ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައެވެ.

މިއަދު މެންދުރު މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެދުގައި ހިމެނޭ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލުގެ މުއްދަތަކަށ ދީފައި ވަނީ ހަވީރު 5:30 އާ ހަމައަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހެނޭ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.