ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި ނުގަވައިދުން ދުއްވާ އުޅަނދުތައް ޓޯ ކުރުމުގައި ފުލުހުން ގެންގުޅޭ އުސޫލަށް ލުޔެއް ދީފިއެވެ.

ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ޖެހުން ހުއްޓާލުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، މި ސަރުކާރު އައި ފަހުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ވަނީ އިތުރުވެފައެވެ.

މި ފަހުން ގެނައި އިސްލާހުގައި އޮންނަ ގޮތުން ދެން ފުލުހުން ވެހިކަލް ޓޯ ކުރާނީ:

  • ފުރަތަމަ ފަހަރު ނަމަ- ދެ ދުވަސް
  • ދެވަނަ ފަހަރު ނަމަ- ހަތް ދުވަސް
  • ތިންވަނަ ފަހަރު ނަމަ- 15 ދުވަސް، ދެން އިތުރުވާ ކޮންމެ ފަހަރު 15 ދުވަސް

ޓޯ ކުރުމުގެ އުސޫލަށް ލުޔެއް އައި ނަމަވެސް، ސްޓިކާ ޖެހުމާއި އަދި ވެހިކަލް ޓޯ ކޮށްގެން ފުލުހުން ބޮޑު އާމްދަނީއެއް ހޯދައެވެ.

މިގޮތުން މިނީބަހުގެ ހިދުމަތާއެކު މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ހަ ވަނަ ދުވަހުން އިއްޔެ ނިޔަލަށް 538 ސައިކަލެއްގައި ވައިލޭޝަން ސްޓިކާ ވަނީ ޖަހާފައެވެ. ކޮންމެ ސްޓިކާއަކީ 250 ރުފިޔާއެވެ. އެހެންކަމުން ހަ ދުވަސް ތެރޭގައި ސައިކަލް ސްޓިކާއިން އެކަނިވެ 134500 ރުފިޔާ ލިބޭނެއެވެ.

އޭގެ އިތުރުން ފުލުހުން ބުނީ 30 ސައިކަލަކާއި އެއް ކާރު އެ މުއްދަތުގެ ތެރޭގައި ޓޯ ކޮށްފައިވާ ކަމަށެވެ. ޓޯ ކުރާ އުޅަނދުތައް އަނބުރާ ނެރެވެނީ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު އަލީ

    ތީ ކަންކަން ހުއްޓުވަން ކުރެވޭ ކަމެއް ނޫން. ތިދެވެނީ ގޯސް މަގަށް ހިއްވަރު ޕާކް ކުރާނެ ތަނެއް ނެތިގެން ނޫން ހިތު ހުރި ގޮތަކަށް ޕާކް ކުރަނީ. ކޮންމެ މީހަކަށް އެމީހެއްގެ ގޭ ދޮރުމަތިން ޕާކިން އެއް ނުލިބޭނެ. އަދި ކޮންމެ ފިހާރައެއް ދޮރުމަތީ ޕާކް ކުރަން ޖާގައެއް ނުހެދޭނެ.

    5
    3
  2. އަހުމަދު55

    ތީ ކޮންމެހެން ހެޔޮއެދިގެން ދޭ ލުޔެއް ނޫން ބަހައްޓާނެ ތަނެއް ނެތިގެން ތިއުޅެނީ

    7
    2
  3. ހުވަދޫ އަލިބެއްޔާ

    ފުލުހުން ވަކިވަކި މީހުންނަށް ޓާގެޓްކޮށް އުޅަދު ޓޯވ ކުރާކަން ފާހަގަކުރެވޭ..

    12
    1
  4. ހުވަދޫ އަލިބެއްޔާ

    ދިވެހި ފުލުހުންގެ ޒިންމާ އަކީ ހަމަ އެކަނި ސްޓިކާ ޖެހުމާއި ޓޯވ ކުރުމަށް ހަދައިފި.. ހިތާމަ ހުރިކަމެއް..

  5. އަހަންމަދު

    ތިޚަބަރުތެދުތޯ؟ތިޔަވީގޮތުން ގަވާއިދާޚިލާފަށް އުޅޭމީހުންނަށް އިތުރު ހިތްވަރެއްދެވުނީ! ގަވާއިދާޚިލާފަށް ޕާކުކުރުން ތަކުރާރުކުރާވަރަކަށް އެމީހާއަށް ރައްޔިތުންނަށް ދުއްތުރާކުރުމުގެ ފުރުސަތު ފުލުހުން ފަހިކޮށްދިދުންވެސް އިތުރުކުރީ!

  6. ޖުލައި

    ގަވާއިދާ ޚިލާފުވީމަ މަތިމައްޗަށް އަދަބު. އެއްކުށަކަށް އެއް އަދަބަށްވުރެ ގިނަ އަދަބު ނުދެވޭނެ
    1. ދުއްވި މީހާ. ޖޫރިމަނާ. 2000
    2. ސައިކަލްގެ ވެރި މީހާ ޖޫރިމަނާ 1000
    3. ސައިކަމް 15 ދުވަހަށް ހިފަހައްޓާ
    ދުވަސް ކޮޅަކުން އަމަޔާބަފަޔާ އަނބި ދަރިންވެސް ޖޫރިމަނާ ނުކުރާނެބާ..

  7. ނާދިރާ

    އަދި ތިޔަ ބަހަށް ނާރާ މީހުންވެސް ދުވާލަކަށް 1000ރ ޖޫރިމަނާކުރާނެ...