ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބި، ދޫކޮށްލި ފަރާތްތަކުގެ ނަމެއް ނުހިމެނޭނެ ކަމަށް ހައުސިންގ ޑެވެލޮޕެމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓް އެޗްޑީސީން އާއްމު ކުރީ މިއަދުއެވެ. ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1413 މީހަކު ފޯމް ހުށަހެޅިއެވެ. އެކަމަކު ލިސްޓްގައި ހިމެނެނީ 723 މީހުންނެވެ.

އެޗްޑީސީން މިރޭ ބުނީ، ވިނަރެސް ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ޕްލޭނިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލާ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. އަދި މި ލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި އަދި ސީލައިފް އިން ފުލެޓު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ވިނަރެސް މަޝްރޫއުއިން ފްލެޓް ދޭން ނިންމި އެއްވެސް ފަރާތެއްގެ ނުހިމެނޭ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފުލެޓުތަކުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލި ކަމަށެވެ. އަދި ގުޅީފަޅުން ނާއި ސީލައިފް ޕްރޮޖެކްޓުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތު ދީން ކަަމަށް ބުންޏެވެ.

މިއަދު މި އާންމުކުރެވުނު ލިސްޓުގައި އެފަރާތްތަކުގެ ނަމެއް ނުހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއިން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރައްވެހިންނަށް ހާއްސަ ކޮށްފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ހާއްސަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިސްތް

    މިނިސްޓަރ އަސްލަމް ޓީވީގަ ބުނި ގައިމު ވިނަރެސް ފްލެޓް ބޭނުންވެގެން ހިޔާ އިން ފްލެޓް ލިބުނު މީހުން ދޫކޮށްލި 79 ފްލެޓް ދެން ލިސްޓުގަ އެންމެ ކުރީގައި ތިބި މީހުންނަށް ލިބޭނެ ކަމަށް. އެކަންތައް ވީގޮތެއް އިނގޭ އާދަމުގެދަރިއަކު އެބަހުރިތަ؟ 79 ފްލެޓް ކޮބާހޭ ސުވާލަކީ؟؟

    10
    • މުޖުތަމަޢު

      ޕާޓީކުދިންނަށް ބަހާލީ

  2. އހ

    މުޅިންވެސް އޮޅުން

  3. މަގޭ ފްލެޓް

    ގުޅީފަޅުން ފްލެޓް ގަތް މީހުންނަަށް ފްލެޓް ދޭންބުނި. ކޮބާ އެމީހުންގެ ނަންތައް.