ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރި ރަސްމިއްޔާތައް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ ރީތި ހަމަތައް ގަބޫލްކުރާ ކޮންމެ މީހަކު އިންތިހާބުގައި ބަލިވެއްޖެނަމަ އެކަން ގަބޫލު ކުރާނެ ކަމަށެވެ.
އަދި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ސޯލިހަށް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތައް ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ ވިޔަސް އަދި އެހެން ޕާޓީއެއް ވިޔަސް ޕާޓީ ރައީސްގެ މަގާމާ ޕާޓީގެ އެހެނިހެން އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ކުރި އެރުވުމަށާއި ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަންވާނެ." މަވޯޓާ ވިދާޅުވި އެވެ.
އެނޫން ގޮތަކަށް އެކަން ކުރުމަށް އެއްވެސް ޕާޓީއެއްގެ އަސާސީ ގަވައިދުތަނެއް ނުދޭ ކަމަށެވެ.
MDP viyas adhi ehen party eh viyas party Raees ge magaamaa Party ge ehenihen is magaamu thakuga thibbavaa beyfulhun party kuri eruvumashaa party ah verikan hoadhaidhinumah masakkaiy kuravvan vaane. Enoon gothakah ekan kurumakah evves party egge asaasee gavaaidhu thaneh nudhey
— Ibrahim Shareef (@AdduShareef) February 19, 2023
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް، އެ ޕާޓީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައިގެންނެވެ.
ރައީސް ނަޝީދުގެ ތައްޕާހުން ތިހިސާބަށް ދެވުނީމަ މީހާއަށް މީހާ އޮޅިގެން ތިއުޅެނީ، ނަޝިދާއި ނުލާ ކަލޭމެނަށް އިންތިޚާބު ކާމިޔާބު ވުމަކީ ވަރަށް ނާދިރު ކަމެއް
ވައްކައް އޯކޭތަ
އިބޫ އެވޯޓުހޯދީ ވައްކަންކޮށްގެނާއި މަކަރުންކަމުގައިވިއަސް ޝަރީފުމެންނަށް އޯކޭވާނެއެވެ. އެކަމަކު އަންނިއާއި އަންނިއަށް ތާއިދުކުރާ އެކަކުވެސް އެޖަލްސާއަށް އަންނި ދިއުމަށް ބޭނުންނުވާތީ އަންނި ނުދިޔައީއެވެ. އިބޫހެން ދައުލަތުގެ ފައިސާމަވޯޓާގެ ދަރިންނަށް ދީގެންއުޅެން އަންނި ބޭނުމެއްނުވެއެވެ، އަންނިބޭނުންވީ އޭނާއަށްވޯޓުދިން ރައްޔިތުންގެ އަޑުއަހާށެވެ.
ތިހުރީ ރަގަޅު މަސްތެެއްގަ. ބަލަ ޑިމޮކްރަސީ އަކީ ޕާޓީ އަކީ ތިމާގެ އަމިއްލަ މިލްކަކަށް ހެދުމެއް ނޫން. އަންނިވެސް ޑިމޮކްރަސީއަށް މަސައްކަތްކުރި. އެކަމަކު އެއީ އެމަގަށް މަސައްކަތްކުރި ހަމައެކަނި މީހާއެއް ނުން. އެއަށްވުރެ މާބޮޑަށް ޑިމކްރަސީއަށް ތަކައި ގުރުބާންވީމީހުން މިގައުމުގައި އެބަތިބި. އެމީހުންވެސް ތާ އަބަދު ވެރިކަމާ ހެދިގެނެއް ނޫޅޭ. އަދި