އިމާރާތް ކުރުމަށާއި ސިނާއީ އެހެން މަސައްކަތްތަކަށް ހުއްދަ ނުނަގައި ބިމުން ފެން ނަގައި، އެ ފެން ބޭރުކުރާ ނަމަ ކޮންމެ ދުވަހަކު 40،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އެ ގަވާއިދަށް އެންވަޔަރަމަންޓް މިނިސްޓްރީން ގެނައި އިސްލާހުގައި ބުނެފައިވަނީ ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން ނަގައި ބޭރުކޮށްފި ނަމަ، އެ މަސައްކަތްކުރި ކޮންމެ ދުވަހަކަށް 40،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އެ ޖޫރިމަނާ އެގޮތަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

މިގޮތުން، ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތައް މައްސަލައެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް 5،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

އާ ގަވާއިދުގާ ބުނާ ގޮތުން އެއްވެސް ފަރާތަކުން ހުއްދަ ނެގުމަކާ ނުލައި ބިމުން ފެން ނަގައިގެން ބޭރުކުރުމަށް ފަހު، ހުއްދަ އަށް އެދި ހުށަހަޅައިފި ނަމަ ހުއްދަ ދޭނީ ހުއްދަ ނެގުމަކާ ނުލައި ފެން ނެގި މުއްދަތަކަށްވާ ޖޫރިމަނާ އީޕީއޭ އަށް ދެއްކުމުންނެވެ.

އަދި، ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅާ ނަމަ، އެ މުއްދަތު ވެސް އިތުރުކޮށްދޭނީ ބިމުން ފެން ނަގައި، ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް އޮތް ނަމަ އެ ޖޫރިމަނާ ވެސް ދެއްކުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެހުރި

    ކޮންމެ މނިސްޓްރީއަކުންވެސް އެބަޔަކާއި ގުޅޭގޮތުން ޖުރިމަނާ ނަގައި ދައުލަތުގެ އާމްދަނީ އިތުރުކުރަނީ އަންނަތް އޮތް އިންތިހާބަށް ފައިސާހޯދުމަށް. ޕޮލިހުންވެސް އަނެއްކާ ޖުރިމަނާކުރަން ފަށާނެ. އެމީހެއްގެ ބާރުދަށުގައި އޮންނަ ބިމުގައި ހުންނަ ފެނަކީ މިިނިސްޓްރީއާއި ބެހޭ ކަމެއްނޫން. އެއީ އެބައެއްގެ ހައްގެއް.

  2. ޖޫރިމަނާ

    މީހަކު ކެއްސާލިޔަސް ކިނބިއްސެއް އެޅިޔަސް ބޮޑެތި ޖުރުމަނާކޮށްގެން މީހުން ފެލާލެވޭތޯބަލަ؟ ޖޫރިމަނާ ޖޫރިމަނާ ބޮޑެތި ޢަދަދޔތައް މީ ދުނިޔޭގެ ކޮން ބައްރަެއްގަ ކަންކުރާ ގޮތެއްބާ؟

  3. ޙާލަތު

    ޖޫރިމަނާ ކުރާ ސަރުކާރު ކޮންސަރުކާރު؟

  4. އެދުރު

    ވ.ރަނގަޅު އިސްލާހެއް.. މިހާރު މާލެ ހުޅުމާލޭގެ ފެންފަށަލަ މީރު ނުވުމުގެ އެންމެ ބޮޑު ސަބަބަކަށް ވާ ކަމަކީ ކޮންސްޓުރަކްޝަން މަސައްކަތައް ފެންފަށްލަ ކަނޑަށް ބޭރުކުރުން.. މޫދަށް ހޮޅި ނުލާ އެފެން އެއްގަމަށް ހިންދޭނެ އިންތިޒަމަކާއި އެކު މަސައްކަތް ކުރަންޖެހޭފަދަ ގޮތަކަށް އެސްލާހު ގެނައިނަމަ އަދި ފުރިހަމަވާނެ ކަމަށް ފެނޭ..

  5. ޑައެލޯގް

    ރާއްޖޭގެ ރައްޔިތެއް ކޮށްފިނަމަ އީއޯއޭއިން ބޮޑޫކޮށްޖޫރިމަނާކުރާނެއެވެ. އެވެސް އިންޑިޔާކޮށްފިނަމަ ސަރުކާރުޖޫރިމަނާވާނީއެވެ. އެހަކަށްދުވަހު ވިލިގިލިފަރަށް ބްރިޖުއަޅާއެތި އެރީ އެކަމުގައި އީޕީއޭއަށް އެއްކަމެއްވެސް ނުކުރެވުނެވެ.