ހުޅުމާލޭ ފޭސް ދޭއްގެ ސްޓެލްކޯ ފްލެޓްތައް ހުންނަ ސަރަހައްދުން މާދަމާ ކަރަންޓް ކެނޑިދާނެ ކަަމަށް، ސްޓެލްކޯއިން މިރޭ ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަސަައްކަތެއް މާދަމާ ހެނދުނު ކުރާނެ ކަމަށެވެ.

އަދި މި މަސައްކަތް ކުރިއަށްގެންދާ ހެނދުނު 8:00 އިން 12:00 އަށް ކަމަށް ބުނެފައިވާއިރު، މި ވަގުތުތަކުގައި ސްޓެލްކޯގެ ފްލެޓް ހުންނަ ސަރަަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އަދި މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ބުނެފައި ވެއެވެ.