މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގ. ޒަމާނީ މަންޒިލްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފަޔަރ އެންޑް ރެސްކިއު ޓީމް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވުމާއި ގުޅިގެން ފަޔަރ ލޮރިތައް އެސަރަހައްދުގައި-- ފޮޓޯ: ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާދިސާގެ މައުލޫމާތު ލިބުނު އިރެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އެއިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައި ހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައި ހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ކަމަށެވެ.

އަލިފާނުގެ ސަބަބުން އެ ކޭބަލްތަކާއި އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާރަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް މީހަކަށް ވެސް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.