ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި އަދަބާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ދައުލަތައް ފުރުސަތު ދިނެވެ. ލިބުނު ފުރުސަތުގައި ދައުލަތުން ބުނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ޔާމީނާއި ޔޫސުފް ނައީމަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށާއި އަދި މަނީ ލޯންޑްރިން މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދޭކަމަށެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން އެދުނީ އަދަބާއި ގުޅޭ ގޮތުން ވާހަކަދައްކަން ތައްޔާރުވުމަށް ދިހަ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ނިންމެވީ މިއަދު 14:00 ގައި އަދަބާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް އަޑުއެހުމެއް ބޭއްވުމަށެވެ.

އަސާސީ މިންގަނޑަށް ބަލާއިރު ރިޝްވަތުގެ މައްސަލައިގައި ޔާމީނަށް އަންނާނީ ތިން އަހަރާއި ދެމަހައި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި އަންނާނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އަދަބު ބޮޑުކުރުމާއި އަދަބު ގޭބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމުގެ އިހްތިޔާރު ގާޒީއަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފޭރޭ

    19 އަހަރު މަދު. 25 އަހަރަށް ހަދާލިނަމަ. އިންސާފުގެ ބޯކިބާ ހާދަ ހެޔޮވަރޭ. ދުވަހެއް އޮތްކަން ހަނދާން ނައްތާނުލާތި.

    19
    2
  2. Anonymous

    ކަލޭމެން ކިތައްމެވަރަކަށް ރޔާމީނުގެ ބޮލުގާ ނުހައްގު ބަދުނާމުތައް އަޅުވައި ކިތައްމެ ދިގުމުއްދަތަކަށް އެމަނިކުފާނު ޖަލަށްލިޔަސް ޔާމީންގެ އެއްވެސް ސަޕޯޓަރެއްގެ ވޯޓެއް ކަލޭމެންނަކަށް ނުލިބޭނެ، ޔާމީނު ޖަލަށްލިޔަސް ޕީޕީއެމް މަރުވީއެއްނޫން އިތުރަށްވަރުގަދަވާނީ، ޕީޕީއެމް ޕާޓީން ރިޔާސީއިންތިޚާބަށް ބުޅަލެއް ކުރިމަތި ލިޔަސް އެބުޅަލަކަށް އަހަރުމެން ތާއީދުކުރާނީ ވޯޓްދޭނީވެސް،🥺

    26
    3
  3. ނަމަ

    19 އަހަރު ކޮބާ އަދުރޭ

    5
    10
  4. އަބްދުﷲ އަލީ

    އަލީ ޒާހިރު / އިބޫ ސޯލިހު ވިސްނާތި އިނގޭ 2023 އޮތީ ކުރިއަށް....

    18
    3
  5. ސޯލޭ

    ދައުލަތުހެ ހަރަދުގަ އަލަމްގިރި ކުޅުނު މީހުން ފިނިކޮޓަރީގަ ގޭގަ ފަައްކާ އިނގޭ

    18
    1
  6. Anonymous

    ތިއީ އަށް ސަތޭކަ އަހަރަށް ޖަލަށް ލާންޖެހޭ ބޮޑު އަނިޔާވެރިއެއް.

    6
    29
  7. ޢަބްދުއްލަޠީފު

    ﷲ އަށް ބިރުވެތިނުވާ ތަންދޮރު ނުދަންނަ ގާޒީން ކުރާ ބާޠިލު ޙުކުމް ސަލާމަތް ބުއްދިހުރި އެއްވެސް އިންސާނަކު ގަބޫލެއްނުކުރާނެ. ތިޔައީ ސިޔާސީ ޙުކުމެއް. ލާހިކެއްނޫން އިބުރާހިމަކަށް ދެވަނަ ދައުރެއްހޯދާކަށް. އިންޑިޔާ ވެސް ޖެހޭނީ މިގައުމުދޫކޮށްލަން. ތިކަހަލަ 150 ޔާމީން ދިރި ދުނިޔޭގަ އެބަތިބި. މިވެސް ހަމަޔާމީނެއް. ހީކުރަނީތަ ކަލޭމެން ހިތުހުރިގޮތަކަށް ކަންތައް ކޮށްފަ ސަލާމަތް ވެވިދާނެކަމަށް؟

    19
    4
  8. Anonymous

    ޝަކީލް އަޅުގޑުމެނާއި އެކު ލޯ އިން ޑިގްރީ އަށް ކިޔަވަމުން ދިޔައިރު ބުނި ތިމަންނަ އަށް އެގޭ ޤިޔާމަތް ދުވަސް ވާކަން އަޒާބު ލިބޭނެކަން ވެސް މިހެން ބުނެފައި އޮއްވައި އަޅުގަޑަށް ވީޑިއޯ އަކުން މިފެންނަނީ ކޮމަންޑޫ ދާއިރާ ގެ ބައި އިލެކްޝަން ގައި އެމް ޑީ ޕީ އަށް ކެމްޕޭން ކުރަން ގޮސްހުއްޱައި މީ ޤާޒީން ގެ ގަވާއިދާ
    އާ ޚިލާފް އަމަލެއް ކީއްވެ ތޯ ޝަކީލު އަށް އަދަބު ނުލިބެންވީ ގާޒީ ކަމުން ވަކިކުރަން ޖެހޭނެ

    9
    1
  9. ކޮރަލް

    ޝަކީލް އަވަސް އަރުވާލަނީ އެވެ.

  10. ފިނރުޓޭ

    މި ބުނީ އަސްލު ރައީސްކަން ކޮށްފަ ހުރި މީހަކު އެކަހަލަ ކަމެއް ކުރީމަ ލިބެން ޖެހޭނީ ބޮޑު އަދަބެއް ކަމަށް ދެކެނީ!

    1
    5
  11. ބަހުބަރު

    1އަހަރަށް ޖަލަށްލުމަށް ބިރުކެނޑުނީ. އެއިރުން ވެސް ރައީސް ކަމަށް ނާދެވޭނެކަން އެއްކޮށް
    ކަށަވަރުވީ. އެންމެފުރަތަމަ ގެއްލިގެންދަނީ ޢަދުލު
    އިންސާފު. ކުރިން ޔާމީނަށް ޙުކުމްކުރި ޢަލީ ރަޝީދު އުދުހިފަ ގޮސް ޖެހުނީ ސުޕްރީމު ކޯޓްގެތަހުތުގައި. އޭނައެކުރިކަންތައް އެވަރުން ވެސް އެނގޭނެ.