ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ, އަބޫބަކުރު ފައިސަލް (32އ) ފުލުހުންގެ ބަންދުގައި ހުއްޓާ ދަން ޖެހިއްޖެއެވެ.

"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ދަން ޖެހުނީ މިރޭގެ ވަގުތެއްގައެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތަށް" ކިޔައި ދިން ގޮތުގައި ފައިސަލް ދަން ޖެހިފައި ވަނީ ބެޑްޝީޓެއް ބޭނުންކޮށްގެން ގޮޅީގެ ތެރޭގައެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހުރީ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

"ދަން ޖެހިގެން ވަރަށް ބޮޑު ވަރު ވެފައި އޮތީ. ފައިސަލް މިހާރު އޮތީ ހޮސްޕިޓަލްގައި. ހީއެއް ނުވޭ ސަލާމަތް ވާނެ ހެން ވެސް. އެހާ ވަރުވެފައި އޮތް ކަން އެނގެނީ" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި "ދަންޖެހެން މަސައްކަތް ކުރަނިކޮށް" މިރޭ 23:15 ހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގައި ފައިސަލް އަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އަދި ނެޝަނަލް އިންޓަގިރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ފައިސަލް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް ވެސް ނޮޅިވަރަމްގައި ހަރަކާތްތެރިވެއެވެ.

އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި ނިޝާމާ މަރާލީ ފައިސަލްއެވެ.

އާއިލާ އިން ބުނި ގޮތުގައި ދެ މީހުންގެ ދެމެދު ޒުވާބު ކުރުމާއި މާރާމާރީ ހިންގުން ފަދަ ކަންކަން ހިނގައެވެ. އަދި ނިޝާމާގެ އެންމެ ފަހު ވަގުތުކޮޅު، އޭނާއާ އެންމެ ކައިރީގައި ހުރީ ފައިސަލް ކަމަށް ބުނެފައިވެއެވެ. އެ ކަން ހިނގުމާއެކު، ފިރިމީހާ ރަށުން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދިއުމަކީ ވެސް އާއިލާ އިން ފައިސަލް އާ މެދުގައި ކުރާ ޝައްކުތައް އިތުރަށް ބޮޑުވި ކަމެކެވެ.

ނިޝާމާގެ އާއިލާގެ މީހުންނާއި ރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ފައިސަލްއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ މީހެކެވެ. އެކަމަކު، އޭނާއާ މެދުގައި އެއްވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާ ކަމަށްވެއެވެ.

ފައިސަލްއަކީ އދ. ފެންފުށީ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ކޮއްޔާ

    ދަންޖެހި މަރުވުމުން އެމީހަކަށް ތިދެނީ އަނެއްކާ ކޮން ފަރުވާއެއްބާ ؟؟؟

    55
    10
    • ޖުހާނާ

      ދަންޖެހިގެން އޭނާ މަރުވި ކަމަށް އެބައޮތްތަ؟ ހަމަހޭގައި ހުރެގެން ނޫންދޯ ކޮމެންޓް ކުރަނީ؟

    • ވާނުވާ

      މަރުވެއްޖެެއޭ އެބައޮތްތަ؟

  2. ޝަރަފިއްޔާ

    ފުލުހުންގެ ބޮޑު އިހްމާލެއް ކަމަށް ދެކެން ،،،،،،،،،،

    60
    29
  3. ސޯލިހް

    އެމްޑީޕީ ސަރުކާރުގަ މަރަށް މަރު

    47
    15
  4. ޑިފެންސް

    ތިކަމާ ދެރައެއް ނުވޭ ތިން ދަރިންގެ މަންމަ މަރާލީ އޭނާ

    5
    2
  5. Anonymous

    އަނެއްކާ އޭނައަށް ޑުރަގުހަކުރުކޮޅެއް ނުލިބިގެން މޮޔަބޮޑުވެގެން އަމިއްލައަށް ހިންގާލި ޖަރީމާއެއް ނޫންބާ؟؟ ފުލުހުންގެ ބެލުމުގެދަށުގައިވާ ގައިދީއަކަށް އެމާހައުލުތެރެއިން އެފަދަ ޗާންސެއް ލިބުމަކީ ޢެވަގުތު ޑިއުޓީކުރަންތިބި ފުލުހުން ޒިންމާވާންޖެހޭނެ މައްސަލައެއް😁

