ވަގު ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. އެ އޮޕަރޭޝަނުގައި، ހުޅުމާލެ މަގުމަތިން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވެއެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަގު ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ ވަގު ޑޮލަރު ބޭނުން ކޮށްގެން ފޯނެއް ގަންނަން އުޅުނު ޒުވާނަކު މީގެ ހަފްތާއެއް ކުރިން ހައްޔަރު ކޮށްފައި ވަނިކޮށެވެ.

ވަގު ޑޮލަރު ވަރަށް ގިނަ ގައުމުތަކުގައި ދައުރު ކުރަމުން ގެންދެއެވެ. ވަގު ޑޮލަރު ދެނެގަންނާނެ ވަރަށް ގިނަ ގޮތްތައް ވެސް ހުރެއެވެ. ތިރީގައި އެވަނީ ވަގު ޑޮލަރު ދެނެގަނެވޭނެ ބައެއް ގޮތްތަކެވެ.

ވަގު ޑޮލަރު ރާއްޖޭގައި ދައުރުވަމުން އަންނައިރު ރާއްޖޭގައި ބޭންކްތަކާއި، ފައިސާ މާރުކުރުމުގެ ހުއްދަ އޮންނަ ތަންތަނުން ޑޮލަރު ހޯދުން އޮންނަނީ ދަތިކަމަކަށް ވެފައެވެ. އެހެންވެ ގިނަ މީހުން ޑޮލަރު ގަންނަން ޖެހެނީ ބްލެކްމާކެޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިކިލީކްސް

    އިންޓެލިޖެންސަށް ކަމެއް ނުވިއެއްނު.
    24 އަހަރު އަންހެނާއާ 23 އަހަރު ފިރހެނާ އަތަށް ޑޮލަރު ހަވާލުކުރާ މީހާ ހައްޔަރު ނުކުރެވެނީ ކީއްވެ ؟

    14
    • 100

      100

  2. ޑައެލޯގް

    ޔާމީނުގެ ސަރުކާރަށް ވަގަށްގޮވިމީހުން އައިފަހުން މިސަރުކާރުވެސް ވައްކަންކުރަނީއެވެ. އަދި އާންމުންވެސް ވައްކަންކުރަންޖެހުނީއެވެ. އެގޮތުން ވަގުޑޮލަރު ވިއްކަންޖެހެނީ ޑޮލަރުނުލިބޭތީއެވެ. އަދި ބިލިއަނުންލިބޭ މީހުންއަތުން ޓެކްސްނުނަގައި 60 ހާސްރުފިޔާލިބޭ މީހުންއަތުން އިންކަމްޓެކްސް ނަގާތީވެ އެމީހުންވެސް އެނުދޭން ހަދަނީވަގެވެ. ޔައުނީ އާންމުންވެސް ވަގުންނަށް ހަދާލީއެވެ.