ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެމްޑީޕީއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. އެއް ކަމެއްގެ ގޮތުގައި ގާސިމް ފާހަގަ ކުރެއްވީ ވިލާ ކޮލެޖް އަޅައި އެތަނުން އިލްމު ފެތުރުމަށް ނަޝީދުގެ ވެރިކަމުގައި ލިބިވަޑައިގަތް އެހީތެރިކަމެވެ.

ގާސިމް ވިދާޅުވީ ތަޖުރިބާ މަދުވުމުގެ ސަަބަބުން ނަޝީދަށް "މިސްޓޭކެއް" ހެއްދެވުނު ކަމަށެވެ. ނަމަވެސް އެކަން މިހާރު ރަނގަޅުވެފައި އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ގާސިމް އެ އިޝަރާތް ކުރައްވަނީ ބެލެވޭ ގޮތުގައި ފެބްރުއަރީ 7، 2012 ގައި ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމަށެވެ.

"ދެން އަޅުގަނޑުމެން ފަހުރުވެރިކަމާ އެކީގައި މި ބުނާ އެމްޑީޕީ މަނިކުފާނާ ނުލައި އޮންނާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން." ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް އެގޮތަށް ވިދާޅުވި އިރު، އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާއި ނަޝީދު ވާދަކުރެއްވި އިރު، ޕްރައިމަރީން ކުރި ހޯއްދަވައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާފައި ވަނީ ރައީސް ސޯލިހްވެެ. އެ ޕްރައިމަރީގެ ނަތީޖާ ނަޝީދު ގަބޫލު ކުރެއްވި ނަމަވެސް ރައީސް ސޯލިހާ އެކީގައި މަސައްކަތް ނުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަޝީދު މިހާރު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވަމުންނެވެ. އެމަނިކުފާނުގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވެގެން ސޮއި ކުރި މީހުންގެ އަދަދު މިހާރު ބައި ލައްކަ އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެއްދެވުމުގައި އެންމެ ބޮޑު ރިސްކެއް ނަންގަވައިގެން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އޭނާއެވެ. ގާސިމް ވިދާޅުވީ ދުނިޔޭގައި އިތުބާރާ ނުލައި ނޫޅެވޭނެ ކަމަށާއި އިންސާނުން ގޯސްވެސް ހަދާ އިރު، ތައުބާވުމަކީ ވެސް އޮންނަ ކަމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައުމަށް ވުރެ އޮތީ މި ގައުމުގައި އިހްލާސްތެރިކަމާއެކީގައި ކުރެވޭ މަސައްކަތަށް ތަރުހީބުދީ އެކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެކަމަކު ކަމެއް ކުރާ އިރު، އެކަމެއް ކުރުމުގެ ގާބިލްކަމާއި ހުނަރުވެރިކަން ހުންނަން ޖެހޭ ކަމަށާއި ރައްޔިތުންގެ މެދުގައި ކުރަން ޖެހޭ ކަންކަން ދިގުލައިގެން ލަސްވެގެން 10 އަހަރަށް ސޮއްސާލައިގެން ދިޔައީމަ ކަމަކު ނުދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ މިރެއާއި އޭގެ ކުރީ ޖަލްސާގައި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުމެން ފަދަ ވެރިންގެ ރަނގަޅު ވާހަކަތައް ދައްކަވައިފައެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގޯސް ވާހަކައެއް ވެސް ދެއްކެވިންތޯ ޖަލްސާގެ ބައިވެރިން ގާތުގައި ގާސިމް ސުވާލު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ނަޝީދު ބޭރުކޮށްލަން އިބޫ ރޭވީ ވަރަށް ވެސް ނުބައި ރޭވުމެކެވެ. އެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓް ގައި ހިމެނޭ ހުރިހާ ވަގުން ލައްވައިގެން "އިބޫ ފެކްޝަން" އުފެއްދީއެވެ. މި ފެކްޝަން ގެ ބްރޯ އަކަށް ފައްޔާޒް އިސް ކުރީއެވެ. ދެން މި ޗޯރު އިބޫ ކުރި ވައްކަން ފޮރުވާ، 2 ވަނަ ފަހަރަށް ވެރިކަމަށް އަންނަން ޔާމީން ބަންދު ކުރީ އެވެ. ޔާމީން ބަންދު ކުރީ ކިނބޫ ގެ ރޭވުމުންނެވެ.

