ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާފައި އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހު ރައީސް ސޯލިހް ކުރެއްވެވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު އެމަނިކުފާނު ސިންގަޕޫރަށް ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ. އެ ފަހަރު ކުރެއްވި އޮޕަރޭޝަނާއި ގުޅިގެން އެ މަނިކުފާނު ވަނީ ހޭނައްތައިގެން ކުރާ އޮޕަރޭޝަނަކަށް ވީތީވެ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތަކަށް ނައިބު ރައީސް ފައިސަލް ނަސީމްއާއި ހަވާލު ކުރައްވާފައެވެ.

އެމަނިކުފާނު އެންމެ ފަހަށް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ކުރީގެ ރައީސުންނަ ރިޔާސީގަނޑުވަރުގަ ދިރިއުޅުވޭނެ ގާނޫނެތް އެހެންވީ މަ ކުރީގެ ރައީސް އިބޫއަށް ރިޔާސީގަނޑުވަރުގަަ ދިރިނޫޅެވޭނެ..ކުރީގެ ރައީސުންނަ ރައީސްއޮފީހުގަ ރައީސެއްގެ ހައިސިއްޔަތުން މަސައްކަތް ނުކުރެވޭނެ ..ފައިސަލް ރައީސް ރައީސެއްގެ ޒިން މާ އަދާނުކޮށް ހުރު މުން ގައު މަށްލިބެ މުންދާ ގެއްލު މުގެ ޒިން މާވެސް ނަގާނެ ފަރާތެނެތް.. މީޑިޔާތަކުން މިކަން ބޮޑުކަ މަކަށް ނުދެކެނީކީއްވެ..... މީބޮޑު ދުސްތޫރީ މައްސަލައެއް ކަ މަށްނުދެކެނީކީއްވެ..ދުނިޔޭގަ ކޮންތާކު މިކަހަލަ ގޮތަކަށް ދެރައީސުންތިބީ ސުވާލުއުފެދޭގޮތަށް..

    7
    1
  2. އެނޮން

    ރައީސް ކަމަކީ ދުނިޔެ ބެލުން… ދައުރުގަ ވީ އެއްވެސް ކަމެއް ނެތް… އެމްޑީޕީ ގުންޑާއިން އަތްޖަހާ

    9
    1
  3. އަބްދޫ

    ރައިސުލް ޖުމްހޫރިއްޔާ ވެޔަސް ރަސްމިގަޑީގަ އޮފީހަށް ނުނިކުމެވޭ ހާލަތަކަށް ރާއްޖޭންބޭރަށް ވަޑައިގެންނަވާނަމަ ނާއިބުރައީސާއި ރައިސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތް ހަވާލުކުރަންޖެހޭނެ. އެނބުރި އައިސް އަވާލުވަންޖެހޭނެ މިދެހާލަތުގަ ވެސް މަޖިލީހުގެ ރައީސަށް އެކަން ލިއުމަކުންއެންގިމަ ނިމުނީ. . މިހާރު އިބޫއަކީ ރައީސުލްޖުމަހޫރިއްޔާ ކަމަކަށް އަޅުގަނޑަށް ބަލައިގުގަނެވޭ. މިހާރު އަޅުގަނޑު ގަނޫނުއަސސީގެ 64 އަށް ރިއާޔަތް ކުރުމާއެކު ފައިސަލް ނަސީމް އަކީ ރައިސް ކަމަށް ދެކެނީ.