އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލައިގައި ހައްޔަރު ކުރީ އިންޑިއާ ރުއްސަން ވެގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އައްބާސް އާދިލް ރިޒާ ހައްޔަރު ކުރުމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން އިންޑިއާ ރުއްސަން އައްބާސް ފްރޭމްކޮށްފައިވާ ކަމަށެވެ.

"ހަމަމިހާރުން މިހާރަށް އައްބާސް ދޫކޮށްލުމަށް ގޮވާލަން. އިންޑިއާ ސިފައިން ޖެހޭނީ މިގައުމުން ފައިބަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ އައްބާސް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވައިފައެވެ..

އައްބާސް ހައްޔަރު ކުރީ އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް މީސް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އައްބާސް ހައްޔަރު ކޮށްފައި ވާއިރު އޭނާ ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލާއްވައިފައެވެ. އޭނާ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 8، 2012 ވަނަ ދުވަހު އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ނުހިފޭ ކަމަށެވެ. އަދި އިންޑިއާ އެމްބަސީން އެކަން ފަށަން ފެނިވަޑައިގަންނަވާ ކަމުގައި އައްބާސް ވިދާޅުވިއެވެ.

"ފެބުރުއަރީ 8 ގައި އިންޑިއާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ." އައްބާ ވިދާޅުވިއެވެ.

އައްބާސް އިންޑިއާ އާ ގުޅޭ ގޮތުން ކުރި ޓްވީޓް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙުމަދު

    އެއްވެސް މީހަކަށް ނުވަތަ ތަންތަން ގެއްލުން ދިނުމަށް ގޮވާލާ ހިތްވަރު ދިނުމަކީ ކުރެވިގެންވާ ނެ ކަމެއްނޫނެވެ. އަދި ދިވެހިރާއްޖެ އަށް ބޭރުގެ އަސްކަރީން އަރަން ގޮވާ ރާއްޖޭ ހިފިދާނެ ކަމަށް ބުނެ ހެދުމަކީވެސް ކުރެވިގެންވާނެ ކަންކަމެއް ނޫން، ކޮންމެ މީހަކު ކުރިއަސް އެކަމުގައި އަޅަންޖެހެ ޤާނޫނީ ފިޔަވަޅު ތަފާތުކުރުމެއްނެތި އަޅަންޖެހޭނެ، ބަލަންޖެހެނީ ކުއްކުރިމީހާއަކަށް ނޫން އެމީހަކު ކުރި ކުށަށް ބަލަން ޖެހޭނީ .

  2. ޢަހޫތަ

    ފުއްގިރި ވަގުން ގޮތްހުސްވީމަ މޮޔަގޮވުނީބާ

    2
    1
  3. ޒިކް

    ދެން މީހުން މަރަން ރޯކުރަން ގޮވިޔަސް ކަހާތަން ހިރުުވާވެސް ނުލަންވީ؟؟ އަޖައިބެއްކަހަލަ ބައެއް