ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރުން "ހުއްޓުވައި" އިންތިހާބުގައި އޭނާގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނެ ގޮތެއް އޮތްތޯ ބެލުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރާތްޕުޅުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒް އިއްޔެ ވަނީ ގާސިމް ދިރިއުޅުއްވާ ސަން އައިލެންޑް ރިސޯޓަށް އިއްޔެ ވަޑައިގެން ގާސިމް އާއި ބައްދަލު ކުރައްވާފައެވެ.
ބައްދަލު ކުރުމުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރިޔާސީ އިންތިހާބަށް ގާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބޭނެ ގޮތެއް ވޭތޯ ކަމަށް ބައްދަލު ކުރުމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެމަޝްވަރާތަކުގެ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.
ގާސިމްގެ ތާއީދު ހޯދުމުގެ މަސައްކަތް ރައީސް ސޯލިހް ކުރައްވާއިރު މިހަފްތާގައި އޮންނަ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީން ރިޔާސީ އިންތިހާބުުގައި ވާދަކުރާނެކަން އިއުލާން ކުރުމަށް އަންނަނީ ތައްޔާރު ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ކަމަށް ވެއެވެ.
އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހްގެ އިތުރުން އެމްއެންޕީގެ ފަރާތުން ކާނަލް މުހައްމަދު ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހިމެނެއެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން ވާދަކުރާނެ ކަމަށް އެޕާޓީން ބުނި ނަމަވެސް މިވަގުތު ޖަލު ހުކުމެއްގައި ހުންނެވުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތެއް އަދި ނެތެވެ. ނަމަވެސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް މަތީ ކޯޓަކުން ހުކުމް ބާތިލް ކޮށްފިނަމަ އެމަނިކުފާނަށް ވެސް އިންތިހާބުގައި ވާދަ ކުރެވޭނެއެވެ.
ގާސިމް ހުއްޓުވާކަށް ބަޔަކު ފޮނުވާކަށް ނުޖެހޭނެ. އެ ހުރީ މިހާރުވެސް ބެއާރިން ގޮސްގެން ހުއްޓިފަ.
ވެރިކަމާ ހެދި ބޫތު ކައިފަ ހުރި ސޯލިހެއް.މިފަހަރު ހަމަ ސޮރީ.ތަކެތި އަގުބޮޑުކޮށް ރައްޔިތުން ފެލަމުންދާ އިންޑިޔާގެ އަޅެއް.
މޑޕ ޕްރައިމަރީގައި އަސްލަމްގެ ދާއިރާ ނެގީ އަންނި. ވީމާ ތިއީ މަޝްވަރާކުރަން ފޮނުވަން ކުފޫހަމަވާމީހެއްނޫން. އެލިބުނު ނާކާމިޔާބުގައި ޕޖ ލީޑަރކަމުންވެސް ދުރުކުރަންޖެހޭ.
މިގާސިމް ވެރިކަމައް ނުކުތުމަކީ މައްސަލައެއްނޫން !!!!އޭނަ އަށް ވޯޓުލިބޭނީ އުމަރު ނަސީރައްވުރެމަދުން. !! ތިކަލޭގެ ކާރިޔައް ކަލޭ އާދޭސް ކުރަން ތިފޮނުވަނީ ކަލޭގެ ދައްކަމާ ޚިޔާނާތުގެ ބޮޑުކަން.!!!! ތިވަރުން ތިކަން ކުރަން ނޫޅެ ރެއްސައް ފީނަން ރަށައްދިޔުމުން މާ މީހުން ގަދަރުކުރާނެ. !
އައްނި ކުރާނެ އެއްމެ ބޮޑު ކަނޑު ކޮސް ކަމަކީ ގާސިމާ އެކު އުޅުން .!!! އަމިއްލަގޮތުން ކޮއްމެމީހަކު ކުރިމަތިލާބަލަ މަގުބޫލުކަން ހުރިވަރެއްބަލަން!! ގާސިމައް 10000 ވޯޓު އައްނިއަށް 80000 ވޯޓު ޔާމީނައް 90000 ސާލިހައް 50000 އުނަރައް 10000 ނާޒިމައް 20000
އެހެންވީމާ މިފަހަރު ލައްކަ ބޮނޑިވަރު މިކަލޭގެއައް ލިބަެނެތާދޯ ޗޯރު ސޯލިހުގެ ފަރާތުން މިބައިގަނޑު ވެގެން ދިވެހިން ދަވާލައިފި
އެހެނވީމާ ކުރީ ރޭ މިދިނީ ކޯލިޝަން ހަދާ ޓިކެޓް ދޯ. އެމްޑީޕ÷ އެކޭ އިޔާޒްގެ އަދާލަތެކޭ މިވީ އެއްވަރު އެކަނި ވޯޓް ގަދެއްނުލިބޭނެ ކަން އަމިއްލައަށް ވެސް ޔަޤީންވޭ އެހެންވެ ޤައުމުގަ ހުރު ހަރުމުދާ ބަހައިގެން ނަމަވެސް ޖެހޭނެ ކޯ
ލިޝަން ހަދަން
ޗޯރަށް ހަމަ ރަނގަޅައް އެނގޭނެ ހައެއްކަ ފަޅާއި، ހައެއްކަ ފަޅުރައް ދެއްވަނިކޮށް ސޭޓް ގަނެލެވޭނެކަން ޑީލް އަވަސްކުރޭ.
