ހދ. ވައިކަރަދޫގައި ޖިންސީ ގޯނާ އާއި ކުރިމަތިވި އުމުރުން 81 އަހަރު އަންހެން މީހާ ނިޔާވެއްޖެއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒަމީރް "ވަގުތަށް" ވިދާޅުވީ އެ އަންހެން މީހާ ނިޔާވެފައިވަނީ ފުއްޕާމޭގެ ބައްޔަކަށް މަރުވާ ހޯދަމުން ދަނި ކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ އަންހެން މީހާ ފަރުވާ ހޯދަމުންދަނީ އެ އަތޮޅު ކުޅުދުއްފުށީ ހޮސްޕިޓަލުން ކަމަށެވެ.

އެ އަންހެން މީހާ ރޭޕް ކުރަން އޫޅުނު މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ.

އެ ހާދިސާ ހިގާދިޔަކޮށް އެ އަންހެން މީހާ ދަރިފުޅު ވަނީ މީގެ ކުރިން "ވަގުތު" އަށް ކިޔާދީފައެވެ. އެ އަންހެން މީހާ ރޭޕް ކުރަން އުޅުނީ އެ ރަށު މަސްދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ ފިރިހެނެކެވެ.

މިކަން ހިނގާފައި ވަނީ އެ އަންހެން މީހާ ގޭގައި އެކަނި އުޅެނިކޮށެވެ. އެގޮތުން އެ ފިރިހެން މީހާ އެގެއަށް ގޮސް އެ އަންހެން މީހާ ގާތުގައި ކާ އެއްޗެއް ދިނުމަށް އެދުނެވެ.

ވައިކަރަދޫގައި މުސްކުޅި އަންހެނަކު ރޭޕް ކުރަން އުޅެފި

އެ އަންހެން މީހާ އެ ފިރިހެނާ ގެއަށް ވެއްދީ ހެޔޮހިތުން ކާ އެއްޗެއް ދިނުމަށެވެ. ނަމަވެސް އެ ފިރިހެން މީހާ އުމުރުން ދުވަސްވީ އަންހެން މީހާ ރޭޕް ކުރުމަށް މަސައްކަތް ކުރި އެވެ.

މައުލޫމާތު ދިން އަންހެން މީހާ ބުނީ، އެ ފިރިހެން މީހާ ގެއިން އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާ ކަމަށެވެ. އެހެންވެ އާއި މަންމައަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ އެ މައްސަލަ އިތުރަށް ކުރިއަަށް ނުގެންދިއުމަށް އެ އަންހެން މީހާ ނިންމީއެވެ.

މި ހާދިސާ ހިނގުމުން އެ ފިރިހެން މީހާ ވަނީ އެރޭ ބޮއްކުރައަކަށް އަރައިގެން އެ ރަށުން ފިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު