މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން އަމީނީ މަގު ތަރައްގީ ކުރުމަށް އަޅަން ބޭނުންވާ ތާރު މާލެ ގެނެސްފިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާ ކަމަށެވެ.

އެ މަގުގައި ތާރު އެޅުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ވެސް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އެ މަގު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް ވަނީ 84 މިލިއަން ރުފިޔާ ދީފައެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • - މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).
  • - ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.
  • - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.
  • - މަގުގެ ފެހިކަން ނުގެއްލޭނެ.
  • - ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.
  • - ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިކަން

    މާލެގަ ހަދަން ވީ 250 ބުރީގެ ޓަވަރު އެޕާޓްމަންޓްސް.

  2. ޙަނދުކޭތަ

    ދައުރު ނިމެންވާއިރައް އެއްލޭނުވެސް އެޅޭނެބާ ތިޔަ މަގެއް ހަދަންވެސް ހާދަ ފައިސާއެއް ވެރިންގެ ޖީބައް އެޅިފައޭ މިފަހަރު ހުންނާނީ ހާއްސަކޮން އާރޑީސީގެ ވަގުކަލަެގެ ޖީބު 5 ފަހަރު އެތަންވެސް ފެޅި ޕޮލިހުންނަކައްވެސް އެމީހަކު އަތެއްނުވި މާލެ ވަށައިގެން ކެމެރާ ހަރުކޮއްފަ ހުރިއިރުވެސް އެކަމަކު މުރަނގަފަތް ބިން ކަލޭގެ އެބަތް ގޮޅިގަ ލޮކް