  6. މަރިޔަމް ޢަލީ

    އަމިއްލައަށް މަރުވީމާ މަރުވާ ވާހަކަ ދައްކަނީ... ހަޤީޤަތަކީ ދިވެހިރާއްޖޭގައި މީހަކު ކުށެއްގެ ތުހުމަތަށް ބަންދުކުރެވޭއިރަށް އެމީހަކީ ކުށްވެރިއަކަށް ހަދާ... ދެން ހެޔޮ އެމީހަކު އަސްލު އެކަން ނުކޮށް އޮވެގެން ޝަރީއަތުން ސަލާމަތްވިއަސް އެމީހަކަށް ސަލާމަތެއް ނެތް. ފާޑުފާޑުގެ މީމްސް އާއި ޕޯސްޓުހަދާ އެމީހަކަށް ގަނާކުރުމުގައި މުޅި ހަތަރުދަން ދުއްވާލަނީ... މިސާލަކަށް އަލަމްގިރި މައްސަލަ... އޭނާ އެވަނީ އޭނާގެ ކުށަށް އިއުތިރާފްވެ އަދަބު ލިބިގަނެ ތައުބާވެ މާފަށް އެދިފައި. އޭނާގެ ކުށަކީ މާތްﷲ އާއި އޭނާއާ ދެމެދު އޮތް ކުށެއް. އޭނާގެ ތައުބާ ޤަބޫލުކުރަައްވާނީ އެކަލާންގެ. ނަމަވެސް އަދިވެސް އެމައްސައިގައި އޭނާޔާ އެކަމުގައި އުޅުނު އެންމެން ހަވަރަށް ދިނުމެއް ނުހުއްޓާ. ދެން އޭނާ ދަންޖެހި މަރުޗާއިިރަށް ކިޔަންފަށާނެ ކުފުރުމަރެކޭ. ޢޭނޫންގޮތެއް ނުދެއްކީމާ ވާނީ އެެހެން.

    5
    11
  7. ޢަލީ

    ފުލުހުން މަދުވީމަ ތަ މިހުރިހާ ކަމެއްމިވަނީ ؟ މިޔަކީ ފުލުހުން މަދުވެ ވާކަމެއްނުން މިއީ އިންސާނުން ހައިވާނުން ދަރަޖަޔައް ވެއްޓްނީމަ ވެގެން އުޅެކަމެއް

    8
    1
  8. ޢަލީ

    ޙެއްވައީ ތަހުގީގުކުރާ ޓީމްފުރިހަބަރައް ފަހު ށައްކުކުރެވޭ ކުއްވެރިޔާގެ މަރުގެ ބުރޭކިން ތިތަންތަނައް ދައުލަތުން ކުރާހަރަދާ އެއްވަރައް މަސަތްކައް ނުކުރޭވޭކަން ދިވެހިރާއްޖޭގެ މަގުތަކުންފެންނަންއެހެރީ އަދިތިތަންތަނައް ދުވާލަކުއެތައްފަހަރު ޝަކުވާތައް ހުށައަޅާ މީހުނައްއެގޭނޭ އެސްޓީއޯއިން ރާއްޖެއެތެރެކުރާ ތެޔޮހުސްވަނީ ތިތަނައްނަގާ އެހެން ބޮޑެތި ގައުމުތަކުގަ ފުލުހުންއުޅެނީ ހިނގާ މިތާފުލުހުން އުޅެނީ ޖެޓްތަކުގަ ކުއްވެރިހޯދަންއިސްޓިކާއާއެކް އަވައްޓެރި ފުލުހުނާ ގެދޮށުމަސްފެކްޓްރީ މިއީވެސް ސިޔާސީ ބޮޑުޖޯކެއް މީއީ ފޮތެއްހުސްވަންދެން ލިޔެނުނިމޭނެ ތަނެއްގެވާހާކަ އެތަނެއްގައުޅޭބަޔަކު ދިފާއުގަލީއާނެ ނޫސްބަޔާންނެރޭނެ ކޮމެންޓްކުރާނޭ މީހަގީގަތަކީ ހުރާހަރަދާއެއްވަރުގެނަތީޖާއެއްނުނެރެވޭ

  9. މުހަންމަދު

    ފުލުހުން ހައްޔަރު ކުރާމީހުން ބެލެހެއްޓުމުގައި ވަރަށް ފަރުވާކުޑަކުރޭ....ސަމާލުކަންދެނީ މުސަރި ޝީޓް އާއި ޕްރޮޟޯޝަން ލިސްޓްގައި ތިމާގެ ނަން އޮތްތޯ ބަލަން...

