ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ.ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގެ ކުރިން މެޔަށް ތަދުވާތީ ކެތް ނުވެގެން އުޅުނު އިރު، އޭނާ އަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ފުލުހުން ދެކޮޅު ހެދި ކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ގދ. ހޯނޑެއްދޫ އިން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެކަމަކު، ލޯންޗަށް އެރުވި ތަނުން މެޔަށް ތަދެއް އަރައިގެން އެ ވޭނުގައި އޭނާ ވަނީ ނިޔާވެފައެވެ.

ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. މި މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން "ވަގުތަށް" މިއަދު ވިދާޅުވީ އަބްދުﷲ ވަރަށް ބޮޑަށް މެޔަށް ތަދުވެގެން މޭގައި އަތް އަޅައިގެން އުޅުނު ކަމަށާއި އެކަމަކު، އޭނާއަށް ސިއްހީ ފަރުވާ ދޭން އެދުމުން ވެސް ފުލުހުން ވަނީ އެކަމަށް ދެކޮޅު ހަދާފައި ކަމަށެވެ.

"ފުލުހުން ވިދާޅުވީ އޭނަ އޯކޭ ކަމަށް" ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ އަބްދުﷲ ގެ މެޔަށް ވަރަށް ބޮޑަށް ތަދުވެގެން ކެތް ނުވެގެން އުޅުނު މަންޒަރު އޭނާ ވެސް ދެކެވަޑައިގެންނެވި ކަމަށާއި އޭނައަށް ފެނިވަޑައިގަތީ އަބްދުﷲ ވޭނުގައި އުޅުނުތަން ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ ވަރަށް ބޮޑަށް މެޔަށް ތަދުވެގެން އޭނަ [އަބްދުﷲ] މޭގައި އަތް އަޅާ އެހެން އުޅުނުތަން. ވޭނުގައި އުޅުނުތަން ހަމަގައިމުވެސް އަޅުގަނޑަށް ފެނުނީ" ފިރުޝާން ވިދާޅުވިއެވެ.

"ފުލުހުން އޭނަ [އަބްދުﷲ] ކައިރީގައި ތިބި. މެޑިކަލް އެޓެންޝަން ދިނުމަށް އަޅުގަނޑު އެދުނީ... ކަން ހިނގާ ދިޔަގޮތް އެންއައިސީ އާ ހިއްސާކޮށްފިން. އަޅުގަނޑަށް ފެނުނު ތަން ކިޔާދީފިން"

މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން

ފިރުޝާން ވިދާޅުވީ މެޔަށް ތަދުވެގެން ކެތް ނުކުރެވިގެން އަބްދުﷲ މޭގައި އަތް އަޅައިގެން އުޅެމުންދިޔައިރު އަބްދުﷲ ކައިރީގައި ފުލުހުން ވެސް ތިބި ކަމަށެވެ. އެކަމަކު، ފުލުހުން ވަނީ އަބްދުﷲ އަށް ސިއްހީ ފަރުވާ ދޭން ދެކޮޅު ހަދައިފައެވެ.

ފިރުޝާން ވިދާޅުވީ މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތް މިހާރު އިންޓެގްރިޓީ ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫން: އާއިލާއިން ބޭނުންވަނީ އަވަހަށް ވަޅުލަން

އަބްދުﷲ ރަޝީދުގެ ދަރިއަކު ރޮމުން ދިޔައިރު އާއިލާ މެންބަރަކު ކައިރީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އަބްދުﷲ ރަޝީދުގެ ދަރިއަކު ރޮމުން ދިޔައިރު އާއިލާ މެންބަރަކު ކައިރީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަބްދުﷲ ގެ އާއިލާއިން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި އޭގެން ވާނެ ފައިދާއެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އާއިލާއިން ބޭނުންވަނީ އަވަހަށް ޖަނާޒާގެ ކަންކަން ނިންމާލަން ކަމަށް ބުނެފައިވެއެވެ.