އަމްދުން ވެރިކަން ހަވާލުކުރީމަ އެއްލާފަ ދިޔަ މީހަކަށް އަލުން އަބުރާ ހޭހުރި ރައްޔިތަކު ވެރިކަން ދޭކަށް ބޭނުމެއް ނުވާނެ ދެން ދުވަހަކުވެސް. ކުޑަ އަވަށެއްގެ މެންބަރުކަމުގަ ހުރެވޭތޯ ބެލުން މާ ބުއްދިވެރިވާނެ ގައުމުގެ ވެރިކަމާ ނޫޅޭ. އެހެން ބުނެލާ އަންނި ކައިރީ. މިހާރުވެސް މަލާމަތްކުރި މައުމޫނަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑު. ކުރީގެ މުސާރައާ މި ހާރުގ ެމުސާރައާ ޖަރުމަނާ ލަންޑަނާ ހޮޓަތަކާ ހޮޓެލް ޖެން އަށް ދައުލަތުން ކުރަންޖެހޮފައިވާ އެތައް މިލިޔަން ޑޮލަރެއް ގެ ހަރަދު ވެފައިވަނީ ބޮޑ ުބޮލުގަ ރިހުމަކަށް ރައްޔިތުންނަށް
ކަލޯ ބުނި. އެރޭ އެތަނަށް ދާމީހުންގެ އަދަދު ގިނަވީމާ، އިދިކޮޅު މީހުންގެ ފައިދަށުން ބިންގަޑު ދެމިގެންދާނެ ވާހަކަ. އެކަމަކު ޖަލްސާ ބާއްވާފި. އެއްވެސް ހަބަރަކުން ބިންގަޑު ދެމިގެން ދިޔަ ވާހަކައެއް އަދި އެކަމުން އެއްވެސް ބަޔަކަށް ގެއްލުން ލިބުނު ވާހަކައެއް ނުފެންނާތީ ހައިރާންވެފަ މިހުންނަނީ. މިކަމުގެ ހަގީގަތް ހޯދާލުމަށް މާރިޔަލަށް ގުޅުމުން އެގުނީ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުން ހަމަޖައްސާދީގެން ގެނާ މީހުންވެސް މާލެއައިސް ޖަލްސާޔަށް ދިއުމުގެ ބަދަލުގައި ގޮސް ކުރުކަމަކީ މާލޭގެ ފިހާރަތަކުން ވިޔަފާރި ކުރުމެވެ. އެރެއާއި އޭގެ ކުރީދުވަހާއި އޭގެ ފަހުދުވަހުވެސް މާލޭގެ ފިހާރަތަކުން މިބޭކަލުން ރަގަޅަށް ވިޔަފާރިކުރިކަމަށް އެތަންތަނުގެ އިސްލީޑަރުންގެ ފަރާތުން މައުލޫމާތު ލިބުނެވެ. އެހެންކަމުން ދެންނެވޭނީ އިބްރާހީމަށް 2023 އެއްބުރަކާ ނުލައި މިހާރު މިވަނީ ލިބިފައެވެ. 2023 ނޮވެމްބަރުން މަހުން 17 ވާ ހުކުރުދުވަހުގެ 17:49 ގައި އޮންނާނީ ރަމްޒީ ހުވާކުރުމުގެ ދަރުބާރެވެ. ވެދުން ސަލާމް
މީނާމީ ރައިސް ސޯލިހުގެ ތަރުޖަމާނުތަ. މާފެންމަތިވެގެން ހުރިހާކަމަކަށް އަނގަ އަރުވަމުންދުވަން. މާތްﷲގެ އިރާދަ ފުޅުން ދެވަނަދައުރަށް ސޯލިހު ނުހޮވެއްޖިއްޔާ މީނާދެ ދަރީގެ ވަޒީފާ ގެއްލޭނެ. އެހެންވެގެން އެ ތެޅިބާލަނީ.
މީނާވަރައް ސައިޒް އޮޅުވާލައިފި އެހެންތާދެންވާނީ މީނާއެއް ވަރައްއުޅެން އިނގޭ މީހުނައްހީވާކަހަލަ
މިހާރު އެއްމެ މަގުބޫލުމީހަކީ މިސްޓަ މޑޕގެ މަގާމުގަ ހުރި މަވޯޓާ.!!!! މަވޯޓާ ޝަރީފުއަށް . !!! މިވެސް އަމިއްލަ އެދުން އިންތިހާޔައް ދިއުމުން ލިބުނު ލަގަބެއް. !!
ސަރީފުގެ ދަރިފުޅަށް ލިބޭ ބޮޑު މުސާރަ ، ހާދަވަރަކަށް އަނގަ ހިރުވާތީ މިއުޅެނީ މީނަގެ ދާއިރާއިން ވެސް ސޯލިބޭ އަށް ވޯޓު ނުދިން ދެން ކޮން ހަޅޭކެއް މިލަވަނީ