ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން ހަމަޖެއްސުމުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަގުތު" އަށް ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އީސީއަށް ތަންތަން ހަމަޖައްސައިދެމުން އަންނަނީ ހައުސިން މިނިސްޓްރީން ކަމަށާއި އެގޮތުން މިއަދުގެ ރިޔާސީ އިންތިހާބުގެ ކަންކަން ހަމަޖެއްސުމަށް ދަރުބާރުގެ ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 472 ވޯޓު ފޮށި ބައިންދާފައިވާއިރު، މިއަދުގެ އިންތިހާބުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި 30 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.

މިއިންތިހާބުގައި ރާއްޖޭން ބޭރުގައި 150 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެއެވެ.

އީސީން މީގެ ކުރިން ބުނި ގޮތުގައި މި އިންތިހާބުގައި 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވަން ނިންމާފައިވާއިރު، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، އެމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވެސް އީސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢ

    އިންތިހާބައް ތަމްރީންހެދުމަައް އިންޑިއާއައް އިސީއިން ބަޔަކު ފޮނުވަންވާނެނޫންތޯ ބޭބުންވާގޮތައް ކަންކަން ނިންމޭނީ އޭރުންނޫންތޯ