އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

އަލީ ސޯލިހުއަށް މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމު ލިބުނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

އޭނާ އެންމެ ފުރަތަމަ ހުންނެވީ މިނިސްޓްރީ އޮފް ޓެކްކޮނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް އެ މިނިސްޓްރީ އުވާލައި ފަހުން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގައި ވެސް އޭނާ ހުންނެވީ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

އަލީ ސޯލިހު ވަގުތަށް ވިދާޅުވީ އޭނާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެ މިނިސްޓްރީގައި ވެސް ފުރުއްވާނީ ސްޓޭޓް މިނިސްޓަރެެއްގެ މަގާމެވެ.

އެނގިފައިވާ ގޮތުގައި އެ ބަދަލަކީ ރައީސް އޮފީހުން ބޭނުންވެގެން ގެނައި ބަދަލެކެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ދެ ފުށް ފެންނަ ގޮތަށް މީޑިއާއާ ހާމަކޮށްދިނުމަށް ގެނައި ބަދަލެކެވެ.

އަލީ ސޯލިހުއަކީ ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އެވެ. އަދި އޭނާ ބަދަލުކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ މިނިސްޓަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެވެ.

އަލީ ސޯލިހު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުރުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި އަދި ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަމަލު

    ބަލަދު އަރާ މީހުނަށް ވަޒީފާތައް ދޭންފެށީ ދޯ...

    21
  2. ކޮރަލް

    ނަހުލާގެ ދިފާއުގަ ވާހަކަ ދައްކާނެ މީހަކު އައީއެވެ.

    19
  3. Anonymous

    ޖުމްހޫރީ ޕާޓީގެ ނާގާބިލު މީހުން ލާގެން އެމިނިސްޓްރީން ހިދުމަތް ދެނީކިހިނެއް؟

    21
  4. ހަސަނާ

    މިދެންކިހަބޮޑު އުދަގުލެއް ދައުލަތުގެހަޒާނާ ބަހަހުސްކުރަން ތިޔަބައިގަޑު ގެންގުޅުމުގެބަދަލުގައި ދަރާފައޮތްދަރަނި ދައްކަންތިޔަލާރިތައްހެދަކޮއްބަލަ. ދުވަހަކުތިރިތމޔައްނުދިޔަދަރަންޔެއް މިނޫނީ ނެތް

    18
  5. ދީދީ

    އެބަދަލަކީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުން ވިލާގުރޫޕާއި ހަވާލުކުރުން. ސީދާ ގާސިމްގެ އޯޑަރަށް ކުރިކަމަކަށްވާނީ. ވެރިކަމުގައި ހުރީ ބުރާންޗެއްވިއްޔާ ފަސްމާމުލު ފަސް ވަގުން ބުނާ ހުރިހާގޮތެއްހެދީމައި ހުންނާނީ ދުއާދެއްވި ފަދަ ސޯލިހަކަށްވެފައި.

    23
  6. ދޮންކަލޭފާނު

    ޢަލީ ޞާލިޙަކީ ކީއްކުރާނެ މީހެއް؟ އެއްވެސް ބޭނުމެއް ހިފޭނެ މީހެއް ނޫން. ތި ނޫން މީހަކަށް ތި މަޤާމު ދީބަލަ!

    13
    1
  7. އަހައްމަދޫ

    އެއްކަލަ ބަލަދު އަރާފަ ތިބޭ ގްރޫޕް.

    15
  8. Anonymous

    ސޭޓަށް ބަލަދުއަރާފަ ތިބޭ މީހުން ދޯ.