ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު ދޫކޮށްލައިފިއެވެ.

މީސް މީޑިއާގައި އިއްޔެ އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ރަށުގެ ގޮނޑުދޮށް ކައިރީގައި އެ ކިނބޫ އޮއްވައެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކިނބޫ ފެނުނީ ހަވީރު ފަހެއް ޖަހާކަން ހާއިރެވެ.

އެމްއެންޑީއެފް އިން މިއަދު މެންދުރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފުމަށް ފަހު މިހާރު ކަނޑަށް ދޫކޮށްލާފައިވާ ކަމަށެވެ. މި ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ކިނބޫ ހިފުމަށްފަހު ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފައި ކަމަށް އެމްއެންޑީއެފްގެ މެސެޖްގައި ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ކިނބުލުގެ ދިގު މިނުގައި 14 ފޫޓް ހުއްޓެވެ.

މީގެ ކުރިން ވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުބީނު މާރނީ

    މިއީ ރާއްޖޭގައި އުޅޭ ކިނބޫ ބަލައި އައި ކިނބުލެއް.

    48
    2
  2. ހުސޭނުބޭ

    އާއިލާ މީހުންނާ ނުބެހެއްޗޭ. ވެރިމީހާގެ އަމުރު އައި އެ އިބާރާތުން

    26
    2
  3. މަބޫބޫ

    ކިނބޫ ދޫކޮއްލަންޖެހުނީ ރާއްޖެގަ އެސޮރުގެންގުޅެން ޖެހެނީސަލާމަތީބާރުތަކުގެ ބެލުމުގެދަށުން ކަމައްވާތީއާއި. އެސޮރުގެ ސައިޒުބޮޑުކަމުން ކާންދީބެލެހެއްޓުމައް ދާނެ ހަރަދު ބޮޑުކަމުންކަމަށް ލަފާކުރެވެނީ.

    20
  4. 💯

    މިހާރަކަށްއާސް ކިބޫ ރައްތަކަށް އަރަމުންދާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ 2023 އިންތިހާބު ނިމުމުން ފިލިޔަ ނުދީ ހަމަތިގޮތަށް ހަތަރެސްފާބަދެފަ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލަންވާނެ އަދި ހަމަ މިގޮތަށް ސާހިދު ބުރީގަ ހިބަރުވަދެއް ޖަހާފަ ދޫކޮށްލަންވާނެ ސިފައިން ތައްޔާރުތޯ !!!!!!

    31
    1
  5. އާދަނު

    ދަތްލުއްސާފަތަ ދޫކޮށްލީ؟ ކިނބުލާއެކު އަރާހުރިކިނބޫވެސް ގެއްލޭނެ!

    20
    2
  6. އަލްފާ ސިއެރާ

    ޓުއަރިޒަމް އަށް ބަރޯސާވެ އޮތް ޤައުމަކަށް ވާތީ ކިނބޫ ދޫކޮއްލުން އެއީ އެންމެ ރަނގަޅު ނިންމުންބާ؟؟

    18
    1
  7. ހަސަނު

    މިކަމުގަ އުޅުނު އެމްއެންޑީއެފް ބޭފުޅުން ވަރަށް ބްރޭވް!

    13
    4
  8. ޙަަަހަ

    ތިދެން އަނެއްކަންތައް ، ބަލަ އަލުން ތި އަންނާނެދޯ

    28
    2
  9. ކައްނެލި ބޯ

    ބަލަ ދޫކޮށްލަންޝޭ ޖެހޭނީ، މިއަދު އެބައޮތޭ އަށްޑޫގައި ކެމްޕެއިން .. ރަނގަޅި އަށްޑުއަށް އަރާ ރައްޔިތުންތަކެއް ކައިނުލާފިއްޔާ!

    17
    1
    • ޗަކޮއި

      ލޮލް

  10. މާރާލަން ޖެހޭނީ ރާއްޖެއަށް އައީ ކީއްކުރަން!

    އޭތިގޮސް މީހަކު ކައިވެސްފާނެ!

  11. ޖު

    ރާއްޖޭގެ ކިނބޫވެސް ގައުމުން ބޭރަށް ދޫކޮށްލަބަލަ