗަކީ ވެސް ނާޒިމް ހަދިޔާއަކަށް އޭނާއަށް ދިން އެއްޗެކެވެ.

އަލަމްގިރްގެ ބަޔާނުގައި ވަނީ އޭނާ ނާޒިމާއިއެކު ކުރި ކަންތައްތައް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. ނަމަވެސް އެވާހަކަތައް މިޚަބަރުގައި ހިމަނާފައި ނުވަނީ އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވާހަކަތަކަކަށް ވާތީއެވެ.

އަލަމްގިރްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 45 އާއި 50 ދެމެދުގެ އަދަދެއްގެ މީހުންގެ ވީޑިއޯތައް އޭނާ ވާނީ ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ނާޒިމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަމެވެ.

އަލަމްގިރް ފުލުހުންނަށް ދިން ބަޔާން ލީކްވުމާއި ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ".. ޖިންސީ ގުޅުން ހިންގި މީހުންގެ ތެރެއިން އޭނާއަށް ފާހަގަ ކުރަން އެނގެނީ ވެސް ނާޒިމް އެކަނި ކަމަށެވެ"

    މިއަކީ އަދި މުޅިއަކުން ތެދެއްހެނެއް މަށަކަށް ހިއެއް ނުވޭ.. އެވަރު ކަމެއް ކުރިއިރު އޭނައާ އެކު އެކަން ކުރި އެހެން މީހުންވެސް އިގޭނެ ފާހަގަކުރަން އޭނައަށް

    58
    9
    • ޢޮއިވަރ

      ހުޅުމާލެއަށް ބިޒްނަސް މީޓިންގ އަށްވެސް ގޮސްއުޅެފަ އެކަމަކު އެނގެނީ ނާޒިމް އެކަނި. ހަމައެއްނުޖެހޭ ދައްކާ ވާހަކަ

      16
      3
    • ރުހާމް

      އެހިސާބުން މަށަށް ވެސް ތިޔަ ބަޔާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ. ހީވަނީ ނަޝީދަށް ޖެއްސުމަކަށް ކޮއްފައި އޮތް ކަމެއްހެން.

      15
      6
      • ނުލިބޭ ތިއެއް

        ޔާމީނު ވާހަަކަބުނިނަމަ އެވާނީ ހައްގުތެދަށް..ކެނެރީގޭ މީހެއްގެ ނަން އައިމާ ބަޑުދދިޔާވީދެއްތޯ..އެހެރީ ފެންނަން

        22
        2
  2. ޙާލަތު

    250 ވަރަކަށް މީހުންނާއި އެއްޖިންސުން ގުޅުންހިންގި މީހަކަށް އެންމެ މީހެއްގެ ނަން އެނގޭކަމަށް ބުނުމުން ސުވާލު އުފެދޭ!

    48
    8
    • ޖޯކް އޮފް ދަ އިޔާ

      ހެހެހެހެ އާ އެކޭ ކަލޯ.

    • Anonymous

      ރޯޔަލް ގިރިތައް މަސްހޫރުވީމަ ދެން ނޭންގޭ މީހާއަށްވެސް އެނގޭނެ

      16
    • މޭޖަރ.......

      ޢެހެންމީހުން ހަދިޔާ ނުދޭތީވެ ނޭނގެނީ ދޯ

  3. އަޑުގެ ބަސް

    މި ނާޒިމަކީ މަށާ ދިމާއަށް ކުއްތާ ގޮވަމުން ފަހަތުން ދުއްވި މީހެއް. މިއަދު އެނގިއްޖެނު އަސްލު ކއތ އަކީ ކޮބައިކަން. ދެންވެސް ތައުބާވެ ޙައްޤު އަދަބު ލިބިގަނޭ.

    26
    2
  4. ކޮރު އިބިލީސް

    ކެނެރީގެ ދޮވެ ސާފުކުރަން ޖެހޭނެ.
    އަލަމްގިރީގެ ނަޖިހުން ގެ ހުންނާނީ ތައައްޔަރުވެފައި

    29
    2
    • ޖުއްލާބު

      އެ މުޅި އާއިލާ ވަނީ ތަޤައްޔަރު ވެފަ.. ދިވެހި އެތައް ދަރީންނެއް ޝަހީދުކޮށް އެ ބޭކަލުންގެ ލެއިން ތަޤައްޔަރުވެފައި ވާ އާއިލާއެއް އެއީ..

  5. އިބްުނު ސީނާ ބުން ބުލާހިރު

    މި ދިވެހި ސަރުކާރުން ވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކަމަކަށް ހަދާފައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. މާތްވެގެންވާ އިސްލާމް ދީނާއި މަހައި ދުރު ވެރިކަމެއް އަހުރެން އަދި ދުވަހަކުވެސް ދެކިފައިނުވަމެވެ.

    30
    1
  6. ސުކުން

    ވަންނައިޓް ސްޓޭންޑްގަ އެންމެންގެ ނަން ނޭގުނަސް ޚާއްސަ ހަދިޔާދޭ “ލޯބިވެރޔާ” އެގޭނެތާ!

    36
  7. ކޮރު އިބިލީސް

    ނާޒިމް އެކަން ނުކުރާނަމަ ރަށުތެރެއިން އެހެން މީހެއްގެވާހަކަވެސް އޭނާ ބުނަންވީ ދޯ ؟
    ވީޑިއޯ އެހެރީ ފެންނަން ... ރިނދޫ ގްރޫޕް މީހުން ތިކުޅި ކުޅޭހިތުން އުޅޭވަރުން ތިކަންކުރިމީހުންގެ ދިފާއުގައި ތިއުޅެނީ.

    32
    2
  8. ސިމްޕް

    ފާޚިޝް ވާހަކަތައް ފަތުރާމީހާވެސް ވަނީ އެއްހާލެއްގައި

    1
    5
  9. އަހައްމަދޫ

    ހައްހައް. އަބިމީހާ /ފިރިމީހާ ވީމާ ހަދިޔާދޭނޭތާ

  10. އަބްދޫ

    ނާޒިމަށް އެކުޅި ދަސްކޮށްދިނީ ކާކު؟ ގިރިއަށް އެރީފަހުން ގިރީގެ ކުރިން ގޭތެރޭން އެފަދަ މީހަކާއި ދިމާވިތަ؟

  11. އަލިމުތް

    މަގޭ ހިތަށް އަރާ މީނަ މިކުޅިގަނޑު ކުޅެނީ އަނބިމީހާއަށް ވެސް އެނގިގެން ބާއޭ؟ ގައިމު އަނބިމީހާ ވެސް ގޭގަ އުޅޭނެ ދޯ؟ ގެއަށް ޅަ ބަންގާޅު ސޮރެއް ގެނެސް ކޮޓަރިއަށް ވައްދައިގެން ކީއްކަމެއް ކުރަނީ ނުބަލަންޏާ ކީކޭ ބުނާނީ؟

    12
    1