މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް ލަސް ނުކޮށް ކުރިއަށްގެންދިއުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތާ މާލެ ސިޓީ ކައުންސިލުން ހަވާލުވެފައި ވަނީ 27 ވަނަ ދުވަހުން ފެށިގެންނެވެ.

މި މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ސިޓީ ކައުންސިލުން ވަނީ ގޮވާލައިފައެވެ. އަދި ވެމްކޯ އިން ގޭގެއަށް ގޮސް ނަގަން ޖެހޭ ކުނި މަގުމަތީ ނުބަހައްޓަން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސިޓީ ކައުންސިލްއިން މާލެ ތެރެ ސާފް ކުރަން ފެށުމާއި ގުޅިގެން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ މަގުތައް ސާފް ކުރުމަށާއި، މަގުމައްޗަށް އަޅާ ކުނި ނެގުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މާލޭގެ މަގުތައް ސާފް ކުރުން ހުއްޓިފައިވާ ކަމަށެވެ.

މިއާއެކު މާލޭގެ މަގުތަކަށް ކުނި ގިނަވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން އުނދަގޫތަަކެއް ވަމުންދާ ކަމަށް ބުނެފައި ވެއެވެ.

"އެހެންކަމުން ގާނޫނީގޮތުން މާލޭގެ މަގުތައް ސާފްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިޥާ ފަރާތުން މާލޭ ތެރެ ސާފުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރަމެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ވެމްކޯ މިވައްޒަފުން ނުވެސްއާދޭ ކުނިބަލާ. މަގުމަތިން ފެނުނަސް ދަނީ ވަގުބުޅަލެއްހެން ފިލަފިލައިގެން.

  2. ހަސަން

    އީޕީއޭގައި ތިބިމީހުންނަށްް މާލެތެރެ ނުސާފުކޮށްއޮތަތަން މީގެ ކުރިން ނުފެނުނީ އަތާގައި ތިބިމީހުންގެ...............ތަ!ކުއްލިއަކަށް މިވަގު މިވާހަކަ ދައްކަނީ މިސަރުކާރުގައި އެއްވެސް ނުއައްސަސާއެއްނެތް އެހެން ފަރާތަކަށް ޖެއްސުންނުކުރާ!

  3. ރިއެކްޓް

    ނަޝިދު ރޭގެ ބޭއްވި ބައްދަލުވުމަށް ދިޔަމީހުންގެ އަދަދު ފެނިފަ ވެމްކޯއާއި އީޕީއޭ ހާދައަވަހަށް ރިއެކްޓް ވާންފަށާފިއެވެ. ވަގުތު ޖެހިއްޖެއެވެ. ދެން ރިއެކްޓްކުރިއަކަސް ކުރާނެ އެއްކަމެއްވެސް ނެތެވެ.