ހއ.ދިއްދޫގެ 110 މީހުން މިރޭ ޕީޕީއެމް އަށް ސޮއި ކޮށްފިއެވެ.
ސޮއި ކުރި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންނެވެ. މިރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޕީޕީއެމް އަށް ސޮއި ކުރި މެންބަރުންގެ ފޯމްތަކާއި ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ޕީޕީއެމްއާ ގިނަ ޒުވާނުންތަކެއް ގުޅިގެންދާއިރު، މީގެ ތެރެއިން ގިނައީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުން ކަމަށެވެ. އަދި މި ޒުވާނުން ޕީޕީއެމްއާއި ގުޅުނީ ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ އާއި ކުރިއަށް އޮތް ފުރުސަތުތަކާއި، ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްކަށް ތާއިދުކުރައްވާތީކަމަށް ޒަމީރު ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެންގެ ފެށުން. މިއާއެކު އަޅުގަނޑުމެންގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ފުޅާކުރަމުންގެންގޮސް އިރާދަކުރެއްވިއްޔާ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ވެސް އެކުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ" ޒަމީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ، ދިއްދޫއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު އެއް ރަށްކަމަށްވާއިރު، އެރަށަކީ ތަރައްގީގައި ވަރަށް ބޮޑަށް ކުރިއަށްދާން ބޭނުންވާ ރަށެއް ކަމަށެވެ. އަދި އެރަށަށް ގެންނަމުންދާ ތަރައްގީއާއެކު ޒުވާނުން ރައީސް ޔާމީން އާއި ގުޅުވަޑައިގަތުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޒްލީން ފާހަގަކުރެއްވިއެވެ.
"މިވަރުގެ ބޮޑު ތަރައްގީއަކާއެކު ޒުވާނުންނަށް އެ ޒުވާނުންގެ ކުރިމަގު ފެނިގެން ދިޔުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ގައުމަށްޓަކައި އެޅުނު ވަރަށް ފުރިހަމަ ފިޔަވަޅެއް. ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސްކަމުގެ ދެވަނަ ދަައުރަަކަށް ހޮވުމުގެ މި ގައުމީ މަސައްކަތުގައި ތިބޭފުޅުން ގުޅުވަޑައިގަތުމަކީ އެއީ މިއަދު ތި ޒުވާނުންނަށް ނެގުނު އެންމެ ވަރުގަދަ ފިޔަވަޅޭ". އަޒްލީން ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ، ޒުވާނުން ޕީޕީއެމް ގުޅެމުން ދަނީ ރައީސް ޔާމީން ޒުވާނުންނަށްޓަކައި ކޮށްދެއްވަމުންގެންދަވާ މަސައްކަތުގެ ސަަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ދިމާލަށް ބަލާލިކަމުގައިިވިޔަސް ފެނިގެންދާނީ ޒުވާނުންނަށް ގުޅުން ހުރި ވަރަށް ހާއްސަ ގިނަ ކަންތައްތަކެއް ހިނގަމުންދާތަން ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
"ދިއްދޫއަކީ އޭގެ ތެރެއިން ވަރަށް ހާއްސަކޮށް ރައީސް ނަންގަވާ ރަށްތަކުގެ ތެރެއިން އެއް ރަށް އެއީ. ދިއްދޫގެ ރައްޔިތުންނަކީ ތަރައްގީއަށް ވަރަށް ބޮޑަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. ރައީސް ޔާމީންގެ ނަމަކީ ތަރައްގީއާ ގުޅިފައިވާ ނަމެއް.އެއީ ކަންނޭގެ ތި ޒުވާނުން ރައީސް ޔާމީންއާ ގުޅިވަޑައިގަތް ކަމަކީ". ހަލީލް ވިދާޅުވިއެވެ.