    36
    5
    • ސުރައްޔާ/ތޮއްޑޫ

      އަސްލު ވެސް ޑޮކްޓަރު ތިޔަ ވިދާޅުވީ ތެދުފުޅެއް. ޔާމީން ބަންދު ކުރީ އިބޫ އާއި ޔާމީން ވާދަ ކުރައްވާ ޔާމީން މޮޅު ވާނެތީ.

      7
      1
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ އަކީ ރާއްޖޭގައި ތިބި ހުރިހާ ވަގުން ގެ ލިސްޓެއް ނަގައިފި ނަމަ، އެ ވަގުން ތަކުގެ "ޗެއަރމަން"! ހުރިހާ ވަގުންނަށް ސަޕޯޓްކޮށް ހިތްވަރު ދިން ވެރިޔަކު ރާއްޖޭގެ ތާރީޙް ހޯދާ ބެއްޔަސް ނުފެންނާނެ.

    33
    3
    • ލޮލް

      މީހުންނަށް ވަގަށްގޮވާނީވެސް ވަގު……… ބޮޑަށް ބެލެވެނީ މީ ބޯބުރާންތިއެއްހެން. ޑޮކްޓަރު ޖަހައިގެން.

      2
      6
      • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

        ޒާތީ ގޮތުން ދިމާ ކުރާނީ ފެންވަރު ދަށް ވެފައި ތަޢުލީމެއް ނެތީމާ. ޒާތީ ގޮތުން ދިމާ ނުކޮށް، ލިޔެފައި އޮތް ޕޮއިންޓް ތަކަށް ވާހަކަ ދައްކަވާ. އިބޫ ފުޓްބޯޅަ ބަލަން ދާން އެއް މިލިއަން ޙަރަދުކުރުން ވައްކަމަކަށް ނުވޭ ތަ؟ 37 މިލިއަން އިބޫ ނެގި މައްސަލަ ބަލާކަށް ނުވޭތަ؟

  3. Anonymous

    ގާސިމް ބުނި މުއުމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެ ކަމަށް. މިހެން ބުނީ ގާސިމަކީ މުއުމިނެއް ކަމާއި އަދި ކަށިޖެހީ އަންނި ކަމަށް ނިސްބަތްކޮޮށް. މިހާރު އަލުން އަންނިއާއި ގުޅުނީމަ ގާސިމް ނުވޭ މުއުމިނަކަށް ނޫނީ އަންނި ނުވޭ ކަށްޓަކަށް.

    30
    5
    • މުބީނު މާރނީ

      ޒަމާނާ ބަދަލް ގަޔާ، މަކަރު އާޕް ނެހީ ބަދަލް ގަޔާ. މާނަ އަކީ ޒަމާން ބަދަލު ވެއްޖެޔޭ، އެކަމަކު ކަލޭ ބަދަލެއް ނުވެޔޭ. އެއީ އެހެން ދުވަހެއް މިއީ އެހެން ދުވަހެއް.

    • އަހުމިއްޓޭ

      ޤާސިމްއަކީ މުއުމިނެއްނޫނޭ ކޮއެފުޅާ. އެހެންވީމަ ކިތަންމެ ފަހަރަކުވެސް ކަށިޖަހާނެ، އެކަމަކު ބޮޑު މޮޔައެއްވީމަ ކީއްކުރާނީ.

      3
      2
  4. ރާއްޖެތެރެ

    ރައިސް ޔާމިންގެ ތަރައްގީ ވަރައް ބަރާބަރު. ޖޭޕީ ހަސަދަވެ ވެރިކަން ވައްޓާލަން އެމްމެ ކުރިސަފުގަ ހުރީ މި ބައިގަޑު

    4
    2
  5. ފަލަސްތީން

    ޖޭޕީޔަ ވޯޓެއް ނުދޭނެ ދިވެހިންނެ އިންޝާﷲ

  6. ތެދު

    ގާސިމް އެބުނީ ތެދެއް.

