މާލޭ ސިޓީ ކައުންސިލުން މާލޭ އާއި ވިލިމާލޭ މަގުތަކާއި އާންމުތަންތަން ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުނުކޮށް އެކައުންސިލުން ކުރަން ނިންމި ނިންމުމާއި ގުޅިގެން ވެމްކޯގައި ތިބި ދިވެހި އެތައް މުވައްޒަފުންގެ ވަޒީފާއާއި މެދު ސުވާލު އުފެދޭ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން އެފަދަ ނިންމުމެއް އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 66 ވަނަ ޖަލްސާއިން ނިންމާފައިވަނީ ހަރަދުތައް ބޮޑު ކަމަށް ބުނެއެވެ. އެގޮތުން މިހާރު އެމަސައްކަތަށް 2.5 މިލިއަން ރުފިޔާ ހަރަދުވާ ކަން ފާހަގަކޮށް ކައުންސިލުން ބުނީ، އެފަރާތްތަކުގެ އަމިއްލަ ހަރަދުގައި އެކަން ކުރާނަމަ، ހަރަދު ކުރަން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ހަރަދުގެ ގޮތުގައި މުވައްޒަފުން ބެލެހެއްޓުމަށް އަހަރަކު 12 މިލިއަން ރުފިޔާ ހުށަހަޅާފައިވީއިރު، މިފަދަ ބޮޑު ހިދުމަތެއް ފޯރުކޮށްދިނުމުގައި ހިމެނޭ އެހެނިހެން ހަރަދުތައް ކަމުގައިވާ ވެހިކަލް މަރާމާތު ކުރުމާއި އަދި ކުނި ރައްކާތެރި ގޮތެއްގައި ނައްތާލުމަށް ކުރަންޖެހޭ ބޮޑެތި ހަރަދުތައް އެއްވެސް ވަރަކަށް ކައުންސިލުން ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.

ވެމްކޯއިން ބުނީ، އެ ކޯޕަރޭޝަނަކީ 100 އިންސައްތަ ދިވެހި މުވައްޒަފުން ހިއްސާ ކުރާ ކޯޕަރޭޝަނެއް ކަމަށާއި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން މާލެ ސިޓީގެ ހުރިހާ ސަރަހައްދެއް ސާފު ކުރުމަށް ކައުންސިލުން ހުށަހަޅާފައިވާ 100 މުވައްޒަފުންނަކީ އެކަށީގެންވާ އަދަދެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ކައުންސިލްގެ ކުއްލި ނިންމުމާއި ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފެއްގެ ވަޒީފާގެ ކުރިމަގާއި މެދު މިއަދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުންގެ އެކިއެކި މުނިސިޕަލް ހިދުމަތް ދިނުމުގައި އަމަލީގޮތުން އެތަކެއް ބައިވަރު ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށް ވެސް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ވެމްކޯގެ ކަނބަލުން މާލެ ސާފްކުރުމުގައި:- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ވެމްކޯއިން ބުނީ، އެކޯޕަރޭޝަންގެ އޮޕަރޭޝަންގެ ދަށުން މާލެ، ވިލިމާލެ ކުނިކަހާ ސާފު ކުރުމުގެ މަސައްކަތަކީ އެކޯޕަރޭޝަނުން ނުހަނު ބޮޑު އިސްކަމެއްދީގެން އެއްބަސްވެފައިވާ ގޮތުގެ މަތިން ގާތުން މޮނިޓަރ ކުރެވިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެކަން ކުރަމުން އަންނަ ގޮތް ކައުންސިލާއި ހިއްސާ ވެސް ކުރަމުންދާ ކަމަށެވެ.

ވެމްކޯއިން ބުނީ، ސިޓީ ކައުންސިލް އެފަދަ ނިންމުމެއް ނިންމާފައިވަނީ "ސިޔާސީ" ބޭނުމަކަށް ކަމަށާއި "ވެމްކޯގެ ހިދުމަތުގެ ހަގީގަތް އޮޅޭނެފަދަ އިބާރާތުން އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގާއިމު ކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަނބުވާނެ ފަދަ މެރުމަކުން ދެއްކި ވާހަކަ އެކޯޕަރޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރި" ކުރާ ކަމަށެވެ.

