ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއިއެކު ހުޅުމާލޭ ގެސްޓްހައުސްއެއްގައި ވެސް އެއްޖިންސުން ގުޅުން ހިންގާފައި ވާނެ ކަމަށް ބަންގްލަދޭޝްގެ އަލަމްގިރް ބުނެފިއެވެ.

އަލަމްގިރް މިހެން ބުނެފައި ވަނީ އެއްޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި އޭނާ ފުލުހުންނަށް ދިން ބަޔާނުގައެވެ. އެބަޔާން މިރޭ ވަނީ ކާކުކަން ނޭންގޭ ފަރާތަކުން "ވަގުތު" އަށް ފޮނުވާފައެވެ.

ބަޔާނުގައި އަލަމްގިރް ބުނެފައި ވަނީ ނަޝީދުގެ ވަނަވަރު އެނގުނީ ފުލުހުންގެ ތަހްގީގުގައި ނަޝީދުގެ ފޮޓޯ ދައްކައި، މައުލޫމާތު ދިނުމުންނެވެ. ނަޝީދުގެ އެދުމުގެ މަތިން ހުޅުމާލޭ ގެސްޓްހައުސްއަކަށް ގޮސް އެތަނުގައި ޖިންސީ ގުޅުން ހިންގާފައި ވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ދެން ނަޝީދާއިއެކު ޖިންސީ ގުޅުން ހިންގީ އޭނާ އެހެން މީހުންނާއި ވެސް ޖިންސީ ގުޅުން ހިންގި މާލޭގެ އެޕާޓްމަންޓްގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޖިންސީ ގުޅުން ހިންގުމުން ނަޝީދު ދެފަހަރެއްގެ މަތިން އޭނާ އަށް -/3000 ރުފިޔާ ދިން ކަމަށް ވެސް އަލަމްގިރްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަލަމްގިރްގެ ބަޔާނުގައި ވަނީ އޭނާ ނަޝީދާއިއެކު ކުރި ކަންތައްތައް ވެސް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. ނަމަވެސް އެވާހަކަތައް މިޚަބަރުގައި ހިމަނާފައި ނުވަނީ އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވާހަކަތަކަކަށް ވާތީއެވެ.

އަލަމްގިރްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 45 އާއި 50 ދެމެދުގެ އަދަދެއްގެ މީހުންގެ ވީޑިއޯތައް އޭނާ ވާނީ ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ނާޒިމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަމެވެ.

އަލަމްގިރް ފުލުހުންނަށް ދިން ބަޔާން ލީކްވުމާއި ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުޙައްމަދު މުފީދު

    ތިމައްސަލައިގައި ފުލުހުން އަދި ޕީޖީ ބަލިވެއްޖެ. މައްސަލައިގެ އަސްލަކީ އަގުވައްޓާލުން. ޙެކި ނެތްކަމަށް މިފެންނަނީ.

    10
    6
  2. ޝާން އަލީ

    ފުލުހުންގެ މުއައްސަސާ ލީކުވީތަ. ޏެޕީޖަހަން ވީނުން. މިއީ ރޭވިގެން ކުރާ ބޮޑު ޖަރީމާއެއް. މިކަން ބަލަން ޖެހޭ.

    20
    1
  3. 13ވގ

    އަދިވިސް އަގައަރުވާތި ޕޯޑިއަމްތަކުގަ ލަދުހަޔާތް ކޮބާ

    18
    1
  4. ގައުމު

    އަރަމުން ދިޔަ އަޑުތައް ތެދުވީތާ. މަކަރު ހީލަތް އޮޅުވައިލުން ފުރައްސާރަ ސަނަދު ގަތުން މިއީ މީނާގެ ތަޖުރިބާތައް

    11
    2
    • ރުކޫ ގަލޮޅު

      ކޮން ސަނަދެއް ގަތީ

  5. ޅޮސް އުނދޯލި އާދަނު

    ހާދަ ނާޒިމް ސަލާމަތްކުރަން ކާނަލް ޤުރުބާން ކުރާހެން އެބަ ހީވެޔޭ

    19
    2
  6. ރުކޫ ގަލޮޅު

    ލީކުވީ ބަޔާންތައް އެއްކޮށް އަޅުގަނޑު ކިއިން. ދޭހަވަނީ ވަރަށް ބޮޑަށް ފުލުހުން ރާވައިގެން އުފައްދާފައިވާ ހެކިކަމަށް. މިހެން މިދަންނަވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ އިބާރާތްތައް ބަނގްލަދޭޝް މީހަކު ބުރޯކަން ދިވެހިންދޭ ބަޔާނެއްގައި ހުރުމާއި ފެބްރިކޭޝަން އެއްކަމަށް ބެލެވުން

