މޮނިކޮން އަމުރުނެރެފައި ވަނިކޮށް "އޮޅިގެން" ހުޅުމާލެއަށް ދެވުނު މީހަކަށާއި އަދި މޮނިކޮން އަމުރު ނެރެފައި ވަނިކޮށް ދަރިފުޅު ބަލައި ހުޅުމާލެއަށް ދިޔަ މީހެއްގެ މައްޗަށް ދައުލަތުން އުފުލި މޮނިކޮން އަމުރާއި ހިލާފު ވުމުގެ ދައުވާ ސާބިތުވެ ދެމީހުން ވެސް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރ 18 ވަނަ ދުވަހު މިދެމީހުން ވެސް ހުޅުމާލެ އަށް ދިޔައީ ވަކިވަކިން ދެކާރެއްގައެވެ. ދެމީހުންގެ ތެރެއިން އެކަކު ބުނާ ގޮތުގައި އޭނާ އަކީ ޓެކްސީ ޑްރައިވަރެކެވެ. އޭނާ ހުޅުމާލެއަށް ދިޔައީ ދަތުރެއް ނަގައިގެން އޮޅިގެން ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

ދެވަނަ މީހާ ބުނީ އޭނާ ހުޅުމާލެ ދިޔައީ އަހަރުނުވާ އޭނާގެ ދަރިފުޅު ގޮވައިގެން ރަހުމަތްތެރިޔަކު ހުޅުމާލެ ގޮސް އުޅެނިކޮށް ދަރިފުޅު އިން ޓެކްސީ ހުއްޓުމުން ދަރިފުޅު ބަލައެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ މޮނިކޮން އަމުރުގައި ކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތަކާއި ހިލާފު ވެވޭނީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. މަޖުބޫރީ ހާލަތެއްކަން ކަށަަވަރު ކުރުމުގައި ބަލަން ޖެހޭ ކަންކަން ވެސް މައްސަލައިގެ ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ.

ކުޑަކުއްޖަކު އެހެން މީހަކާއި ހަވާލުކޮށްފައި ހުޅުމާލެއަށް ފޮނުވިއިރު އެކުއްޖާ ބަލައި ފަހުން އާއިލާގެ މެންބަރަކު ވެސް ފޮނުވިދާނެ ކަމަށާއި އެހެންކަމުން ދަރިފުޅު ބަލައި ދިއުން އެއީ މަޖުބޫރީ ހާލަތެއްކަން ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައި ވެއެވެ.

މިމައްސަލައިގައި ޖަލަށް ލާން ނުވަތަ ގޭބަންދު ކުރަން ހުކުމް ކުރެވިދާނެކަން ފާހަގަކޮށް ފަނޑިޔާރު ވިދާޅުވީ މިމައްސަލައިގައި ހިމެނޭ ދެމީހުން ކުރެ އެއްވެސް މީހަކު ހުޅުމާލެ ގޮސް އެއްވެސް މީހަކާއި ބައްދަލުކޮށް، އަދި ޓެކްސީން ފައިބާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. ދެމީހުންގެ ކުށުގެ ރެކޯޑެއް ވެސް ނެތުމުން އަދަބު ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން ދެމީހުންގެ ތެރެއިން އެކަކު އަށް މަސް ދުވަހަށް އަދި ދެވަނަ މީހާ ދިހަމަސް ދުވަހަށް ގޭބަންދު ކުރަން ވަނީ ހުކުމް ކޮށްފައެވެ.

އާއްމުކޮށް މޮނިކޮން އަމުރު ނެރެނީ ގޭންގް ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ގުޅިގެންނެވެ. މިދެމީނުން މޮނިކޮން އަމުރާއި ހިލާފުވި މައްސަލައިގައި އިއްވި ހުކުމުގައި އެމީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރުނު ސަބަބު ބަޔާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކުށުގެ ރެކޯރޑެއް ނެތް އެކަމަކު......

    ކުށުގެ ރެކޯރޑެއް ނެތޯ! އެކަމަކު މޮނިކޮން އަމުރު ނެރެފަޔޯ! މީ އަޅެ، އަރަތެއްނޫންތަ!

    38
    1
  2. ޢ

    މަޖުބޫރީހާލަތެއްގަ އަލަންގިރިޔައް ދޮންދިންކަމައް މީހަކުއެބަބުނޭ އޭނަގެ މަޖުބޫރީހާލަތުވަނީ ބަލައިގަނެފަ 1 އަހަރުނުފުރޭދަރިފުޅު ބަލާދިޔުން މަޖުބޫރީ ހާލަތަކައްނުވޭ. ލޮލް

    1
    1
  3. Anonymous

    500 މީހުނާއެކު ލިވާތު ކުރީމަ އަދި ކުރިމީހާ އެކަމައް އެއްބަސްވީމަ އެއްމެ 7 މަހު ޖަލުހުކުމެއް.

    16
  4. އަޖާއިބެއް

    އޮޅިގެން ނުދެވޭނެ. ދެވޭނީ ދިޔައިމާ. އޮޅިގެންނޭ ކިޔައިގެން ބަހަނާ ދައްކާނެ ކަމެއް ނެތްް

    7
    4
  5. ގަބުރީ

    ހުޅުމާލެއަކީ މާލެ އެއްނޫންތަ. ކަލޭމެން ކިޔަނީ އެއީ މާލޭގެ އަވަށެކޭ.

    16
    1
  6. ސާބަސް

    ރާއްޖޭގެ ރައްޔިތަކަށް އޮޅިގެން ނުވާނެ އޮޅުން، ހަނދާން ނެތުން، ކުއްލި ނަފްސާނީ މިއީ މިހާރުގެ ސަރުކާރަށް ބޭނުންކިރެވޭނެ ބަސްބަސް

  7. ފުތާބެއްޔާ

    އަނހަ ގަނޑިޔާ؟! މި ފަހަރު ހުޅުމާލެ ނުވި މާލެޔަކަށް، އެކަމަކު ވަކި ބަޔަކަށް ގޯތި ބަހާލަން ވީމަ އެއީ މާލެ.

    1
    1
  8. ކޮރަލް

    އެންމެ އަމާން ކޮށް ކުށް ކޮށްގެން އުޅޭ ބަޔަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންނެވެ.

  9. Anonymous

    ޟޮ