  10. ޙަސަން

    ޢެބްޒޮލިއުޓްލީ ފެއިލިއަރ އޮފް ޕޮލިސް. ، ނޯ އެނީ ޑިބޭޓް

    1
    1
  11. ޝަކީލާ

    މަރެއްނުވޭތަ؟

  12. ރައީސްއަށް ސަލާމް

    މި ސަރުކާރުންވަނީ އެމްޑީޕީގެ ހަކުރުބޯ އަދި ކުރައިމް ކުރާ މީހުންނަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސަރުކާރުގެ މުޙިންމު ތަންތަނުގެ މެނޭޖަރ އަދި ސުޕަރވައިޒަރު މަގާމް ޕާޓީއަސްވީތީ ދީފައެވެ. އެއްވެސް ވަރަކަށް އެމީހުންގެ ބެކްރައުންޑެއް ބެލިފައިނުވާއިރު އެތަކެއް ގެއްލުމެއް މީގެ ސަބަބުން ކުރިމަތިވޭ. އަދި ދައުލަތަށް ކެއްނުވާވަރަށް ވަޒީފާ ދީފައިވޭ. އެމީހަކު ބުނެލާ ލެވެލްއެއްގެ ވަޒީފާއެކެވެ. މިހާރު ބައެއް ފެނަކަ ބުރާންޗުގައި 6 މެނޭޖަރުން ތިބޭއިރު ސިޓީއެއް ފޮނުވާއިރު ކާކުއަށްތޯ ފޮނުވަންވީ ކޮން މެނޭޖަރަކަށްތޯ ފޮނުވަންވީ މީ އުފެދޭ ސުވާލެއް. ސިޔާސީ ވިޔަސް މީ ބޮޑުވަރު

  13. މަރު ކޮމިޝަން. ކުރީގެ ސޫދު އަށް

    ދަންޖެހުނީމާ މަރުކޮމިޝަނުން މަރުއަށް ގޮތެއްނިއްމައި މަރު ނުވާކަމަށް ހެދީ ތޯއްޗެ. މި ބައިގަޑު މަރުވެފައިތިބި މީހުންގެ މަރު ތަހުގީގު ކުރަނީއޭ ކިޔައި ބޮޑު ކޮމިޝަންއެއް ހަދައި ބޮޑު މުސާރަ ނަގައި ވީކަމެއް ހަރާން. އަނެއްކާވެސް މިއަންނަ އިންތިހާބަށް ކުރިމަތިލައި ކިޔާ މަރުތަށް ތަޙްޤީޤް ކުރާނަމޭ. އިންސާފު ހޯދަދޭނަމޭ. މި ބައިގަަަަަަނޑުއަށް އިންސާފު ހޯދަދެވޭނޭތަ ޔަހޫދި ކާޅުތަށް. ފުރަތަމަ ކަމަކަށް ރަނގަޅު ކުރަންވީ މަޖުލީސް. އިޙްލާސްތެރި ކަމާއެކީ ޑްރޮގް ގާނޫނަށް ބަދަލް ގެނެސްބަލަ. ކުޑަކުއްޖަކާ ބެހުނީމާ 15 އަހަރާއި 25 އަހަރު އެބަ ޖަލްހުކުމެއް ކުރޭ، ނަމަވެސް ހަކުރު ވިޔަފާރީގައި އަދި ހަކުރު ބޯންދީ ކަންތަށް އެކުޑަ ކުދިންލަށްވާ ކުރާއިރު އެކަމަކަށް އަދަބެއްނެތްދޯ. އެވެސް ހަލާކު ކުރެވެނީ މުޖުތަމައުގެ ޅަދަރިންނޭ.. މި ޑްރޮގް ގާނުނަށްވެސް ބޮޑެތި އަދަބުއެބަ ލިބެންޖެހޭ. މާދަމާ ނޫން ކަންނޭގެ ތިޔަ މަޖިހީޙް މެންބަރުންގެ އާއިލާ މި ވަބާގައިޖެހޭނީ. މިހާރުވެސް ތިތާ ގިނައީ ރާބޯ، ޑްރޮގްބޯ ، ހަކުރު އަދި ތެޔޮބޯ މީހުން އެހެންވެ ޑްރޮގް ޤާނޫނު އިސްލާޙް ނުކުރެވެނީ.. މާތްﷲ ގެ އަޒާބަށް ބިރުވެތިވޭ

  14. Anonymous

    ދަންޖެހުނު މީހާގެ ހައްގުތައް ހޯދަން ހާދަވަރެއް އަރުވާލީ. މުވައްސަސާތަކުން… ނިކަމެތި އަންހެނަކު މަރާލީމާ އޭނަގެ ހައްގުތައް ކޮބާ؟ 3 ކުދިން ނިކަމެތި ވީމާ އެކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދަން މުވައްސަސާތައް ކޮބާ؟

