ޓްރާންސްޕޯޓް މިނިސްޓްރީގައި ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް ވަޒީފާއިން ސަސްޕެންޑް ކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ސިވިސް ސާވިސް ކޮމިޝަނުން ރުޝާނާ ސަސްޕެންޝަސް އުވާލައި އޭނާ އަބުރާ ވަޒީފާއަށް ނިކުމެފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު ވަނީ "ވަގުތަށް" ޔަގީން ކޮށްދީފަ އެވެ.

ހިދާޔާ ވިދާޅުވީ ރުޝާނާ އަބުރާ ވަޒީފާއަށް ނިކުންނަށް ފެށީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކޮރަޕްޝަން ހިނގާ ކަމަށް ދެކެވެމުންދާ ވާހަކަތަކާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލް ރަޖިސްޓްރީ ނަންބަރު އާންމު ކުރަން ވަނީ ނިންމާފައެވެ.

މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި އެއް ގަރާޖަކަށް 70 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި ވާކަމުގެ ތުހުމަތުތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ކޮށްފައެވެ. އަދި ގަވައިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީ އޭގެން މާލީ ތަނަވަސްކަން ހޯދަން އުޅުނުކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްޗަށް ކޮށް އެ މައްސަލަ ތަހުގީގު ކުރަން ވަނީ ފަށައިފައެވެ.

ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް މިނިސްޓަރު ނަހުލާ ވެސް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. ނަމަވެސް މިނިސްޓަރ ނަހުލާ ވިދާޅުވާ ގޮތުގައި އެފަދަ ކަންކަން ހުއްޓުވަން އޭނާ ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެސްނޫ

    ޢުވާނުލާ ކީއްކުރާނީ ރޭވިގެން ހިންގާޖަރީމާ..އަދިވެސް އެގޮތައްކުރިޔައް

  2. ރާއްޕެ

    އިނގޭ ރޭވިގެން ހިގާ ކަންކަން ކަންތީ.ކަމެއް ނުވާނެކަން.ކަރަޕްޓް ސަރުކާރު.