ކައުންސިލުން އެފަދަ ނިންމުމެއް ނިންމި ނަމަވެސް، މިހާރަށްވުރެ ހަރުދަނާ އުސޫލަކުން އެކޯޕަރޭޝަނުން ފޯރުކޮށްދޭން ޖެހޭ ކުނި ނަގާ އުކާލަދިނުމާއި ސާފު ކުރުމުގެ އެންމެހާ ހިދުމަތްތައް ދިނުމުގައި ސާބިތުކަމާއި އެކު ދެމި އޮންނާނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Happy 123

    މި މާލޭ ސިޓީކައުންސިލް މީ އޮވާލަންވެފަ އޮތްތަނެއް… ރައްޔިތުންނަށް ޖެއްސުން ކުރުން ނޫން ކަމެއް ނުކުރޭ!! 😡😡

    18
    56
  2. ްައަހްމަދު

    ވެމްކޯއަކީ ނާގާބިލް ބަޔަކު ތިބެގެން ހިންގަމުންދާތަނެއް އެތަނުގެހުރިހާވެހިކަލްތައް ހަލާކުވެގެންދާއިރު އައުވެހިކަލެއްހޯދާނުލެވޭ

    15
  3. ނޫރު

    ބަލަ ވެމްކޯ އުފެއްދި ކުލަ ދޯ، ކައުނސިލްގައި ތިބީ. ދިވެހިންގެ އެކެއްގެވެސް ވަޒީފާ ނުގެއްލޭނެ. މާރަގަޅު އުޖޫރަ ދެވި އިތުރު ބޭފުޅުންނަށް ވަޒީފާ ލިބޭނީ. ވެމްކޯ އުވާލާ.

    13
    1
  4. ޚަދީޖާ

    ހެޕީ. "އޮވާލުން" އެއް ނޫން ކިޔަނީ. "އުވާލުން" ކިޔަނީ.

    5
    1
  5. މަބޭ

    ސިޓީކައުންސިލުން ވެމްކޯއާ ހަވާލުކޮއްފައޮންނަނީ މާލޭތެރެސާފުކުރުމަށާ ކުނިނެގުމައް ނަމަވެސް މަގުމަތީބަހައްޓާފަހުންނަކުނި ސިޓީކައުންސިލުންއުކާލާ އިތުރުހަރަދުތަކެއް ކުރަންޖެހޭނަމަ ތިޔަނިންމުން ވަރައްވެސް ރަންގަޅު

    11
    1
  6. Anonymous

    ދިވެހިން ވަޒީފާގަ މަސައްކަތް ކުރުމަށްވުރެ ބިދޭސީން މާ ރަނގަޅު! ދިވެހިން ދިވެހިންގެ ވަޒަނުގަ ބަންގާޅު މީހުންނަށް ވުރެ ދަށް! ތަނެއްގަ ބިދޭސީމީހާ މަސައްކަތް ކުރަންޔާ ފްރީ އެކޮމޮޑޭޝަން. ދިވެހި މީހާ ކުލިދައްކަން ޖެހޭ. މުސާރަ ދިވެހިން، ބިދޭސީން ހަމަހަމަ. ކޮންބަޔަކަށް ބާ މޮޅީ!. މިހާރުވެސް ހަރަދު ކުޑަކުރާށޭ ކިޔާ ދިވެހިންތައް އުނބަށްޖަހަން ރެޑީވަނީ!. ބަންގާޅު މީހާއަށް ވަޒީފާ! ހާދަ ހެޔޮސަރުކާރެއް!

    7
    2
  7. ލިލީ

    ދިވެހިން ވަޒީފާގަ މަސައްކަތް ކުރުމަށްވުރެ ބިދޭސީން މާ ރަނގަޅު! ދިވެހިން ދިވެހިންގެ ވަޒަނުގަ ބަންގާޅު މީހުންނަށް ވުރެ ދަށް! ތަނެއްގަ ބިދޭސީމީހާ މަސައްކަތް ކުރަންޔާ ފްރީ އެކޮމޮޑޭޝަން. ދިވެހި މީހާ ކުލިދައްކަން ޖެހޭ. މުސާރަ ދިވެހިން، ބިދޭސީން ހަމަހަމަ. ކޮންބަޔަކަށް ބާ މޮޅީ!. މިހާރުވެސް ހަރަދު ކުޑަކުރާށޭ ކިޔާ ދިވެހިންތައް އުނބަށްޖަހަން ރެޑީވަނީ!. ބަންގާޅު މީހާއަށް ވަޒީފާ! ހާދަ ހެޔޮސަރުކާރެއް!