  7. ޕޮގުބާ

    އެއްގޮތްނެތީއްޔާ އަނެއްގޮތް އޮންނާނެ

  8. Anonymous

    ވިލާ އ

  9. ސަރީ

    ވިލާ އިލްމު.. ވިލާ ހަކަތަ.. ވިލާ ސިޔާސީ.. ވިލާ ވިލާ.. ވިލާ ޖުމްހޫރީ

  10. ނުއައިމް

    އެކިއެކި އިންތިޚާބުތަކުން ބަލިވުމުން ހިޔާވަހިކަން ހޯދަންދާ ބޮޑު ގަސް،ރ. ނަޝީދުވެސް ޕްރައިމަރީން ބަލިވުމުން ހިޔާ ވަހިކަން ހޯދަން ބޮޑުގަސް ދަށަށް ވަދެ އެހެރީ. ހެހެހެ

    3
    2
  11. ބަރުގޮނު

    ތިޔައީ ޖޭ.ޕީ ގެ ކޮންފަރެންސުތޯ ނޫނީ ނަޝީދުގެ މޮޅުވާހަކަ ދައްކަން ބޭއްވި ކޮންފަރެންސެއްތޯ އޮޅޭ ގޮޮތް ވެއްޖެ. ނަޝީދާ ނުލައި އެމް.ޑީ.ޕީ ނޯންނާނެކަމަށް ޤާސިމް ވިދާޅުވާއިރު އެޕާޓީއާ ރުޅިހަދައިގެން މިއުޅެނީ ނަޝީދުނޫންތޯ. އެމް.ޑީ.ޕީ އާ ދައްކާނެ ވާހަކައެއްނެތޭ މިބުނަނީ ނަޝީދު ނޫންތޯ. އެމް.ޑީ.ޕީ ތެރޭން ބަޔަކު ހައްލާލައިގެން އެހެން ޕާޓީއެއް އުފެއްދުމުގެ ފިކުރު މިދިރުވަނީވެސް ހަމަ ނަޝީދުނޫންތޯ. ތިޔަ ކޮންފަރެންސުގައި ނަޝީދު ބައިވެރިކުރައްވާތީ އެކަމާ ހިތްހަމަނުޖެހޭނެ ކިތަންމެ މެމްބަރުންނެއް ޖޭ.ޕީ. ގައިވެސް ތިބޭނެ. ކޮންފަރެންސުގައި ނަޝީދު ބައިވެރިކުރެއްވުމުގެ އެއްވެސް ޙައިސިއްޔަތެއްނެތް. އެހެން ޕާޓީތަކުގެ މަންދޫބުން ބައިވެރިކުރެއްވި ނަމަވެސް ރަގަޅު އުޞޫލެއްކަމަށް ގަބޫލު ކުރެވުނީސް. ނަޝީދަށް އެކަނި އެފުރުޞަތު ދެއްވީމާ ސީދީ އޮޑިއަށް ސާތާނު އެރުމޭ ބުނާ މުސްކުޅި ހަރުބަސް ސިފަވޭ. ނަޝީދު އިސްތިޢުފާ ދެއްވުމަކީ ތަޖްރިބާ މަދުކަމުން ކުރެއްވުނު ކަމެއްކަމަށް މާނަ ކުރެއްވިއިރު ، އިސްތިޢުފާ ދެއްވުމަށްފަހު ރާއްޖޭގެ އެކިތަންތަނުގައި ހުރި ދަވްލަތުގެ ޢިމާރާތްތަކާ މުދަލުގައި ހުޅުޖެއްސުމަކީ އިބިލީސް ނަޝީދުގެ ބޮލަށް ވަދެ ކުރުވި ކަމެއްކަމަށް ފާހަގަ ކުރެއްވި ނަމަ ، ނަޝީދަށް ހެއްދެވުނު ގޯސްތައް މިހާރު ރަގަޅުވެފައި ވެދާނެ ކަމަށް ގަބޫލު ކުރަން ތަންކޮޅެއް ފަސޭހަވީސް. ޤާސިމް ވިސްނަވަންވީ ނަޝީދަކީ ނަޝީދުކަން. ޓިކްޓޮކް ކުޅެން ވަރަށް މޮޅުވާނެކަން. ފާޑުފާޑުގެ ފިކުރު ދިރުވަން އަބަދުމެ އުޅުއްވާނެކަން. ޖޭ.ޕީ ގެ ތެރޭގައި ގެންގުޅުއްވަންޏާ ތިތާގެ ތެރޭގައިވެސް "ފަނި އަޅުވާނެކަން" . ދުންޔަވީ ރަށްޓެހިކަން އެވަރުގައި އެސިފާގައި ބޭއްވެވުން ބުއްދިވެރިކަން. ޖޭ.ޕީ ގެ ކަންކަމާ ގާތް ކުރެއްވުމަކީ ފަހުން އެކަމުގެ ހިތިކަން އިޙްސާސް ކުރައްވަން ޖެހޭނެ ކަމެއްކަން.