  15. Anonymous

    އޭ އިންސާނާއެވެ! ތިބާގެ ނިކަމެތިކަން ހަދާން ކުރާށެވެ، ތިބާ ﷲ އުފެއްދެވީ ފެންފޮދަކުން ގަންޑު ލޭކޮޅަކުން މަސްކޮޅަކުން ބަދަލްވަމުން ގޮސް ރީތި ބުރުސޫރަ ފުރިހަމަ އިންސާނަކަށެވެ، ތިބާޔަށް ދެމަގު ވަނީ ދައްކަވާފަޔެވެ، ސާފު ސީދާ ތެދުމަގު،! އެންމެހައި ނުބައި އަންދިރި މަގެވެ!، އޭ ނިކަމެތި އިންސާނާއެވެ! ﷲ ގެ ސާފުސީދާ މަގު ތިބާ އިހުތިޔާރު ކުރަން ނުވޭހެއްޔެވެ،! މަސްތުގައި އުޅެ ތިބާގެ ހަޔާތް ބަރުބާދު ނުކުރާށެވެ،! މަސްތުގެ މަގު ދޫކޮށް ހެޔުލަފާ ސިދާ މަގަށް އަންނާށެވެ ވަގުތު ފާއިތު ވުމުގެ ކުރިން !

    9
    1
  16. ޏބބޖބ

    ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅަޔޭ ބުނަނީ ކީއްވެ.
    އޭނާ މީހަކު މަރާލީ. މިހާރު އޭނާ އެއޮތީ އަމިއްލަޔަށް އަދަބު ލިބިގެން

  17. އިސްމާލް

    ގައިގާ އަތްލާ ހަދާއިރު އާއިލާގެ މީހަކަށް ނުކެރުނު ދުރުކުރާކަށް. ދެން އެ އަންހެން ކުއްޖާ މަރުވީމަ މިބުނަނީ އޭނާގެ ފިރިމީހާއޭ މަރާލީ. ޔަޤީން ކަމެތްނެތް ޝައްކުގެ މައްޗަށް އޭނަޔާ ދިމާއަށް އެހެން ބުނެގެން ނުވާނެ އަދި ކޮންމެ ގޮތަކަށް އުޅޭ މީހަކަށްވިޔަސް

  18. އައްބެ

    މިއީ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ވަރަށް ބޮޑު އިޙްމާލް އޮތްކަމެއް. ކުއްވެރިން ރަނގަޅަށް ނުބެލެހެއްޓޭ. އެވަގުތު ގޮޅިއާއި ހަވާލުވެ ޑިއުޓީގައި ތިބި ފުލުހުން ވަޒީފާއިން ވަކިކުރުމަށް ގޮވާލަން.

  19. މަތަރަސް

    ބަލަ މިނާގާބިލްސަރުކާރު ހަވާލުވިފަހުން މިކަހަލަ ތޭވީހަކައްމަރު ހިގާފި ކޮބައިސަރުކާރުގެބޭނުމެކީ ކުރާހާވެސްކަމެކީ ވައްކަމާއި ދައުލަތް ލުޓްވުމާ ގައުމުއިންޑިޔާގެއާޅުވެތިކަން ކުޑަލާރިކޮޅައްގައުމުވިއްކާޅުން އަދިވެސް ވެރިކަމާހެދި ތެލިބާލަނީ ނާގާބިލް ވެރިއެއް ދެން ރައްޔަތުން ބަލއިގެންނާނީ ފަޑިޔާރުގެއިން އިންސާފުހޯދުމައްފަހު ދިގުމުއްތަދައް ހުރަގެ އަދަގޮޑި ކާޕެޓޭ މިކަމުގެފައިދާނަގަނީ ޗީފުމިނިސްޓަރު ދައުރުހަމަވަންވާއިރައްދުނިޔެބަލާލަނީ ގައުމުބަގުރޫޓްވަނީ ރައްޔަތުންބަޑަންޖެނީ ރައްޔަތުންނައްކާންދެނީ ގެރިބަކަރިންނައްކާދޭ ތަކެތި ހަޑޫ ފުއް ހަކުރު އަމުރު ޖެހުނުގޮތަކަން ކަނީ ފެނަކަކަނީ ފެންކުންފުނިކަނި ކަރަންޓްކަނީ ޗީފުމިނިސްޓަރު ގައުމުގެހަޒާނާ ވެރިކަން ދިފާއުކުރުމައް ބަހާލަނީ ދެވީސް ހިޔާފުލެޓާ އެކު ޔާމީނު ހަޖަމެއްނުވާނެ މިކޮމެންޓްލިޔާކައް ވަގުތަކައް މުސާރަދޭނީސަރުކާރު؟؟

