ގިރާވަރުފަޅު ތަރައްގީ ކުރަން ވިއްކާލީ ނ.އަތޮޅު ފަޅު ވިއްކާލުމުގައި ދިހަ މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާގެ) ކަޓެއް ނަގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ނ. އަތޮޅު ފަޅެއް ވިއްކާލައިގެން ގިރާވަރު ފަޅު ތަރައްގީ ކުރަން 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ހޯދާފަ އެވެ. ފައިސާގެ ތެރޭން ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ވަނީ މިހާތަނަށް ލިބިފަ އެވެ.

ގިރާވަރުފަޅު ތަރައްގީ ކުރަން ފައިސާ ހޯދުމަށް ވިއްކާލީ ނ.ދެކެނަންފަރާއި އެރަށާޖެހިގެން އޮތް ފަޅު ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނަމިކް މިނިސްޓަރ ކަން ކުރެއްވި ސައީދު ގެންދަވަނީ ނ.ދެކެނަންފަރާއި އެރަށާޖެހިގެން އޮތް ފަޅު ވިއްކާލީ ނުއަގުގައި ކަމަށް ވިދާޅުވެ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސައީދު މިއަދު ވިދާޅުވީ ވިއްކާލި ނ.އަތޮޅު ފަޅު ހުޅުމާލޭގެ ދެވަނަ ފޭސްގެ ދެ ސިޓީ ހިއްކޭނެ ޖާގަ އޮތް ފަޅެއް ކަމަށެވެ. ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު ނ.އަތޮޅުގެ ފަޅު ގަތްފަރާތް ބުނެދޭން އެބަޖެހޭ ކަމަށާއި ދައުލަތަށް އެމީހުން އެދައްކާ 22 މިލިއަން ޑޮލަރުގެ އިތުރަށް 10 މިލިއަން ޑޮލަރު އެހެން އެއްވެސް ފަރާތަކަށް ދިނިންތޯ ސާފުކުރަން ޖެހޭ ކަމަށެވެ.

"އެހެން ފަރާތަކަށް ދިން ފައިސާ" އަކީ އެމްޑީޕީގެ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހަރަަދު ކުރަން ހޯދި ފައިސާ ކަމަށް ވެސް ސައީދު ނުސީދާ ގޮތެއްގައި ތުހުމަތު ކުރެއްވިއެވެ. ސައީދު ވިދާޅުވީ "ޕްރައިމަރީ އާއި ރިޔާސީ އިންތިހާބު ވެސް" (އޮތީ ވަރަށް ގާތުގައި) ކަމަށެވެ.

ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދަން ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ހަދަން ރައީސް ވަނީ ގަރާރެއް ނެރުއްވާ މި މަޝްރޫއު އަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ ގިރާވަރުފަޅު ހިއްކައިގެން އެ ތަނުން ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެ ތަނުން މަދުވެގެން 2000 ގޯތި މާލެ ރަށްވެހިންނަށް ދޫކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ތިލަމާލެ ބްރިޖާ އެ ފަޅު ގުޅުވާލާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕިސްޕިސް

    މަވެސް ތުހުމަތުކުރަން ކަލޭ ކަޓުނެގިކަމަށް . . ޕުރޫވް އިޓް ބުރޯ . . ޕިންކު ކުލަ ބޮޑަށް ތިކަހަލަ ކަންތަށް ތަކަށް ފަރިތަވާނީ

    3
    6
  2. ޓިނު

    ފިތުނައުފެއްދޭތޯ ބަލާތި.

    2
    6
  3. ނުބައި

    ސައީދުމެންގެ ވެރިކަމުގަ ކަންތައް ކުރިގޮތަށް މި ސަރުކާރުންވެސް ކުރާނެކަމަށް ބެލުން ރަގަޅެއް ނޫން. ކުރީސަރުކާރުން ކުރި ވައްކަންތަކާ ހިޔާނާތްތަށް މުރާޖާކޮށްފަ މިހާރު ކުރިޔަސް ކުރާނީ މާ އެޑްވާސް ކޮށް.

    5
    1
  4. ޑައެލޯގް

    އިބޫ ބުނީ ޒީރޯ ޓޮލެރަންސޯ އެކަމަކު ހުރިހައި އެގްރިމެންޓެއް ސިއްރު ، އެމްއެމްއޭގެ ރިޒާވް ސިއްރު

    11
  5. ކޮބަޑި

    ހިންނަވަރޭއަށް ދެން ސަލާމަތެއްނެތް އެނގޭހާވެސްއެއްޗަކީ ވެންޓިލޭޓަރާއި ކަޅުދަބަހާއި ނ އަތޮޅުފަޅާެއި ވެރިކަންވެސް ސިއްރުން ދަވާލިކަން ދެން މީނަ ދާންޖެހޭނީ ކޮންތަނަކަށްބާ ގެއަށްތަ ނޫނީ ޖަލއތަ.،،،،

    4
    3