ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލާފައި ވަނިކޮށް އެއާޕޯޓް އަލުން ހޯދައި އެކުންފުންޏަށް ބަދަލު ދިނުމަށްފަހު އެއާޕޯޓް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި މަސައްކަތައް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތައުރީފް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ޕޯޓާއި އެއާޕޯޓް ވެސް ތަރައްގީ ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެތަންތަން އަމިއްލަ ފަރާތްތަކަށް ވިއްކާލައިގެން ނުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ފައިދާ ނުވާކަމަށް ބުނެވެސް ވިއްކައިގެން ނުވާނެ ތަންތަން ހުންނާނެ ކަމަށެވެ. "ސްޓްރެޓެޖިކް އެސެޓް، އެ ސްޓްރެޓެޖިކް އެސެޓް ވިއްކާލުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުން ފަދަ ކަމެއް. އެއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމެއް. ފައިދާ ނުވާތީ އައްޑޫ ހޮސްޕިޓަލް ވިއްކާލުން. ފައިދާ ނުވާތީ އައިޖީއެމްއެޗް ވިއްކާލުން. މިއީ ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އޮންނައިރު، ދައުލަތެއްގެ ގޮތުގައި އޮންނައިރު ކޮށްގެން ވާނެ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏަށް ވިއްކާލުމުން، އެކުންފުނި ދަރަންޏާއި އެކު ބެޓެލްކޯ އަށް ވިއްކާލީ 600 އެތައް މިލިއަން ޑޮލަރަށް ކަމަށެވެ. "މިއަދުގެ އެކަމުގެ ސަބަބުން ރާއްޖޭގެ އިންޓަނެޓް އަގުހެޔޮ ކުރުމަށް ދައުލަތުގެ ބާރު އެކަށީގެންވާ ގޮތެއްގައި ދިރާގުގެ މައްޗަށް ނެތް. އަދި އެމްޑަބްލިއުއެސްސީގެ ހިއްސާގެ %20 ވިއްކާލުމުން އޭގެ އަގު އަދިވެސް ދިވެހި ރައްޔިތުން ދަނީ ދައްކަމުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޖީއެމްއާރްއަށް އެއާޕޯޓް ދިނުމުން ދެވަނަ ރަންވޭއެއް އެއާޕޯޓްގައި އެޅުމުގެ ފުރުސަތު ވެސް ގެއްލުނު ކަމަށެވެ. ނަމަވެސް އެއާޕޯޓް އަނބުރާ އަތުލައި، ދެވަނަ ރަންވޭއެއް އެއާޕޯޓްގައި އެޅުން އެއީ ވަރަށް ރަނގަޅަށް ޔާމީން ކުރިކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ޔާމީންގެ ސަރުކާރަށް ތައުރީފް ކުރަން ދެވަނަ ރަންވޭއެއް އެޅިކަމަށްޓަކައި. އޭގެ ސަބަބުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް އައި ލޮޅުމުން ވަރަށް ބޮޑުތަން ހައްލުވެގެން ދިޔަކަން ވެސް އަޅުގަނޑު ފާހަގަ ކުރަން." ޝަރީފް ވިދާޅުވިއެވެ.

ޖީއެމްއާރަށް ދިވެހި ދައުލަތުން 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކާފައިވަނީ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. ޖީއެމްއާރުން އެއާޕޯޓު ހިންގާފައިވަނީ ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު ފައިސާއިން ދިވެހި ދައުލަތަށް ޓެކްސް ދައްކަންޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައި ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ނުވަތަ 354 މިލިއަން ރުފިޔާ ދައްކަން ވެސް ޔާމީންގެ ސަރުކާރުން އެންގިއެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެފައިސާ ޖީއެމްއާރް އިން ދައްކަން ނުޖެހޭނެ ކަމަށް ބުނެ ޖީއެމްއާރްއަށް ލިޔުން ފޮނުވިއެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު މަޝްރޫއުއަކީ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއެވެ. އެމަޝްރޫއުގެ ދަށުން އާޓާމިނަލްގެ މަސައްކަތް ފިޔަވައި އެހެން ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގައި ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސްލަހުންނެވެ. ކުރިން 2021 ވަނަ އަހަރު ހުޅުވަން ތާވަލް ކުރި ޓީމިނަލް މިހާރު ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    މަވޯޓާ ތިބުނީ ހަގީގަތަށް ކަމަށްވިޔަސް ތިޔަދުލުން ރ.ޔާމީނަށް ތިފަދަ ތައުރީފަށް ލިބޭނެ ބަހެއް ދުވަހަކުވެސް ބުނެފާނެކަމަށް އެއްވެސް ރައްޔިތަކަށް ހުވަފެނެއް ފެންނާނެކަމަށްވެސް ހީނުކުރެވެއެވެ. ޢެމްޑީޕީ ލާދީނީއަށްގޮސް ހުސްވެފައިވާވަރުން#