  20. ޢައި

    ފައިސަލް މަރުވެއްޖެނަމަ ނިޝާމާގެ މަރުގެ މައްސަލަ ވަޅުލެވުނީ

  21. މުޙައްމަދު

    ރަށްރަށުގަ ދޯދިޔާ ފުލުހުންގެ ސްޓޭޝަން ހުރުމުގެ ސަބަބުން މިބާވަތުގެ ކިތަންމެ ކަމެއް ދިމާވޭ. ގޭގެ ކުއްޔަށް ނަގައިގެން ފުލުހުންގެ ސްޓޭޝަން ހިންގަނީ. މީހުން ބެލެހެއްޓޭނެ ރަގަޅު ނިޒާމެއް ނުހުރޭ އެތަންތާކު.

  22. ޕޮގުބާ

    މަރުވި ވާހަކައެއް ނުބުނެ ވަގުތު ނޫހަކުން ދަންޖެހުމަކީ މަރުވުމެއް ނޫނެ ދަންޖެހިގެން މަރުވީމަ މަރުވާނީ

  23. ކްލިންޓަން

    މަސްތުވާތަކެތި ބޭނުން ކޮށް މާލޭގެ މީހުންގެ ގެއަށްވެރިވެގެން ގޭގެ ވެރިންނަށް އިންޒާރު ދެމުންދާ މަސްތުވާތަކެތި ބޭނުްނ ކުރާމީހުންނަށް ކޯޓުން ފިޔަވަޅު ނޭޅިގެން އުޅޭއިރު ފުލުހުންނަށް ކޮންކަމެއް ވާނީ.މަސްތުވާތަކެތި ކޮންޓްރޯލް ކުރަނީ ރާއްޖޭގެ ވިޔަފާރިވެރިން.މިކަން ދައުލަތަށް ނޯޅޭ.

  24. ނާދިރާ

    ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިބާވަތުގެ ކަންތައް ހިނގަނީ މުއައްސަސާ ހިންގަން ތިބި މީހުންގެ ވިސްނުން ކޮށިވެ ކޮރަޕްޓް ވެފާއިވާތީ.

    3
    1
  25. ނަމަސްތޭ

    ސަރަފިއްޔާގެ ބޮޑު އިހްމާލެއްމީ . . ހަމަ ކޮންމެކަމެއްވާރިރަށް ފުލުހުން ފުލުހުން . . މަންޖެމެން ތަހުޒީބުވާނީ ކޮންދުވަހަުކުންބާ . . ދެންބުނޭ ފުލުހުން ބެޑްޝީޓުދިނީމައޭ އެހެންވީ . . ފުލުހުން ތިބެންޖެހޭނޭ 24 ގަޑިއިރު އޭނާކައިރީ . . ފާހާނަ ކުރާ ގަޑީގަވެސް . . ސަރަފިއްޔާ .. ސަރަފިއްޔާ

  26. މިތުރާ.

    ކޯހޗެއްބަލަން ޖެ ހެނީ؟ ބަޑިބޭސް އެތެރެނުވޭ ،ޑުރަގު އެތެރެވޭ ލޮޜީ ފުރާ، ޒުވާނުން މަރަނީ ، މަރާފަ އަމިއްލަޔަތް މަރަށްމަރު ިހިފަނީ، ގާނޫނެއް ނެތް،،ޅަދަރިން ބިކަވަނީ ،،،😭😭😭☠

  27. Anonymous

    އަޅުގަނޑު ހިތައް އަރަނީ ކިހިނެއް ތަރުބިއްޔަތު ކޮއްފައި ހުރި މީހެއް ބާވައޭ މިއީ ހަމަގައިމުވެސް މައިންބަފައިންގެ ހިއްސާއެއް މިކަމުގައި ނެތިއެއް ނުދާނެ. ދެން އޭނާގެ ހިއްސާ ނެތް ވާހަކައެއް ނޫން.

  28. ޙސސަނު

    ޝަރަފިއްޔާ އަވަހަށް ތަހުޤީގު ފަށާ. ކޮއްމެގޮތެއްހަދާފަވެސް ފުލުހުންބޮލުގަ ތިކަން އެޅުވޭތޯ ބަލާތި.

  29. ފައިސަލް

    ދަންޖެހުނު ވާހަކަ ބުނެފަ އިނީ. މަރުވި ވާޙަކައެއް ނުބުނެ އެއްނު.

  30. Anonymous

    މަރުގެ ހުކުމް އަމިއްލައަށް ތިއޮތީ ތަންފީޒުވެފަ!! ދެން ކޮން އިތުރު ފަރުވާއެއް ދޭކަށް؟؟؟؟