  12. ސޮހައިލް

    މީ އުމަރުގެ ފަހަރު. ރައީސް އުމަރު އައިސް ހުރިހާ ކާޅަކަށް ބަޑިޖަހާ ވައްޓާލާނެ.

    2
    2
  13. ތޮއްޔިބު

    ވަޒީފާތަކާއި ޕުރަމޯޝަންތަށް ފުނިފުންޏަށް ދިނަސް ހިތާހިތުގެ ގުޅުމެއް ނުކެޑޭނެ. ވަޒީފާތަކާއި ޕުރަމޯޝަންތަށް މިދުވަސްކޮޅުދީނީމާ ވަޒީފާ ނުލިބޭ މީހުން ހިތާހިތުގެ ގުޅުމާއެއްކޮން މަސައްކަތްކުރާ ސްޕީޑު ވާރުވެގެން ދާނެއެވެ. އަދި ހިތި ބޭސް ބޯން ޖެހިއްޖެ ހާލަތެއްގައި އެމީބުން ހިތި ބޭސް ބޯންވެސްތިބޭނީ ތައްޔާރަށެވެ.

  14. ޜާ

    ޥައިނުލިބި އޮކްސިޖަން މަދުވެ ބުއްދި ގޯސްވީމަ ޑޮކްޓަރަށްވިއަސް ކޮސްވާހަކަދެއްކިދާނެ. ދެންވެސް ވައިޖެހޭ ހިސާބަކަށް ނުކުމެ ފުންނޭވައެއްލާ ހަމަބުއްދި ލިބުމުން ހެޔޮވިސްނިދާނެ

    1
    2
  15. ހަވަރު ތިނަދޫ މަންމަނެ ސަނީފުއާއި ޗޯރޭ މުގުނީ

    "ޙަވަރު ތިނަދޫއިން %90 ވުރެ ބޮޑުކޮން އިބޫއަށް ލިބޭނެ ކަމަށް މިބަލަނީ. ޕްރައިމަރީގައި ބޮލަކަށް 10000 ދިނަސް ރިޔާސީ އިންތިހާބުގައި ބޮލަކަށް މަދުވެގެން 25000 ބޮލަކަށް ދެވޭނެވަރަަށް ފައިސާ މިހާރު އެބަހުރި. ދާތްޔާ ނާޒިމުއަށް ކުޅި ދައްކާލާނަމެވެ" މީބޫ މަދެއްކީ ވާހަކައިކެ ނުން މިވާހަކެޔާ ދެއްކޫ މުގުނީ ސަންނާގާތު