    119
    3
    • ހިތިބޭސް

      ކޮއްމެ މީހަކުވިއަސް ކުރިކަމެއް ވިއްޔާ ކުރިއޭ ބުނަންވާނެ، އެހެންވެއޭ ވައްކަންކުރިކަން ސާބިތުވެފައޮތީމަ ވައްކަންކުރިއޭ މިކިއަނީވެސް

      2
      14
  2. އއ

    މިހާރު އެބަހީވޭ ނަޝީދު އާ ސާލިހުއާ ރުޅިހެން !
    ޔާމީންއައް ތާރީފް ކުރިޔަސް އައްނި ދުރައް ހިގައްޖެއްޔާ ސާލިހު އައް އިންތިޚާބު ކާމިޔާބު ވުން އޮންނާނީ ވަރައް ދުރުގަ.

    87
    4
  3. ޢިޔާބު

    ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދައްކަންޏާ ރައީސް ޔާމީން އަށް ތަޢުރީފު ނޮކޮށް ފަރަކު ނުޖެހޭނެ

    149
    3
  4. ޑައެލޯގް

    އަދި ޔާމީނުގެ ތަރައްގީ އެމްޑީޕީގެ ކުދިންގެ ދުލުންނުކުންނާނެއެވެ. މިހާރުއެފެށުނީއެވެ. އަސްލުވެސް ޔާމީނު ވަރޭށްނެތެވެ. އެކަމަކު އެމްޑީޕީގެ ބައެއްކުދިން އެކަމަށް އެއްބަސްވާހާލުގަވެސް ވޯޓުދޭންބޭނުންނުވަނީ ގޮތްދޫނުކުރަންވެގެނެވެ.

    91
  5. އަބްދޫ

    ސަރީފް ގެ ވާހަކައަށް ތައުރީފްކުރަން . އެކަމަކު އެއާޕޯޓް އަތުލުމަށް ދަވްލަތުން ކުރި ހަރަދު 271 މިލިއަން ޑޮލަރަކީ އެއާޕޯޓް ވިއްކާނުލުމަށް ގޮވަގޮވާ އޮއްވާ އެކަން ކުރުމުންނާއި .އެއާޕޯޓ ވިއްކާލަން ހެދި އެގްރިމެންޓް ވިދާޅުވި އޭރު އެމްއޭއެލް ސީ ގެ އެމްޑީ، މި އެގްރީމެންޓުގަ ސޮއިކުރަންހެޔޮނުވާނެ ކަމަށް އޭރުގެ ރައީސުލްޖުމަހޫރިއްޔާގެ އަރިހު ވިދާޅުވުމުން އެމްޑީ ވަކިކޮށް ބޯޑްބަދަލުކޮށް އާއެމްޑީއަކު އައްޔަންކޮށް ސޮއިކޮށްފަވާތީ އޭރުގެ ރައީސުލްޖުމަހޫރިއްޔަ އައި އެއާޕޯޓް ކޮމްޕެނީ ބޯޑް މެމްބަރުނެގެ މައްޗަށް ދައުވާކޮށް ދަވްލަތަށް 271 މިލިއަން ޑޮލަރު ހޯދަންޖެހޭނެ ކަމަށް ދެކެން. ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާއިން މިކަންކުރަންޖެހޭނެކަން އެގޭ .ދަވްލަތް ހިންގުމަށް ހަވާލުވާ މީހެއްގެ ސަބަބުން ރައްޔިތުންނަށް ތަކުލީފް އަންނަން ނުޖެހޭނެ. ދަވްލަތުންފައިސާދައްކާ ތަން ހޯދިޔަސް އެފައިސާއަށް ޒިންމަވާންޖެހޭ ބައެއްގެއަތުން ފައިސާ ހޯދާ ދަވްލަތަށް ޖަމާކުރުމަކީ ވެރިމީހާގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް.