އެ ޒުވާނުން ވަނީ ޕީޕީއެމްގެ ފަރާތުން އެ ޒުވާނުންނަށް ކީ މަރުހަބާއަށް ޝުކުރު ދަންނަވާފައެވެ. އަދި ޕީޕީއެމްއާ އެ ޒުވާނުން ގުޅުނީ އެރަށަށް ގެންނަމުންދާ ތަރައްގީ ފެނިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
"މީގެ ކުރިން އަޅުގަނޑުމެން އެމްޑީޕީގައި މަސައްކަތް ކުރިއިރުވެސް މިހާވަރަކަށް ބަލައެއް ނުގަނޭ. ބޮޑަށް ޒުވާނުން ސަރުކާރާއި މި ގުޅުނީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު، މަޖިލީހުގައި އަދި ކައުންސިލްގައި ޕީޕީއެމްގެ އެއްވެސް ބަޔަކު ނެތި ރައިސް ޔާމީން ގެންނެވި ތަރައްގީއަކީ ވަރަށް ބަލައިގަންނަ އެއްޗެއް". ޕީޕީއެމްއާ ގުޅުނު ޒުވާނަކު ބުންޏެވެ،
ފުލެޓް ހޯދަން ސޮއި ކުރީ. ޥޯޓެއް ނުދޭނެ
ކޮބާ ފޮޓޯތައް ގަބޫލެއްނުކުރެވޭނެ
އަހަރެން ނުޖެހޭ ކަލެއަކީ ކަނެކޭ ބުނާކަށް
110 މީހުން ސޮޔަ ކުރިޔަސް ހެވޯ.. ދިއްދޫގަ ހުރި މައި ހޮސްޕިޓަލް ހުއްޓާ އެހެން އަތޮޅު ތަކާ ހިލާފަށް މައި ހޮސްޕިޓަލެއް ހޯރަފުށީގައި ހަދާ އަތޮޅުވެރިކަން ހޯރަފުށްޓައް ބަދަލު ކުރަން އުޅެނީ.. ވަރަށް އިނގޭތީ މިބުނީ.. ކޮއްކެ މެން ތިބޭބަލަން ސޮއި ކޮއްލައިގެން ގުނބޯ ހެދިފަ..
ފިތުނަވެރި ދޮގު ވާހަކަ ނުދައްކާ؟ ހާދަ ހަސަދައެއް ތި ލަނީ؟ އަތޮޅުވެރިކަން ބަދަލު ކުރާކަށް ނޫޅެ އެކަކުވެސް.. ހއ އަކީވެސް އެހެން އަތޮޅުތަކާ ޚިލާފަށް 2 ބަޔަކަށް ބެހިފަ އޮންނަ ބޮޑު އާބާދީއެއް.. އެހެންވީމަ 2 ފަޅީގަ ދެ ހޮސްޕިޓަލް އަޅާފާނެ އެއީ މައްސަލައެއް ނޫން.. ހަމަ އެގޮތަށް އެހެން އަތޮޅުތަކާ ޚިލާފަށް މި ދިއްދޫގަ އެސްޓީއޯ ފިހާރައެއް އެޅުމުގެ ކަންކަން ވެސް ސަރުކާރުން އެބަގެންދޭ ހޯރަފުށީގަ އެސްޓީއޯގެ ފިހާރައެއް ހުއްޓާ.. ތިޔަ ރީނދޫ ހުމުގެ ކުދިންނަކީ އަބަދުވެސް ފިތުނަވެރި ރޯ ބުހުތާނު ދޮގު ފަތުރާބައެއް.
ތިޔަ 110 ޒުޥާނުންގެ ވޯޓު އޮތީ އިބޫ އައްކަން ކަށަވަރު
ސާބަހޭ ދިއްދޫ ޒުވާނުން ތިގޮތައް ރާއްޖޭގެ އެހެން ރައްރަށުގެ ޒުވާނުންވެސް ހެއުކޮއް ވިސްނާ ބުއްދީގެ ބޭނުން ކުރުން މުހިއްމު މި ގައުމއްޓަކައި އަންނައް އޮތް ޖީލައްޓަކައި.
ތީ އީދުމަޖާކުރަން އަތްމަތި ތަނަވަސްކޮށްލުމުގެ ނިޔަތުގަ ގުޅުނު ޒުވާނުންކޮޅެއް ، ޔަގީންކަމާއިއެކު މިބުނަނީ ތީގެން އެކަކުވެސް ޔާމީންއަކަށް ވޯޓެއްނުލާނެޔޭ ، މިހެންމިބުނީ މިކަން ވަރަށް ރަނގަޅަށް އިގޭމީހެއްގެ ހައިސިއްޔަތުން ، މިކޮމެންޓު ޖަހާލަދޭތި
ަސާބަސް ޒުވާނުން ތިޔައީ ވިސްނޭ ޒުވާނުންނަކީ
ޤައުމު ތަރައްްޤީކޮށް ޒުވާނުންގެ ކުރިމަގު އޮތީ ރައީސް ޔާމީނު ހޮވައިގެން. ކުރިންވްސް ތިލަފަތެއް ދައްކއިގެން ޒުވާނުން ގުނބޯ ހެއްދިކަން ޒުވާނުން ހަދާން ކުރާތި
ސާބަހޭ ޕީޕީއެމް އެއްލަކިން ގެންނާނަން އެމްޑީޕީ ކިޔާނެ އެޔަށް ވަގުވޯޓު މީ މިމީހުންގެ ގޮތް މަށައް ހަމަޔަގީން.......