    1
    1
  16. ޢަލީ ހިކުމަތު

    އެމްޑީޕީއަކީ ރަޖިސްޓުރީ ކޮއްފަ އޮންނަ ޕާޓީއެެއް. އެޕާޓީގައި ނަޝީދު ނެތަސް 50 އެތައްހާސް މީހުން ތިބޭ.. ވީމާ ތިޔަވާހަކައަކީ އަދި ރަނގަޅުވާހަަކައެއްނޫން. ކުރީގަ ބަަޔަކު ހީކުރި ޕީޕީއެމްއަކީ މައުމޫނު ކަމުގައި. އަދި ޕީޕީއެމުން މައުމޫނު ދިޔައިމަ އެޕާޓީވެސް ނޯންނާނެކަމުގަ. އެކަމަކު މިއަދު ޕީޕީއެމްއަކު މައުމޫނެއްވެސް ނެތް. އަދި މައުމޫނުގެ އެމްއާރުއެމް އަކު މާގިނަ މެމްބަރުންނެއްވެސް ނެތް. ނަޝީދު އެމްޑީޕީއިން ބޭރު ކުރިޔަސް އެމްޑީޕީ އައުލީޑަރުންނާއި އެކު ކުރިއަށް ދާނެނޫންތޯ. އަދި ނަޝީދު ފަަހަތުން 3 ހާހެއް ހާ މީހުން އެމްޑީޕީއިން ވަކި ވިޔަސް އެމްޑީޕީ އޮންނާނޭ ނޫންތޯއެވެ. ނަޝީދުއަށް އެމްޑީޕީ ދޫކުރަން ކެރިވަޑައިގަންނަވާނެތޯ.؟

  17. ޑައެލޯގް

    ޑރ. ރާމީގެ ޙަސަންމަނިކުގެ ކޮމެންޓް %100 ބަރާބަރެވެ. އަސްލުވެސް އިބޫވަރުގެ ނުލަފާމީހަކު ނުދެކެމުއެވެ. އިބޫއަކީ އެއްޗެއްނޭގޭ ގަމާރެއްވީމަ އިންޑިޔާއަށް ގައުމުގެ ހުންގާނުދީފަ އިބޫ ދުނިޔެބުރުޖެހީއެވެ. ދެންއިންޑިޔާގެ ސަފީރު މިފެންނަނީ ހުރިހައިދިމާލަކުން ހީވާކަހަލަ އެއީޔޭ ރާއްޖޭގެ ރައީސްއަކީ

    4
    1
  18. ނަމަ

    ގާސިމް މޮޔަފުޅުވީބާ ނަޝީދު ވެރިކަމައް އަރާފަ ގާސިމް ޖަލައް ލާފާނެތީ ބިރު ނުގަންނަނީބާ؟

    3
    2
  19. އަސަ

    ސޭޓް ވެރިކަން ބޭނުން ވެގެން ތިއޮތްގެން މޮޔަފުޅު ގޮވެނީ.

    5
    2
  20. ފޭކް

    ޤާސިމްއާއި އަންނިއަކީ ދެއުޅިއެއްނުވާ ދެފޭކް މޮޔައިން އެކިދުވަހު ދައްކާނީ އެކި ވާހަކަ މިޤާވްއަށް ހެޔޮއެދޭބަެއްނޫން ޤާސިމް މިހާރު ހިފަހައްޓަވަނީ ފައިސާގެ ތަނަވަސްކަމުގަ އެހެންނޫންނަމަ އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ ނަހުލާވެސް ވަރިވާނެ ޤާސިމްއަށްހެޔޮއެދޭޕާޓީދެކެލޯބިވާއެކަކުވެސްނެތް .މިހަމަ ހަޤީޤަތް

  21. ޒީމް

    ވިލާކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޓެކުސްތަށް ބަރާބަރަށް ދައްކާފަވޭތޯ އިބްރާހިމް ސޯލިހުގެ ސަރުކާރުން ބައްލަވާކަށް ނުވޭތޯ.

  22. ރެފްރީ

    މަށަށްފެންނަނީ ރިޔާސީއިންތިޚާބަކާނުލާ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ގާސިމުހޮވަން. ދެން އަދި ހަނދާންކޮށްދެން އަންނިއަށްވެސް އިސްލާމިކު މިނިސްޓަރުކަމާއި މަސްތުވާތަކެތި ބެލެހެއްޓުމާއިބެހޭ މިނިސްޓަރުކަންވެސް