މިއަދަކީ ހިޖުރީ ތާރީހުގެ ގޮތުން ވަރަށް ރީތި ދުވަހެއް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫން ވިދާޅުވެއްޖެ އެވެ.

ހިޖުރީ ތާރީހުން މިއަދަކީ ރަބިއުލް އާހިރުގެ ހަތަރު ވަނަ ދުވަހެވެ. އެހެން ކަމުން މިއަދުގެ ތާރީހަކީ 4-4-1444 އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ހިޖުރީ ތާރީހު ވަރަށް ރީތި ދުވަހެއް ކަމަށެވެ. އެންމެފަހުން އެކަހަލަ ރީތި ތާރީހެއް އައީ މީގެ 111 އަހަރުކުރިން ކަމަށް ވިދާޅުވި އެވެ.

އެއީ 3-3-1333 އެވެ.

އާންމުކޮށް ރާއްޖޭގެ ރީތި ތާރީހުތަކުގެ ގިނަ އަދަދެއްގެ ކައިވެނި މީހުން ކުރެ އެވެ. ނަމަވެސް މިއަދުގެ ކޯޓުގެ ތާވަލުގައި ކައިވެންޏެއް ކުރުމަށް ހަމަޖެހިފައެއް ނެތެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި 153 ކައިވެނި ކުރިއިރު ހަމަ އެ މަހު 102 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 121 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.

ވަކިވަކި މައްސަލަތަކަށް ބަލާއިރު ވެސް ސެޕްޓެމްބަރު މަހު ފެމެލީ ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެ ބާވަތުގެ 134 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫން

    ކުރިން ބުނި ނަމަ މިއަދު 2 އަތްބަށް މީހަކާ އިންނާނަން...

    • ޖޮނީ ޑެޕްތު

      ކަމަކުނުދޭ. މިއަދުގެ ތާރީޚަކީ 4-4-1444 އެހެންވީމާ އެއްފަހަރާ 4 އަބިންނާ އިންނަންޖެހޭނެ

  2. ކެނެރީ

    ފަރަންޖީ ތާރީޚު ން މިވެރިން ރީތި ތާރީޚު ތަށް ބަލައިގެން ކައިވެނި ކޮށް ވަރި. ކުރަނީ

    10
    1
  3. ޢަލީ

    ގިނަބަޔަކަށް ހިޖްރީ ތާރީޚް ނޭގެނީ ، އެގޭނަމަ މިއީ ކޮންފަދަ ސަޅި ތާރީޚް އެއް ، 4-4-1444