ވައްކަމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ގެންދިއުމުން ޖަލުގައި ބަންދުކޮށްދިނުމަށް މީހަކު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އުމުރުން 31 އަހަރުގެ މުހައްމަދު އަސްލަމް ކްރިމިނަލް ކޯޓަށް ފުލުހުން ހާޒިރު ކުރީ ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން އެތަނުން ވައްކަން ކުރި މައްސަލައެއްގައެވެ. ކޯޓު އަމުރުގައި ބުނެފައި ވަނީ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވި ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ އޭނާ އަކީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހެއް ކަމަށާއި ދުވާލަކު އެވްރެޖްކޮށް ފަސް ފަހަރު ހަކުރު (ޑައިމޯފިން) ބޭނުންކުރާ ކަމަށެވެ. ކުށް ކުރެވޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ޖަލުގައި ބަންދުވެގެން ހުރެ، މަސްތުވާތަކެތި ބޭނުންކުރުމާއި ދުރުވެ އިސްލާހްވެ ރަނގަޅު މީހެއްގެ ގޮތުގައި އުޅެން ބޭނުންވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނި ކަމަށެވެ.

ކުށުގެ ރެކޯޑަށް ބަލާއިރު 39 ފަހަރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެތެރެއިން 19 ފަހަރަކު އޭނާ ވަނީ ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ.

ކޯޓުން ވަނީ މުހައްމަދު އަސްލަމް 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަމާލު

    ދިވެހި ޤައުމަށް ވަރަށް ސަލާމް...

    ކުރިޔަށް 2023

    18
    • އާދަނު

      އަދިވެސް ސަލާމް ފޮނުވާ އޮފީހަށް ނުގޮސް ތިބެންވީތަ. ރަނގަޅު ކުރެވޭތޯ ކަމާލުމެންވެސް މަސައްކަތް ކޮށްބަލަ

      3
      4
      • ސިވިލް ސާވަންޓު

        ސޯލިހުވެސް ބޮޑު މުސާރަ ނަގައިގެން އަމިއްލަ ކެމްޕޭނުގަ. ދެން ކޮބާތަ މައްސަލައަކީ؟؟؟

  2. ނަމަ

    ތީ ވަރަށް ބުއްދި ވެރި މީހެއް ހަމަ ގައިމު ވެސް އައިދައިގެ މީހަކު ކާފެން ވަރައް ވުރެ ރަންގަޅައް ގައިގެން އަރާމުގަ ހުރެވޭނެ ހުރިހާ އައްގެއްލިބޭނެ ޖަލުގަ

    11
    1
  3. މަމެން

    ޖަލުގައި ބަރާބަރަށއ މަސްތުވާތަކެތި ލިބޭނެ، އާއިލާ މީހުންނަށް ފޯނު ގުޅައިގެން ދުނިޔޭގެ ނޫޅެވޭވަރަށް އުގަދޫކޮށްގެން ފައިސާ ހޯދައިގެން އެތަކނުގައި ބޮނީ. އެއީ ޖަލުގައި ހިންގާ ބޮޑު ‘ބިސްނަސް’އެއް.

    • އެމީހާއަށް ހިތަވަރެއް ދެވި އެއްބާރުލުމެއް ދެވިއްޖެނަމަ އިސްލާހުވުމުގެ ފުރުސަތު ވަރަށް ބޮޑު…އިސްލާހުވުމުގެ އެންމެ ފުރަތަމަ މަރުހަލާ އޭނާ ފުރިހަމަކޮށްފި…