ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދަށް ތާވަލްކުރި ހެކިބަސް ނެގުމުގެ ޝަރީއަތް ކެންސަލްވެފައި ވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

މި މައްސަލައިގާ އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު އޮތް ހެކިބަސް ނެގުމުގެ ޝަރީއަތް ނިންމަވާލައްވަމުން، އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ތާވަލްކޮށްފައިވާ ކަމަށާއި ޝަރީއަތް އޮންނާނީ ހެނދުނު 9:30 ގައި ކަމަށެވެ.

"އިތުރަށް ހެކިބަސްނެގުމުގެ އަޑުއެހުމެއް، ތާވަލްކުރެވިފައިވާ ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި އޮންނާނެ،" އެ ދުވަހު ގާޒީ ވިދާޅުވިއެވެ.

މިއަދަށް ތާވަލްކޮށްފައި އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

މީގެ ކުރިން ވެސް އެ ދެ މީހުންގެ ހެކިބަސް ނެގުމަށް ތާވަލްކުރިއެވެ. އެހެންނަމަވެސް އޭރު ދެ މީހުންގެ ހެކިބަސް ވަކިން ނަގަން އޮތުމުން ދިފާއުގެ އެދުމަށް ދެ މީހުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ނިންމާ އެ ދުވަހުގެ ޝަރީއަތް ނިންމާލީއެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. މި ދެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އެއްކޮށެވެ.

މިއަދު ޝަރީއަތް ބާއްވަން ކުރިން ނިންމި ނަމަވެސް އެނގިފައިވާ ގޮތުގައި ގާޒީ ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ޗުއްޓީއެއް ނަންގަވައިފައެވެ. އެހެންވެ، ދެން މި މައްސަލައިގާ އަޑުއެހުމެއް އޮންނާނީ އޭގެ ފަހުންނެވެ.

މައްސަލައިގާ އަދިވެސް ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިމިދިޔަ

    ދަރިންނަށް ބޮޑު ހަރަދުކޮށްފަ ކިޔަވާދިނުމުގެ ފައިދާއެއްނެތް . ވައްކަން ކުރަން . ހޑި ހުތުރު ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނީމަ މަސްތަގުބަލް މިރާއްޖޭގަ ލިބޭނެ. މުޅި ބައިތުލްމާލް ވަގަށް ނަގާ ހުސްކުރިމީހުން އުފަލުގަ އެލާރިން ބޮޑެތި އިމާރާތް ހަދަމުން ދާއިރު މާބޮޑުކަމަކަށް ނުވޭ.

  2. ދިވެހި ޒުވާނުން

    ޝަރީޢަތްކުރާ އިރު ޤާޒީ ދޭ ޕްލޭން ބްރޭކް ކޮށްފަ ޤާޒީ ޗުއްޓީ ނެގީމާ ދެޚަސްމުންގެ ހައްގުތަކަށް އެތައް ގެއްލުވުމެއްވޭ. ޤާޒީންނަށް އެއްވެސް ގޮތަކުން އެމީހުން އަމިއްލަ އަށް ކުރާ ޝަރީއަތު ޝެޑިއުލް ބްރޭކް ކޮށް އައްމި ކަންކަން ކުރުމަށް ފުރުޞަތު ދެވިގެންނުވާނެ . އެމީހުން ޝެޑިއުލް ކުރަންވާނީ އެ މީހުންގެ ޗުއްޓީ އާއި އެކަންކަމަށް ވިސްނާ ޚަސްމުންނަށާް އުދަގޫ ނުވާގޮތަށް ކަމުގައި ދެކެން. މިކަން ކަމަށް ލޯހުޅުވިފާ ވަނީ ކިތައް މީހުންތޯ ؟؟

  3. ނުނން

    ކުރިންބުނި އެތި ކެންސަލް.................................................

  4. ކަސޯޓީ

    ތި ވާނީ އަދި އިންޑިޔާ ދަތުރުން ނިންމި ކަންކަން އެ ހިސާބަށް ނުފޯރަނީ ކަމަށް. ޔާމީނުޖަލަށް ލިޔަސް ޕީޕީއްެމްގެ ކެނޑިޑޭޓަކު ނިކުންނާނެ. ޔާމީނަށް ލިބޭނެ ހުރިހާ ވޯޓެއް އެމީހަކަށް ދިނުމަށް ޔާމީނު އެދިވަޑައިގަންނަވާނެ. ކޮންމެ އެއްޗެއް ހެދިޔަސް އިންޑިޔާ ވޯޓުގެ ތެރެއަށް ވަދެ ވައްކަންކޮށްގެން ނޫނީ އެމީހުން ބޭނުންވާ ގޮތަކަށް ނަތީޖާ ނުނުކުންނާނެ. އެ ހިސާބަށް ކަންތައް ދާ ވަރަށްވުރެ ރައްޔަތުން ތިބީ ހޭވެރިވެގެން. ސަރުކާރުން ލިވާތުންނާއި ދީނަށް ފުރައްސާރަކުރާ މީހުންނާ ދޭތެރޭ ގެންގުޅޭ ހަމްދަރުދީއާއި ހެޔޮމަގަށް ނަސޭހަތްދޭ ކޮންމެ މީހަކީ ހަރުކަށި މީހެއްކަމުގައި ދުށުން ފަދަ ކަންކަމުގެ ސަބަބުން މުޅި މި ދިވެހި އިސްލާމީ އުންމަތް މިއޮތީ ބަދަލަކަށް ފެންބޮވައިގެންފައި. ދަރިންގެ ދަރިންނާ ހިސާބުން ވެސް އަދާނުކުެރވޗޭ ވަރަށް ދަރަނި ބޮޑުކޮށްގެނެއް ނޫން ރައްޔަތުންނަށް ޚިދުމަތްކުރާނީކީ. އިގްތިސާދު ދަސްކުރަން ޔާމީނު އަރިހުން ފިލާވަޅު ނަގަން ޖެހޭ.

  5. އިބްރާހިމް

    އަދީބާއި ޒިއަތަށް ރިހާސަލް ބާއްވަން ވަގުތު ދެއްވީތޯ. އިދިކޮޅުން އަދީބާއި ޒިޔަތަށް ސުވާލުކުރަން ޗާންސް ދޭނެކަމަށް ނުބެލެވޭ.

  6. Anonymous

    ޢަޖައިބެއް ނުވޭ . ގާޒީ ޗުއްޓީގަ ހުރިކަން ނޭގޭނެ ނުން. ކޯޓައް މީހުން ހާޒިރުވާން ތާވަލުކޮއް އެ އަންގަނީ އޮޓަމޭޓް މެސަކުން ވިޔާ.