މާފުށީ ޖަލުގައި ޑިއުޓީ އަށް ހުރި ޒުވާނަކު ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މާފުށީ ޖަލުގެ ޑިއުޓީގައި ހުއްޓާ ނިޔާވީ މާފުށީ ފުންގިރި، އާދަމް ނައުޝާދު ކަމަށެވެ. އޭނާގެ އުމުރަކީ 32 އަހަރެވެ.

ނައުޝާދުލް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅުނީ ފެބްރުއަރީ 3، 2014 ގަ އެވެ.

ޕްރިޒަން ޕްރައިވެޓްގެ މަގާމުގައި ހުރި ނައުޝާދު ވަނީ އޭގެ ފަހުން މާފުށީ ޖަލުގެ އެކި ޔުނިޓްތަކުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

"8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސާވިސް އަށް ލިބުނު ފުން ހިތާމައެއް. ދުއާއަކީ މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން. އަދި، އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރެއްވުން،" ކަރެކްޝަނަލްގެ ޓްވީޓެއްގައި ވިދާޅުވިއެވެ.

ނައުޝާދު ނިޔާވި ސަބަބާއި ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނައުޝާދުގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު މާފުށީ، ކަތީބު ހުސައިން މަނިކު މިސްކިތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފާއިޒް

    ޢިޚްލާސްތެރި ޚިދުމަތެެއް 8 ވަންދެން ދިންއިރު ޕްރައިވެޓެއް ލަދެއް ނުގަނޭތަ ތިވާހަކަ ދައްކަން.

    29
    1
  2. އަރީ

    ކޮވިޑް ވެކްސިން

    17
  3. ޙަބީބު.

    މިޖެހި ކޮވިސީލްޑްގެ ނުރައްކާ ބޮޑުކަަމައްފެނޭ

    16
    2
  4. ރެފްރީ

    ޕީޕީއެމްއިން ކުއްލިމައްސަލައެއް ވައްދަންފެނޭ !

    7
    7
  5. ޖޯކް.

    8 އަހަރު ވީއިރުވެސް ޕްރައިވެޓެއްގެ މަގާމުގަ ބެހެއްޓުމުގެ ޒިންމާ ތިބޭފުޅުން ނަންގަވާނަންތޯ؟؟؟

    29
    2
  6. އާދަމް

    "މަރުގެ ޤާނޫނު ތަންދޭނެހޭ ލަސްކުރަން
    މަރުމަތިން ހެޔޮނުވާނޭ ހަނދާންނެތިކުރަން
    ވަގުތުކަނޑައެޅި އޮތަސް ވަގުތު ނޭނގޭ ކަމެއް
    ހަގުދޮށިން މިންއަޅައިގެން ބެލެން ނެތް ކަމެއް
    ވަގުތު ޖެހުމުން ނުވޭ އުނިއިތުރު އެއްކަމެއް
    މަގު މިދާ ހެޔޮނުވާނޭ ހަނދާންނެތިކުރަން"

    -އުތީމު އާދަމްބެ-

    20
    1
  7. ހިއުމަން ރައިޓްސް

    ޤައިދީންނާއި ބަންދުމީހުން ނޫނަސް ކުއްލިގޮތަކަށް މަރުވާ އޮފިސަރުންގެ މައްސަލަވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަންޖެހޭނެ. އިންސާނުންނަކީ ހަމައެކަނި ޤައިދީންނާއި ބަންދުމީހުނެއްނޫން.

    10
  8. މާނިއު

    މީކޮންރަށެއްގެ ކުއްޖެއްތޯ ނޫސްވެރިޔާ

    4
    3
    • ޢަލީ

      އެއޮތީނުން ލިޔެފަ މާފުށި / ފުންގިރި ކަމަށް. ރަނގަޅަށް ނުކިޔާ ކޮމެންޓް ނުކޮށްބަލަ.

  9. ބޮޑުވަޒީރު

    8އަހަރާއި 7މަހާއި 26 ދުވަސް އިހުލާސްތެރި ހިދުމަތެއްގަ ދެމިހުރިއިރު އެސޮރަަށް ޕްރޮމޯޝަންގަނޑެއްވެސް ނުދީ ބެހެއްޓުމަކީ ތިޔަ ތަނުގެ ވެރިން އޭނާޔާ ދޭތެރޭ ހިތްހަމަނުޖެހޭކަމުގެ ހެއްކެއް!

    13
  10. ވެކްސިން

    ވެކްސިން