ކެމްބޯޑިއާގެ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މާލެ ވަޑައިގަތުމާއި ގުޅިގެން ޓްރެފިކަށް ބަދަލުތަކެއް ގެނެސް ބައެއް މަގުތައް ބަންދު ކުރުމަށް ނިންމައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ކެމްބޯޑިޔާގެ ބޮޑު ވަޒީރު މާލެ ވަޑައިގަންވަން ހަމަޖެހިފައިވާތީ މިމަހުގެ 15 ވަނަ ދުވަހުގެ18:00 އިން ފެށިގެން އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ހޮޓެލް ޖެން ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް އެސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރެވޭނެއެވެ. އަދި އެވަގުތުތަކުގައި މިސަރަހައްދުގައި ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމަހު 15 އިން 17 އަށް ރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަންނަވާ ކެމްބޯޑިޔާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފުލުހުން ދަނީ މާލޭގެ މަގުތަކުގެ ޓްރެފިކް ބަލަހައްޓަމުންނެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް ދެދުވަހަށް ކެމްބޯޑިޔާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ތިގޮތަށް ރައްޔިތުންނަށް ޖައްސާ ބަލާވެރިކަން ދައްކަންވާނެ ވޯޓުން.. ވަގު ސަރުކާރު

    9
    1
  2. ހުސްހުސް

    ލާރިކޮޅެއް ދޭތި މިއުޅެނީ ހުސްވެގެން އެބޭނުމުގަ މިގެނައީ

    3
    1
  3. ލަތީފް

    މާލެއައް މީހަކު ވަޑައިގަންނަވަންޏާ މާލޭން މީހުން ބާލާބަލަ ކޮންފަދަ ބޮޑުބަލާއެއްތަ

    3
    1