    10
    2
  7. ޚުސެން ސުޖާ

    ތިބަޔާންތައް ލީކުކުރީ އަލަމްގިރިގެ ލޯޔަރުން. 1000 ރަުފިޔާއަށް ހަށިވިއްކާ ފަގީރު މީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ލޯޔަރަކު ހޯދުން ގޮތް ބަލަން ކެހޭ. ޢެ ލޯޔަރުގެ އަލްޓިމޭޓް ގޯލަކީ އޭނާއަށް ޕޭކުރާ މީހުން ސަލާމަތްކުރުން. ބައި ގަރީނާއަކަށް ވާ ވީޑިއޯއެއް އަލަމްގިރި ދެކޮޅު ހަދައިފިނަމަ ސާބިތުނުވާނެ މައްސަލައެއްގައި އޭނާ އިއުތިރާފްވެ ވަކ 50 މީހހުންހެ މައްސަލައިގައި 53 އަހަރުގެ ޖަލުހުކުމެއް އަންނާނެކަން އޭނާއަށް އެނގޭނަމަ އޭނާވެސް އެކަމާ އެއްބަހެއް ނުވާނެ. މިލޯޔަރުގެ ލައިސަންސް ވެސް ހިފަހައްޓަންޖެހޭ. ށަބަބަކީ ހެކިއުފެއްދުމާއި އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް

    13
  8. ރިލޭ

    ބިޒްނަސްގެ ވައްތަރު ގިރި އެކިޔާދިނީ ،،، ހަލާކުހުރި ،،.

    7
    2
  9. ސަލްމާ އަހްމަދު

    ޤަބޫލުކުރެވެނީ އަލްމްގިރީގެ ފަރާތުން ބަޔާންތައް ލީކުޗީކަމަށް . ލީކުވެފައިވަނީ ބަޔާންތަކުގެ އޮރިޖިނަލްގެ ފޮޓޯތަކެއް ކަމުން މިކަމުގައި ފުލުހުން ރާވައިގެން ހިންގާ ކަންކަން އެބަ ފާހަގަކުރެވޭ.
    މިނައްސަލައިގެ ހަފަރާތް އެބަ ހޯދަންޖެހޭ. މިއީ އެއްޖިންސުން ޖިންސީގުޅުން ހިންގުމަށްވުރެ ގިނަކުށްތައް އެކުލެވޭ އޮގަނައިޒް ކުުރައިމެއް

    11
  10. މުހައްމަދު އަންޖުމް

    ކޮބާތަ މައްސަލަޔަކީ އިބުރާބުނީ ބަކަރިއޯކޭޔޯ އެހެންމީހަކަށް އުނދަގުލެއް ނުވަންޔާ މިއަދުގެ އިބޫހާމާނު ސަރުކާރުން ކުއްތައް ތައުބާކޮށްދެއްވާނެ މިޔެއްނޫންތޯ ދީލަތި އަދުލުވެރި އޯގާތެރި ވެރިއެއްގެ އިންސާފަކީ ފުލުހުން ތިބޭނެ މީހަކު މަރުވޭތޯބަލަން ހެކިބަސްދޭން ހާޒިރުކުރަން މިކަމުގަވެސް ހެކިހުންނާނީ މަރުވެފަވާ މީހެއްގެ އަތުގަކަންނޭގެ

    8
    3
  11. ތަރުޖަމާނު

    ތިމީހާއަކީ އެއްވެސް އިރެއްގައި ކާނަލް ރޭންކް ލިބިފައިވާ މީހެއްނޫން، ރައީސުލް ޖުމްހޫރިއްޔާއޭ ކިޔަންވީނުން

    12
    1
    • ހުވަދޫ އަލިބެއްޔާ

      ސިފައިން ބަޔާން ނެރެން ވެއްޖެ އެއްނު.. ރޭންކްގެ އަގު ވައްޓަނީ..

    • ބްރިގޭޑިއަރިން މުލީ

      ކެޕްޓަން އަކީވެސް ރޭންކެއް. މިހެން ހުންނަ ރޭންކުގެ މިލްކުވެރި ފަރާތަކީ ސިފައިންނެއް ނޫން.

  12. އިސްޢާފް ސަލީމް

    ކާނަލް ނަޝީދުގެ ވާހަކައަކީ ، އަޅުގަނޑަކީ ހޯމަ ބުރާސްފަތީގައި ރޯދަހިފައި ، ރޭގަނޑު ދަމުނަމާދުކޮށް ޤުރުއާންކިޔަވައިއުޅޭ ޞާލިޙް އަޅެއްކަމެވެ. އެތަނަށް ދިޔައީ އޮޅުވލައިގެން ކުރި ބިޒްނަސް ކޯލަކަށެވެ. ކެމެރަކުރާކަން އެގުމުން ބޮކި ނިއްވާލީމެވެ. ފަހުންބުނީ ބޮކި ނުނިއްވާކަމަށެވެ. ބާލީސްކައިރިން އެއްޗެއް ނުނަގަމެވެ. ފަހުން ބުނީ އެތަނުން ނެގީ ތަޅުދަނޑިކަމަށެވެ. އެކަމަކު ބަޔާން ބަލަލުމުން ހަމަ ކޮސްވެއްޖައީމެވެ. މިފަދަ ނުބައި ޢަމަލުތަކުން މިޤަވްމު ސަލާމަތްކުރައްވާށިއެވެ.

    1
    1
  13. އިބުރާބުރާ

    އަލަމްގިރި ހަލާކުވެ ދިޔައީ އުމުރުން ހަތް އަހަރުގަ މީހެއްގެ އަތްދަށުވި ހިސާބުން. ލިވާތު ބައިގަނޑު މުޖުތަމައަށް ދޫކޮށްފަ ތިބުމަކީ ބަޔަކަށް ގެއްލުމެއް ވާ ކަމެއް ނޫނޭ ބުނާ ޖާހިލުންނަށް މިކަމުންވެސް އެއްޗެއް ވިސްނޭނެކަމަށް ހީކުރަން.

    11
    2