އެއްވެސް އިންތިހާބަކާ ގުޅިގެން ސަރުކާރުގެ އަދި ސަރުކާރު ކުންފުންޏެއްގެ އެއްވެސް މުވައްޒަފަކަށް ވެސް ސަރުކާރުން ބިރު ނުދައްކާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން އެގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އެގޮތުން ރިޔާސީ އިންތިހާށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކުޑަތަންވަމުންދާ މި ދަނޑިވަޅު ކުންފުނުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން އެމްޑީޕީގެ ވަކި ބޭފުޅަކަށް ތާއިދު ކުރާ ފަރާތްތަކަށް ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ ކަމެއް ސަރުކާރަށް އެނގިފައިވޭތޯ ނޫސްވެރިޔަ ސުވާލުކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިއުވާން ވިދާޅުވީ ވަޒީފާގެ ބިރެއް އެއްވެސް ފަރާތަކަށް ނުދައްކާނެ ކަމަށެވެ.

އެ ގޮތުން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ ބޭފުޅުންނާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް އެއްވެސް އިންތިހާބަކާ ގުޅިގެން ސަރުކާރުން ބިރެއް ނުދައްކާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އެންމެ ފަހުން ބޭއްވި އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއިދުކުރާ މުވައްޒަފުންނަށް ބިރު ދައްކާ އަޑު އިވޭ އޯޑިއޯތަކެއް ލީކުވެފައި ވެއެވެ.

ސަރުކާރުން ޕްރައިމަރީއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރާ އިރު އެމްޑީޕީގެ ދަފުތަރުން މެމްބަރުން އުނި ކުރީ ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް މިއުވާން މިއަދު ވިދާޅުވީ ރައީސް ސޯލިހު މިނިވަން އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާ ކަމަށެވެ.

ރިޔާސީ އިންތިހާށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެލައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސެން

    މިކަލޭ ބުނާ އެއްޗެއްގެ އިިދިކޮޅަށް ކަން ހިނގާނީ މާނަޔަކީ ނުފޫޒު ފޯރުވަޔޭ

  2. ޓިނޭ

    މީރައިސް ޔާމީނުގެ ދުވަސްވަރެއްނޫނޭ. މީހުންނަށް ބިރުދައްކާ އިދިކޮޅު އެންމެންޖަލަށްލާ، މުޅިޤައުމުގަ ކާފިއުހިންގާކަށް. އޭނަޔާ އެއްބައިވާނެ އެކަކުވެސް ނުވާނެ ދެންއިންނަންޖެހޭނީ.

    2
    9
    • އަލީ

      މިހާރު އަދި މާ ފައްކައެއްނު ދޯ!! ފުސް އެރިޔަސް ތަންކޮޅެއް ބޮޑުވަރުތީ!!

  3. މިއަދު

    މިއުވާނަކީ ދޮގުހަދައިގެން އެމްޑީޕީ ޕްރޮމޯޓް ކުރާ ބޭފުޅޭއް ފެނަކައިގެ މުއަށްޒަފުންގެ ޙަްީގަތް ބަލާލަބަލ

  4. ޝަކީލާ

    ކަލޭ ނަހަދާނެ ތެދެއް.

  5. ޅަހުއްތު

    ނަހަދާނެ ތެދެއް.

  6. ޑައެލޯގް

    އިންތިހާބާއި ގުޅިގެން ބިރެއްނުދައްކާނެއެވެ. އިންތިހާބުގެ ކުރިން އެބިރުދައްކާނީއެވެ. ސްޕުރީމްކޯޓުގެ ގާޒީ ޔާމީން މިނިވަންކުރީމަ ބަތްޕާރުސަލްގެނަޔޭކިޔާފައި އުޅުނީ ސުލޫކީބަލާށެވެ. އެކަންކުރީ މިހާރުގެ ގާޒީ ސަކީލަށްބިރުދައްކާ ޔާމީން ޖަލަށްލާށެވެ. އަދި މިހާރު ޔާމީންޖަލަށްއެލަނީ ބިރުދެއްކުންނޫން ކޮންކަމެއްހެއްޔެވެ.