ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭގެ ތެރެއިން އެކަކު މާލޭގައި އުޅެމުންދާ ކަން ހާމަވެއްޖެއެވެ.

ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން އިއުލާން ކުރީ ގދ. ތިނަދޫ މަނާރު، މުހަންމަދު ނިޒާމް، 45، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، އެވެ.

ތެޔޮ ބޯޓުން ގެއްލުނު މީހުން ހޯދަން މާލެ ތެރެ ބަލަނީ

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު (ޖަނާބު އިއްބެ) ކުރެއްވި ޓުވީޓެއްގައި ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން އައި ދެ މީހުންގެ ތެރެއިން މުހައްމަދު ނިޒާމާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފައިވެއެވެ.

"ތި ގެއްލިގެން އުޅޭ މީހާ ގްރީން ޒޯނުން ފެނިގެން ދެންމެ މި ފޮޓޯ ނެގީ. އަހާލީމަ ބުނީ ފުލުހުން ބުންޏޭ ގެއްލިގެން ނޫޅެމޭ. އޭނަ ހުރީ މާލޭގައި ދެން؟" އިބްރާހިމް ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ފުލުހުން މިއަދު ހެނދުނު ބުނީ ގެއްލުނު ދެ މީހުން މާލޭގައި ތިބިތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

އެ މީހުން ދަތުރުކުރި ތެޔޮބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނެރު ކައިރިން އޮޔާދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާ އިރު، އޭގައި އެ ދެ މީހުންނެއް ނެތެވެ.

ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަނިކޮށް ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ވ. އަތޮޅު ވެންފަރު ނަމަކަށް ކިޔާ ފަޅުރަށެއް ކައިރިން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިސް

    ކީއްކުރާނީ މިއޮތީ ވާ ޕޮލިހުން ތަކެއްލިބިފަ ގައުމުބަލަހައްޓަން..

    39
    1
  2. ދަވާލާ

    ފުލުހުން ވެސް މިހާރު މޮޔަ ގޮވަން ފެށިތާ ، ހިނދުކޮޅުގައިތޯ ؟

    40
    1
  3. ރެފްރީ

    މުސާރަނުދީ މަސްތަކެއްވީމަ ފިލީކަމަށްތިވާނީ.. ދިވެހިންކައިރީގަ މަސައްކަތްކުރަންޖެހޭނީ ބަންގާޅީންއެކަނި..

    32
  4. ޕޮގުބާ

    ތިޔޮކޮޅު ވިއްކާލާފަ މީހުން ފިލީ

    26
  5. އަބުދުﷲ

    މިފެންނަނީ އާއްމުވެފަވާ ކޮރެޕްޝަނާ އިންސާފުގެދާއިރާ ހަލާކުވުމުގެ ނަތީޖާ . ބަޔަކު ކޮއްފަ ނުކުރާނެ ކަމެއްނެތް. ކިތައްމެ ގިނަ ތެލެއް ކީއްކުރަން ތެޔޮބޯޓު ވިއްކާފަވެސް ކުޑަވަރެއްގެ ފައިސާކޮޅެއް ދޭންވާ ތަންތަނައް ދިނީމަ ސާބިތެއް ނުވާނެ . އަދި ޖަލައްލިޔަސް ކުޑަދުވަސްކޮޅަކުން ދޫކޮއްލާނެ .

  6. އާންތު

    އިބްރާހިމް ޖަނާބު އަޅާފަ ހުރި އައިނުގެ އަގު އަހާބަލަ ނޫހުން. ދެތިން ހާސް ޑޮލަރު އެހުރީ ލޮލަށް ކޮށްޕައިގެން. ކޮންތާކުން ގެންނަހާ ފައިސާއެއް. ޔާމީނު ދޭ ފައިސާތައް ދޯ ތީ. މި ސިޔާސީ މީހުން މުއްސަންތިވަނީ ކިހިނެއް ކަމެއްވެސް ނޭނގެ. ތުނބުޅިލާފަ ތިބޭ މީހުން މިހާރު މާ މުއްސަންތިވެއްޖެ އަހަރުން ވިޔަފާރި ކުރާ މީހުންނަށް އަތްނުލެވޭ އެއްޗެހި މި މީހުން ކުޅޭކުޅޭކަން

    5
    8
    • ޢަހު

      މީހަކު އަޅާފަ ހުންނަ އައިނަކާ މީހަކު ލާފަ ހުންނަ ގަމީހުގެ އަގާ އޭގެ ތަފްސީލު ހޯދުމަށްވުރެ ތިމާގެ ދުލާއި ތިމާގެ ނަފްސު އަމިއްލައަށް ހިސާބްކޮއްލުން ބުއްދިވެރި ތިމާއަށް ބުނެވޭ ބަހާއި ކުރެވޭ ޢަމަލަކުން ތިމާ ކުރާ ހެޔޮޢަމަލުވެސް ފޮހެވިގެންދޭ ކޮންމެ މީހަކީވެސް އަމިއްލަ ނަފްސު އިސްލާހު ކުރާ މީހަކަށް ވުމަކީ އެންމެ ހެޔޮގޮތް

      1
      1
  7. ޑަޔަލޯގް

    ތިޔަކަންވާނީ ތިހެންނެވެ. ޢެއީ އިންޑިޔާއިން އިންޓެލިޖެންސް ދިންގޮތެވެ

  8. އުމޭ

    އިންޑިއާގެ އިންޓެލިޖަންސު ރާއްޖޭގަ ހިންގާގޮތް ތިޔައޮތީ ފޭލިވެފަ.