ފަންސަވީސް ޕަސެންޓް ިޯދިޔަސް ދިއްދޫން ހޯދިޔަސް ސާބަސް
މިޔަދު ތިޔަ ހުރިހާކުދިންވެސް މަޖުބޫރު ހާލަތުގަ ނައިބު އާދަނު އަދި ދިއްދަޫ ސުޖާ ސާކިރު އާދެސް ކުރާތި އަރެމެން ސޮއެ ކޮއްޅީ ފުކެޓުވެސް ދޭނެ ކަމައް ޔަގީންކަން ވެސް ދީފަ އޮތާ.
މިޔަދު މިނޫން ގޮތެއްނެތިގެން ސޮއެކޮއްލީ ފުލެޓު ދޭނެނެކަމައް ބުނީމަ އަދި ނާއިބު އާދަނު އަދި ސުޖާ ސާކިރު ވެސް އާދެސް ކުރަނީ.ދިއްދޫގެ ޒުވާނުން ވިސްނާތި.
110 ކަމަށްލިޔެވުނީއޮޅުމަކުން .. ރަނގަޅުގޮތަކީ 011 .. މިއަދަދުންއެނގިހާމަވިގޮތުގަ ޔާމީނަށްލިބޭނީ މުޅިއެކު 110 ވޯޓު .. ދެންއަތްޖަހާ ..
ފެންނަންތިބީ އަށްމީހުނާފަޅިއެއް ، 110 މީހުންސޮއިކުރިކަމަށް ބުރޭކިންނިއުސްގަޖެހީމާ އެއީ ކުޑަމިންވަރެއް ، އަހަރެންވެސް ކުރިންހުރީ މައުމޫނުޕާޓީގަ . އެހެންނަމަވެސް ރައީސް މައުމޫނަށްއަނިޔާދޭތަންބަލަން ކެތްނުކުރެވިގެން ޕާޓީދޫކުރިދުވަހު އަހަރެމެންގެ 237 ޒުވާނުންތިބިން . ބުނަންމިއުޅޭވާހަކައަކީ 110 މީހުންނަކީ ސުމެކޭ ..
ބަލަ ޒުވާނުންގެ ރައީސް މިހާރުތިއަ ހައްދަވާގޮތުން 75 އަހަރުވަންދެން އެބަހީ މަރުވަންދެން ކޮންމެމީހަކު ވަޒީފާގަ ހުންނާނެ އެއިރުން ޒުވާނުންނަށް ކިހިނެއްތޯ ވަޒީފާގަނޑެއްވެސް ލިބޭނީ،
2018 ޔާމީން
ކޮންމެ ދުވަހަކުވެސް މިފެންނަނީ ރައީސް ޔާމީންއަށް އިތުރު ބަޔަކު ތާއީދު ކުރާ މަންޒަރު. ސާބަހޭ ރައީސް ޔާމީން. މިފަހަރު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރާނެ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އަޅަމެންނަކަށް ކަންކަންކުރުމުގެ ކުޅަދާނަކަން ލިބިގެންނެއްނުވޭ. އަދި އަޅަމެންނަކަށް ކަންކަން ވާނޭގޮތެއް ނުމެ އެނގޭމެ. އެހެނަސް އިބަރަސްކަލާނގެއީ ކުޅަދުންވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ އިބައިލަހުގެ ކުޅަދުންވަންތަކާމާއި ދީލަތިވަންތަކަމުން މި 2018 ގެ ދިވެހި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށާއި ޑޮކްޓަރ ޝަހީމަށް ކާމިޔާބު ކޮށްދެއްވާއި އަޅަމެންގެ ރާއްޖެ އެމް.ޑީ.ޕީ ލާދީނީ ފިކުރުގެ ކިބައިން ސަލާމަތްކޮށްދެއްވާނދޭވެ. އާމީން.
ކުދިންނޭ ގެއްލުމެއްނުވާނެ އިންޝާﷲ
ބޭކާރު ކޮމެންޓްތައްނުކުރައްވާ ހުރިހާ ބޭފުޅުން ރައީސް ޔާމީނަށް ވޯޓުދެއްވާ! މި ޤަވްމު އިނދަޖައްސާލާ ބައިތުލްމާލު އަންބޮޑިޔަށް ލައިގެން ފިލައިގެން ގޮސް އެތިބަމީހުނަށް ގަދައަޑުން އެބަޖެހޭ ނޫނެކޭ ބުނަން. ރައީސް ޔާމީންއާ އެމަނިކްފާނުގެ ޓީމު ނުހަނު ބުރަ އުފުއްލަވައިގެން މި ޤަވްމަށް މި ހިންދެމިލެވުނީ! އަލުންވެސް ޤަވްމު ފަނާކޮށްލުމަށް ފުރުޞަތު ދީފިނަމަ ދެން މި ޤަވްމަށް ކުރިޔަށް އަރާނުގަނެވޭނެ! ވިސްނާވަާ!