ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ގޯސްތަކެއް ހައްދަވާފައިވާ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޝަކީލް އިއްވެވި ހުކުމްގައި ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

އެއާއެކު، ޔާމީންގެ މައްޗަށް ޖުމްލަ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އިސްތިއުނާފީ ކޯޓުން މި މައްސަލަ ފުރިހަމަކަމާއެކު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މައްސަލައިގެ އިސްތިއުނާފީ ކޯޓުގެ މަސައްކަތް ރިޕޯޓު ލިބުނު އެންމެ އަވަހަކަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ފަނޑިޔާރު ހެއްދެވީ ޤާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް. އަޅުގަނޑުމެންނަށް ވަރަށް ޔަގީން، ކަށަވަރުކަން އެބައޮތް" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ފަނޑިޔާރު ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ކުރިއަށްދާ އިރު، ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި ޖަމީލް ފާހަގަ ކުރެއްވީ ފަނޑިޔާރު ހުކުމް އިއްވެވި އިރު، ޔާމީން މަގާމުގެ ނުފޫޒު ފޯރުވުމަށް އިރުޝާދު ދެއްވި ގޮތެއް ހާމަކުރައްވާފައި ނުވާ ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބާރު ނުދޭންވީ ސަބަބުތަކެއް ވެސް ހުކުމްގައި ކިޔައި ނުދެއްވުނު ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ހިނގައިގެން މިއުޅޭ ކުށާ ޔާމީންއާ ދިމާވާނެ ގޮތެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހޮއްކޮބެ

    ޖަމީލު އެންމެ ބޭނުންވާ ގޮތް އަދިކިރިޔާ ތިވީ

    14
    19
  2. ގުރައިޝާ

    ގާޒީ ހުކުމް ވިއްކާލީ މިއަންނަމަހު ރިޓަޔާކުރަން ޕްލޭންކޮށް، މެލޭޝިޔާއިން ފުލެޓު ގަންނަން ޑައުންޕޭމެންޓްދައްކާފަ.

    22
    4
    • ކުރީ

      އެހެންވީމަ ކުރަންވީ ވައްކަމެއްނު ވެރިއަކަށްވެގެން! ސާބިތުވީމަ ގާޒީ ގޯސް! ތިހެންވެސް ނިކަމެއްޗަކަށްނުވާނީ!

      2
      1
  3. ރެފްރީ

    ފުރާންސުންވެސް ބަލިގަބޫލުނުކޮށް އާޖެންޓީނާގެގޯސްތަކެއް ފީފާއަށްއެބަހުށަހަޅާ

    5
    8
  4. ރާކަނި

    ދެންތިހުރިހާސަކަރާތެއްޖެހުންހުއްޓާލާފަ ޔާމީނުމިނިވަންވާނެދުވަހަކަށް އިންތިރާރުކުރުންރަނގަޅުވާނެ.. ތިމައްސަލައިގަ ވަކާލާތުކޮށްގެެން ލައްކަލާރިހުންނާނީލިބިފަތާ،

    6
    15
  5. ޑިކްޓޭޓަރ އިބުރޭ

    އިންޝާﷲ މި ގައުމު ވިއްކާލާ ،ސަދޫމުގެ އިންސާފަށް ލޯބިކުރާ ޑިކްޓޭޓަރ އިބުރޭއަށް ހިތި ނިމުމެއް މިންވަރުކުރައްވާދޭވެ.އާމީން

    17
    8
  6. އެދުރުބޭ

    ހީވަނީ ޖަމީލު އެބުނަނީ ތެދެއްހެން. ނިކަން ދޯދިޔާ ކޮށް ބައެއް ކަންތައް ގޮސްފަ އެބަހުރި. ހީވަނީ މަތީ ކޯޓުތަކުން މި ހުކުމް ބާތިލު ކުރާނެހެން.

    16
    5
  7. ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

    މަވެސް ބަލަބަލާ މިހުންނަނީ މިފަދަވަގުތަކަށް! މިހާރު ހުރި ހަމައެކަނި ޗޮއިސް އަޅުގަނޑަކީ!

    2
    1
  8. Anonymous

    ޖަމީލްއަކީ ވަރަށް އިޚްލާސްތެރި މީހެއް.ނެތްއެއްވެސް ގޯހެއް. ﷲ ޖަމީލަށް ރަހްމަތް ލައްވާށި

  9. ސަލީމް

    ޤާޒީހެދީ ކޮންގޯހެއްތޯ، ޤާޒީދެއްކެވީ މީގެކުރިން ޖަމީލް ޔާމީނޭކިޔައިގެން ދެއްކިވާހަކަތަކާ ހެކިތައްނޫންތޯ.