އާއިލާއިން އަވަހަށް ވަޅުލަން އެދުނު ނަމަވެސް އެމީހުންގެ ނުގަބޫލުގައި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ.

އާއިލާގެ ނުގަބޫލުގައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ގާނޫނުން ފުލުހުންނަށް ލިބިގެންވެއެވެ. އެކަމަކު، އެކަމަށްޓަކައި ކޯޓު އަމުރެއް ބޭނުންވެއެވެ. މި މައްސަލައިގައި ފުލުހުން އަބްދުﷲ ގެ ހަށިގަނޑު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މިހާތަނަށް އަބްދުﷲ ގެ އާއިލާއަށް އޭނާގެ މޫނު ވެސް ދައްކާފައިނުވާ އިރު އެމީހުން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހަދައިފި ނަމަ އާއިލާއިން ހަށިގަނޑާ ހަވާލުނުވާނެ ކަމަށެވެ.

އަދި، ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ގޮވާލާ އާއިލާގެ ފަރާތުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރު ފަހު ދޭއް ޖަހާއިރަށް ވަނީ ތާވަލުކޮށްފައެވެ.

އާއިލާއިން ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހެދި ނަމަވެސް މި މައްސަލަ ތަހުގީގު ކުރާ އިންޓެގްރިޓީ ކޮމިޝަނުން ބުނެފައިވަނީ މައްސަލައިގައި އިންސާފާ ހަމައަށް ވާސިލުވުމަށް ޕޯސްޓްމޯޓަމެއް ހެދުން ބޭނުންތެރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަހާރެހެންދި ފެނަޑޯލް ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ފޭކު ޖްއްސަން އުޅުނީ....ހުރި ހިތާމަ އެއްގެ ބޮޑު ކަމާ

    7
    34
  2. ޛހ

    ތިވާނީ ޱުރގް އޯވަޱޯޒްވީކަމަށް

    8
    37
    • އަން

      ޑުރަގް އޯވަރޑޯޒް ވިޔަސް ގިރިގިރި އޯވަރޑޯޒް ވިޔަސް ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސިއްހީ ފަރުވާ ހޯދުމުގެ ހައްގު ކޮންމެ އިންސާނަކަށް ވެސް ލިބިގެން ވޭ.
      ސިއްހީ ފަރުވާ ނުދިންތާގަ އެހެންބަޔަކު ފަރުވާދޭނެ އުޅުމުން ބާރުގެ ބޭނުން ކޮށްގެން އެކަންވެސް ހުއްޓުވާ ލާފައި ވަނީ.
      މިހާހިސާބާށް ކަންތައްތައް ދާއިރު ކޮބާތަ އެކިޔާ ހިޔުމަން ރައިޓިސްއޭ ކިޔާ މުއައްސަސާ.
      ކޮބާތަ ޓްރާންސްޕޭރެންސީ އޭ ކިޔާގެން އުޅޭ މުއައްސަސާ.
      ނިދާފަތަ.
      އަދިވެސް ހޭނުލެވެނީތަ

      54
      5
  3. ހުސެން

    މިމިޙުންގެ އިންސާފު ފެންނަނީ ކަރުދާސް ގަ ލިޔެފަ އޮންނަތަން. ސިފައިން ފެންނަނީ ހާވެފަ އޮންނަ މިނިކާވަގެއް އަރައިގަނަން ހެން ފުރަތަމަ ވެސް ހިފާނީ ކަރުގަ އެމީހުން ބުނަނީ ކޮންމެ ތަނެއްގަ މސްއަލަ ޖެއްސިޔަސް ވާނެ ކަމެއް ނޮއޮންނާނެ ކަމަށް ، ވަނީ ވެސް އެހެން ދެން ކޮން އިންސާފެއް ގެ ވާހަކަ ތި ދައްކަނީ.

    42
    5
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އިންޑިއާ އިން އޮޓޮޕްސީ ހަދައިފިއްޔާ ރާއްޖޭގެ އިންޑިއާ އެންބަސީ އިން ބުނާ ގޮތަކަށް ރިޕޯޓް އަންނާނީ. ލަންކާ އިން ހަދައިފި ނަމަ ޝާހިދު ބޭނުން ގޮތަކަށް ރިޕޯޓް އަންނާނީ.