ގާސިމުގެ ގޭމުގަ ސޯލިހު ޖެހޭނެ. ކުރިމަތިލަނިއްޔޭ ކިޔައިން ބިރު ދައްކައިގެ ރަށާއި ފަޅުތަކާ ބިންތައް މޭޒު ދަށުން ލިބުނީމަ ހުންނާނީ ރީލޯޑުވެފަ
ގާސިމު ކުރިމަތިލާންވީ މިފަހަރު. މީފަހަރު ކުރިމަތިޖުލައިފިއްޔާ ދެން ގާސިމްއަކަށް ނުވާނެ. މީ ފަހު ޗާންސް ކަމަށް ނަލާފަ ނުކުންނަންވީ ދޭތިން އެކައްޗަށް. އިބޫފަހަތަށް އެއްގޮތަކަށް ވެސް އަރާނެކަމެއްނެތް.
ބަލަ އިބޫބުނީ އެއްބުރުން އިބޫއެކަނި ކާމިޔާބުކުރާނެކަމަށެވެ. ދެން ސަލާންޖަހަން ނިކުތުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.
ކޮންމެ ފަހަރަކު ގާސިމުގެ ބޭތުލްމާލު ހުސްކުރުމަށް ފުރުސަތު ނެން. ވީމާ ގާސިމު ހުންނާނީ މި ފަހަރު ރައީސް އިބޫއާއެކު ގާސިމަށް އެތައް ގޮތަކުން މޮޅުވާނީ މި ގޮތް. އިބޫއާއެކު ބައިއަތު ހިފުން. އެއްބުރުން އިބޫއަށް ކާމިޔާބު ކުރަން ހުރިހާ ރައްޔިތުން މި ކުރާ ދަތުރުގެ ބައިވެރި އަކަށް ވުން. ވަރަށް ސަޅި ކަމެއް
އަންނި ބުނެގެން ފޯމް ފުރާ މީހުންވެސް ވޯޓްލާނެ ކަމަކަށް ބަލައިގެން ނުވާނެ!
ފިދަނަ މާރިޔާ، ވެރިކަމާ ހެދި ތެޅިފޮޅޭ މީހުން ފެނޭ.
ގާސިމަށް ދަންނަވަން އޮތީ، ތިޔަ މީހުންގެ ގުއިރޯނުގަ ނުޖެހެއްޗޭ، އަހަރުމެން މިފަހަރު ވޯޓް ދޭން ނިންމައިގެން މިތިބީ ޤާސިމަށޭ ވަރަށް ސަލާމް
ރައީސް ޔާމީނަށް ވެސް އެންމެ ތުރާ ޖެއްސި މީހަކީ ސޭޓު. އަބަދު ދައުލަތުން އެއްޗެހި ދޭން ކިޔާލަ ކިޔާލަ ހުންނާނީ.
ޤާސިމްބޭގެ ބޮލަކަށްމިފަހަރަކު ނޭރޭނެ، އަހަރެމެން އެއަށްވުރެ މާއެޑުވާންސްވާނެ، ކުރީބައިގަ ޤާސިމްބެއަށް ވިސްނަދީފައޮށްނާނީ މިފަހަރު %100 އޭޤާސިމްބެއޭ ވެރިކަމުގެ ހުވާކުރައްވާނީ، އެހެންކަމުން މިހާރު ޤާސިމްބެ އެވަނީ 500މިލިޔަން ރުފިޔާ އިންތިހާބަށް ހަރަދުކުރުމައް ނިންމާފަ، އޭގެއިން ބޮޑުބައެއް އަހަރެމެންގެ ޖީބައްދާނީ، ދޮންކެޔޮ ބުރޯއާ، ރިއަލިޓީއާ، ތެޔޮރިޔާޒާ މީއަހަރެމެންގެ ގުރޫޕް، ޔާމީން ބުނެފައިންގޮތައް ކަންތައްކޮށްނިންމާލާނީ ޤާސިމްބެއަށް ހުވަފެނުގަ ވެރިކަމުގެ ހުވާކޮށްދީފަ
ސޯލިހުއާއި ސޯލިހުގެސަރުކާރުން ވެރިކަންކުރަނީ ދިވެހިރައްޔަތުންގެ ހަލާކަށްކަން ވަރަށްސާފް އިންޑިއާ ސަރުކާރާ އެގައުމުގެ ދިފާއުގައި ދިވެހިރައްޔަތުން ގުރުބާންކުރަން ނުކުމެފަހުރި މީހެއްތީ
އަހާނ.މާރިޔާ ބައްލަވާ ކޮން ބައެއްތޯ ވޯޓުންބަލިވެދާނީތެޅި ބާލަނީ.އެއްކޮޅުންތޯ އިދިކޮޅުންތޯ ނިކަންރަނގަޅަށް ބައްލަވަގަ އަދި ތިޔަށްވުރެ ދުނނިގަނޑު ބޮޑުއައިނެއް އަޅަގަ. ގަނޑިޔާ.