    64
  6. ޖަލަން

    ޝުކުރިއްޔާ ޝަރީފު ރަގަޅުވިސްނުމަކަށްމަގުހުޅުވޭހެންއެބަހީވޭ

    31
  7. ރާއްޖެތެރެ

    އެމްޑީޕީގަ ލީޑަޝިޕް ކަމަކު ނުދޭ. ރަނގަޅު ބަޔަކު އެމްޑީޕީ ލީޑަޝިޕައް ބޭނުންވޭ

    26
  8. އަކްމެޑް

    23 މިލިއަން ޑޮލަރު އަބުރާ ހޯދާށޭ

    17
    2
  9. ޝުކުރިޔާ

    މަވޯޓާ ތިޔަހެންނުބުންޔަސް ކޮންމެ މީހަކައްވެސް އެނގޭނެ އެހާކުރު މުއްދަތެއްގެ ތެރޭގަ މިގައުމައް އެދެވޭ ފުރިހަމަ ތަރައްގީ އެއްގެނެސް ދެއްވުނުވެރިޔަކު ރައީސްޔާމީންފިޔަވާ މިގައުމުގަ ނުހުންނާނެ އަދިއެވެސް ހުރިހާ އުނދަގުލަކާ ދުއްތުރާތަކެއް ހުރަސްކުރައްވާފަ އެކަމަކު މިސަރުކާރުގެ ބާރުގެ ދަށުގަ ތިންބާރުއޮވެ ތަރައްގީއައް ކުރެވުނު އެއްވެސް ކަމެއްނެތް ފަސް އަނހަރުވަނީ އެކަމަކުވެސް މަވޯޓާ ރައީސްޔާމީއައްތިޔަދެންނެވި ހެޔޮބަސްތަކައްޓަކާ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ޝުކުރުދަންނަވަން

    38
  10. Anonymous

    މަވޯޓާ މޮޔަގެރި މަސްކެއީތަ؟ ހައްދަވައިގެން ދޮގެއްނޫނީ ނުހަދާ އިބިލީހަކު ތިޔަކަހަލަ ތެދު ވާހަކަ ދެއްކީމަ ވަނީ ދުނިޔޭގެ 7 އަޖައިބުން 1 އަޖައިބަށް.
    ސޯލިހު ވެރިކަމުން ފޭބީމަ 23 މިލިއަން ޑޮލަރު އޭނާއަތުން ހޯދަންޖެހޭނެ. ރައްޔިތުން ފައިސާ ބޭނުންހާ މީހަކަށް ބޭނުންހާ ގޮތަކަށް ނުބެހޭނެ. ޖީއެމްއާރް އަށް ފައިސާ ދެންޏާ އަމިއްލަ ޖީބުންދީ.

    23
  11. އިބްރާ

    ޝަރީފަށް އަޅުގަނޑު ދަންނަވާލަންއޮތީ މި ސަރުކާރުން އިންޑިއާއާއިއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ވާހަކަވެސް ދައްކަވައި ޤައުމު ސަލާމަތްކުރުމަށް އިތުރަށް ރައްޔިތުންނަށް ވިސްނައިދިނުމަށް. ދަރިފުޅަށް މުސާރައިގެ ގޮތުގައި ކޮންމެ ސެޓްފިކެޓަކަށް އެތަކެއް ހާސް ރުފިޔާ ދައުލަތުން ލިބޭތީ ރައީސްމީހާ ދިފާއުކޮށްފައި ވާހަކަދެއްކުމުގެ ބަދަލުގައި ޒިންމާދާރުވުމަށް.

    21
  12. ނަސީމް

    ހެޔޮވިސްނޭ ކޮންމެ މީހަކުވެސް ގަބޫލުކުރައްވާނެ ރައީސް ޔާމީން މި ގައުމުގެ ތަރައްގީ އަށް ރަނގަޅު މަސައްކަތްތަކެއ ކުރެއްވިކަން. ވަރަށް ސަލާމް

    11
  13. ޝިރާނީ

    ކަލޭމެން ކަހަލަ ހިޔަޅު ހަރާންކޯރުންގެ ދުލުން ރައީސް ޔާމީންގެ ނަން އެއްވެސް ސިފައެއްގައި ގަންނާކަށް އަހަރެމެން ހުއްދަ ނުދޭނަން .މިޤައުމު ދެމިއޮތްހާ ދުވަހަކު .މުޅި ދިވެހި ޖައްވު ޔާމީނަށް ފަހުރުވެރިވެ ތައުރީފް ކުރާނެ ރައީސް ޔާމީންގެ އަގުހުރި ހިދުމަތުގެ ޒިކުރާ އަކަށް ފަޑުކަމެއް ނައަންނާނެ ބާއީންނާއި ހިޔާނާތް ތެރިންނަށް މައާފެއް ނުލިބޭނެ ވަގަށް ވޯޓުނަގައިގެން ޖަލުގައި ބަންދުކޮށްގެން މަގާމު ފޭރިގަނެވިދާނެ