    44
    4
    • މުބީނު މާރނީ

      ދެން ވާނީ އަނިޔާ އެއް ނުކުރާ ކަމަށް ދެން ރިޕޯޓް ގަ އޮންނާ އަލްމަރްޙޫމް ޢަބަދުﷲ ރަޝީދު ނިޔާވިއިރު ހަށިގަނޑު ގައި އަލިފާނާއި ޒައްގޫމު ހުރިކަމަށް.

      22
      4
  5. ހުސެންބެ

    ކޮންފަދަ ޖަނަވާރު އަނިޔާވެރި ސަރުކާރެއް .ޔަހުޔާ ވެސް ޖަލުގައި ބާއްވައިގެން މަރާލީ ފަރުވާ ދިނުން ލަސްވެ އިންސާފު ނުލިބިގެން .ޤިޔާމަތްދުވަހު އަނިޔާވެރިން ފަލީހަޟްވެ ހައްޤު އަދަބު ލިބޭނެ.މިއަދު ޖާހާއި ބާރުގެ ތިބެގެން ގޮތް ހެދިދާނެ

    29
    2
  6. ބުރެކި އާދަނުގެ ގެއްލުނު ތަވީދު

    ޢެސޮރު ފިތްފެލާވެލި ހިކި، ދިޔާ ތަކެތި ބޭނުމެއް ނުކުރޭ...ވަރަށް ބަސް އަހާ މަޑުމައިތިރި ދެރަ ނިކަމަތި ސޯލިހް ސޮރެއް އެއީ...އެސރުގެ ފާފަ ފުއްސަވައި ޖަންނަތުލް ފިރުދައުސް ގެ މަތިވެރި ނިއުމަތް ދެއްވާ އާއިލާ އަށް މުއްސަދި ކަމާ ތަނަވަސް ކަން ދެއްވާށި

    10
    4
  7. Anonymous

    މީ އެމްޑީޕީ މީހެއްނަމަ މިހާރު އެމްޑީޕީ މީހުން ތިބޭނީ މަގުމަތީގައި ނުވެސް ނިދާނެ އީވާ އަނގަމަޑުނުވާނެ ދެފާ އެއް ތާކު ނުޖެހޭނެ
    މިހާރު އެންމެންވެސް ހަނު
    މީކިހާ ބޮޑުކަމެއް މައްޔިތާގެ އާއިލާގެ ނުގަބޫލުގަ ކަންކުރުމަކީ ދީނުގަވެސް ހަރަމްކަމެއް
    މިތިބަ ދީނީ ތާޖުބިލުއަޅުވާގެން ތިބޭ އިމުރާނު އިޔާޒު އިލިޔާސުއަށް މިކަންކަން ރަނގަޅަށް އެނގޭ އިރު ހަނު ކިހާ ތާހިރު

    26
    3
  8. އިބޫ

    ފުލުހުންނަށް ތުހުމަތު ކުރީމަ ޖެހޭނެ ޕޯސްޓްމޯޓަމް ހަދަން ތަނެއްފަޅާފަވެސް. ފުލުހުން ކައިރި ބޭނުންހާ އެއްޗް ނުހެދޭނެ.
    ކޮންމެ ކަމެއްވެސް ވާނީ ހަމަ އެންމެ ރަގަޅަށް

    6
    5
  9. އޭއެމް

    ފުލުންނައް ރިޕޯޓުކުރީ މީހާ ކުލިބަލަން ދިޔައީ އެބުނާ. (ކ ކ ބ ކ ) ޓީމްގެ ފަހުލަވާލުންނާއެކު !!! ތިޔައީ އިންތިހާބައް ފައިސާހޯދަން ރޭވިގެން ހިންގާ ވިޔަފާރި