  8. ލާމު

    100 ޕަސެންޓް ދިވެހި މުވައްޒިފުން ނޫޅޭނެ ވެމްކޯގައި. ގޭގެއިން ކުނިނަގަން އުޅޭ ވަރަށް ގިނަ ބިދޭސީން.

    13
    1
    • އަހްމަދު

      އަހަރެންގެ ގޭކުނިނަގަން އަންނަނީ ބަންގާޅީއެއް. އެހެންކަމުން ދޮގުހަދަނީ ވެމްކޯއިންކަން އަހރެންނަށް ޔަގީން.

      10
      1
  9. ޑޮނާޑް

    މިއަހަރު މިނިމިގެން މިދަނީ ފަރީދީ ގޯޅި ތެރެޔައް ތިބުނާ އަންހެން ވެރިން ކުނިކަހަން އަންނަ ތަނެއް ނުދެކެން ، އެކަމަކު ކުރީގަ ބަތާބަރައް ކުނިކަހާ، ފަރީދީމަގުގައި ކުނިކަހާ ގޮތްވެސް ތިއިން މީހަކު ބަލާލީމަ އިގޭނީ، ބޭނުމިއްޔާ ކެމެރާ ގެ ރެކޯޑިން ވެސް ދެވިދާނެ،

    • އަހްމަދު

      ރަނގަޅު ވާހަކައެއް. ދިލްކުޝާ ގޯޅީގައި އަހަރެން އުޅެނީ. ފަށައިގަތް އިރު ހަމަކޮންމެ ރެއަކު ކުނިކަހާ ސާފުކުރޭ. ފަތިސް ނަމާދަށް އަހަރެން ދާއިރު ފެންނާނެ. ފަހުން ފަހުން ހަފްތާއަކު އެއްދުވަހު ކަހަނީ މިހާރު އަމުދުން ނުވެސް ފެނޭ ކުނިތައް އޮންނަނީ ފުރިފާ. އެތައްދުވަހެއްފަހުން ސާފުކޮށްފާ ހުއްޓާފެންނަނީ މަހަކު އެއްފަހަރުކަންނޭގެ މިހާރު ސާފުކުރަނީ.

  10. ރަން ރީނދޫ

    ވެމްކޯ އަކީވެސް ރައީސް ޔާމީނު އުފެއްދެވި ކުންފުންޏެއް. މާލެ ސިޓީ ކައުންސިލް ގައި ތިބީވެސް ގިނައިން ޕީޕީއެމް މެމްބަރުން. ޔަގީންކަން އެބައޮތް ގޯހެއް ނަހަދާނެކަން. ދިވެހިންނަށް ދެރައެއް ނުދޭނެ.

    13
  11. ބަބޫ

    💯 ޕަސެންޓް ދިވެހިން ބޭނުންކުރަން ހެދި ކުންފުންޏެއް. ގިނައީ ބޭރުމީހުން. ކުނި ނަގަން ގެޔަކަށް ނުވަދޭ. މަގުތައްމަތި ގޮނޑުތަކަކަށްވެފަ.

  12. ޑައެލޯގް

    އެތައްމުވައްޒިފުންގެ ވަޒީފާއެއްނޫން ގެއްލެނީކީ ގެއްލެނީ މިސަރުކާރުން ވައްދާފައިވާ އެމްޑީޕީގެ އެކްޓިވިސްޓުންގެ ވަޒީފާއެވެ. މިސަރުކާރުން ދިވެހިންގެ ވަޒީފާ ގެއްލިދާނެތީ ނުވިސްނާނެއެވެ. މިސަރުކާރުން ކަނޑާލާފައިވާ އެތައްމުވައްޒަފެއްއެބައުޅެއެވެ.