    1
    1
  10. ޖާބެ

    ކަލޯގަޔާ އިންޑިޔާގަ ރޭޕްކުރާ އަންހެންކުއްޖާ ރަންޑިޔަކައް ހަދާ އުސޫލުން ތިޔަމަރުވެސް އޯވަޑޯޒަކައް ހަދާފާނެ މިހާރުތިބީ އެވަރުގެ މުނާފިޤުން މިގައުމާ ހަވާލުވެ މަރުކަމިޝަންތައް މަރުވެއްޖެ އެސެޓްރިކަވަރީ ގެއްލިޖެއް މިހެންގޮސް އެއްކަމެއްވެސް މެތް ރަނގަޅު ނުވިތާކައް ވެންޓިލޭޓަރުތައް ޖިންސޯ ފުރައްސާރަ ކުރާ މީހުން ހޮލިޑޭޔައް ލަންޑަނުގަ ހުރިހާ ޖިންސުން އެއްގުޅުމެއް ހިންގުމުގަ ސަދޫމްކުޅިވަރުގަ މިއީ ދިވެހިން ބޭނުންވާ ހެޔޮވެރިކަން ޓެކްސް ގޮހޮރުވެސް ނަގާނެ

  11. ހުވަދޫ އަލިބެއްޔާ

    މަޖިލިސްގެ ކަރަޕްޓް މެންބަރަކު އަދި ހެކި ދިނޭ ކިޔާފަ ފުލުހުންނަށް ހީނުވަނެ ކަހިރުވަކޭވެސް.. ފުލުހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާނެކަމުގެ ސަތޭކަ % ޔަޤީންކަށް އެމީހުންނަށް އޮވޭ.. ކަންހިނގާމަގުން ބެލިކަމުގައި ވީނަމަވެސް ފުރާނައިގެ ޙައްޤު މާ މަތިވެރި.. ތުޙުމަތަކަށް ދިރިހުރުމުގެ ޙައްޤު ނިޤުޅައެއް ނުގަނެވޭނެ. ދެންވެސް ފުލުހުން "އޭނަ އޯކޭ" އޭ ބުނެ ފަރުވާ ކުޑަނުކުރާނެކަމަށް އުންމީދުކުރަން..

  12. ދޮންކަލޭފާނު

    ފަހަކަށް އައިސް ފުލުހުންގެ ވަޒީފާތަކަށް ވައްދާ ގިނަ ޒުވާނުންނަކީ އެކުދީންގެ ސްކޫލު ދައުރުގައިވެސް އަޚްލާޤީ ގޮތުން ވަރަށް ދަށު ދަރަޖައިގެ، މަގުމަތީ ލާޗާރު ބިޗާރުކޮށް އުޅުނު، ފަރުޟު ފަސްނަމާދަށް ބަންގި ގޮވާ އަޑުވެސް ނުއިވޭ، ރަނގަޅު ކާމިޔާބީއެއް ލިބިފައިނުވާ ދަރިވަރުން. މިފަދަ ޒުވާނުންނަށް ބޮޑު މުސާރައެއް ލިބެންފެށީމާ ދެން ނޭނގޭނެ އުޅެވޭ ގޮތްވެސް. އިންސާނީ ކަރާމަތޭ މިކިޔާ އެއްޗެއް ނުވެސް ދަންނާނެ. މި ޤައުމުގައި އެންމެ ފުރަތަމަ (ފުރޭންޏަކުން ފުރާނައިގެންވެސް) އިޞްލާޙުކުރަންވީ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ.

  13. ބޮލި މުލައް

    މި ފިރުޝާނަކީ ފެށުނީއްސުރެ ދޮގު ވާހަކަ ފަތުރަމުން އަންނަ މީހެއް
    ޙަޤީޤަތް ހާމަކުރަން ނުކެރެންޏާ އަނގަ ނުބާނާ ހުރޭ. ހިތްވަރެއް ހުރިއްޔާ ބުނެލަބަލަ އޯވަރޑޯޒްވީއޭ.

  14. އަހްމަދު

    ސަަހަރާގެ ފާރު ވައްޓާލީސް.