އެމްޓީސީސީއާ ހަވާލުކޮށްގެން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރި އެއާރޕޯޓް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. އެއާޕޯޓު ހުޅުވުމާއެކު ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިކަމަށްޓަކައި ފަރެސްމާތޮޑާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި އެއާރޕޯޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރަން ފެށީ 2020 ވަނަ އަހަރު ނޮވެމްބަރުގައެވެ. މިއީ ގދ. އަތޮޅުގައި ތަރައްގީކޮށް، ހިންގަމުންދާ ތިން ވަނަ އެއަރޕޯޓެވެ.

މި އެއަރޕޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ އެއް އެއާރޕޯޓަށް ވާއިރު، މިއީ މިހާތަނަށް ތަރައްގީ ކުރެވިފައިވާ އެންމެ ސްޓޭންޑާޑް ރަނގަޅު ޑޮމެސްޓިކް އެއަރޕޯޓެވެ.

އެ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާ ކުންފުނިންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށެވެ.

ޖުމްލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ.

ފަރެސްމާތޮޑާ އެއާރޕޯޓު ހުޅުވާލާފައިވާއިރު، މޯލްޑިވިއަން އިންވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ފަރެސްމާތޮޑާގެ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،574ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަންނަނީ

    ހުވަދު އަތޮޅުގެ ގިނަ ރަށްތަކުން އެއާޕޯޓަށް ދާން ކަނޑައެޅި މިންގަނޑަށް ފެއްތިއްޖެ ކަމަށް ރައީސް އިބޫ ވިދާޅުވާއިރު ތިޔާ އެއާރޕޯރޓަކީ ރައީސް ޔާމީން ވެރިކަމުގައި އަޅަން ފަށާ ނިމެން ގާތްވެފައިވާ އެއާރޕޯރޓެކޭ މިސަރުކާރުން ވެރިކަމަށް ފާވިދުވަހުން ފެށިގެން ތިޔާ އެއާރޕޯރޓް ނިންމަން ރައްޔިތުން އެދުމުން ބުނަނީ އެއާރޕޯރޓް ތާރު އަމީނީ މަގު ތާރު ތަކާއި އެކު އަންނަނީ އަންނަނީ އަންނަނީ އަންނަނީއޭ އަންނަނީ ގައި 5 އަހަރު ވޭތުކޮށްފިއޭ ދެން އެއާރޕޯރޓާއި ގާތު ރިސޯރޓް ކޮބާތޭ ނެތް ދޯ ރިސޯރޓް ބިޑަށް ލުން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ

    3
    1
  2. ކުރިއަށް

    ހިނގާ މަމެންނާއި އެކު ދާން ގާސިމް ގޯއްޗަށް ކުނޫޒަށް ދާން މަމެން ދޫދޭނީ މިފަހަރު މިވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ އަދި ދިވެހި ވިޔާފާރިވެރިން ކުރިއަރުވަން ބޭނުންވާ ގާސިމް އިބްރާހިމް އާއި އަންނި ހޮވާފައޭ ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާންގެ ދެއްވާންދޭންވެ ހިނގާ ބަހީ އާދޭ އެކީގައި ގާސިމް އަންނި ހޮވަމާ ހިނާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް

  3. ހިނގާދަމާ

    ހިނގާށެ ނަލަކުރަމާ މިވަތަންގެ ކުރިމަގު ގާސިމް އިބްރާހިމް އަދި އަންނި އަށް 2023 ގެ ހަނދު ބަލަން ދީގެން ހިނގާ ރުވަން ފެންދީ އާރޯކުރަމާ މިވަތަންގެ އެންމެ ކަތުންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިއުދަރެހާއި މިފަލަކު ހިނގާ ނަފާ ހޯދަން މިވަތަންގައި ވިޔާފާރި ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް ގާސިމް އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން ގާސިމް އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

    1
    4
  4. ޑައެލޯގް

    ޔާމީނު ދައުރުގައި ހވާއަރުވާތީ މިމީހުން ފާޑުލިޔެވެ. އެކަމަކު ދަރާފައިވާއިރުވެސް މިމީހުން ހަވާއަރުވނީއެވެ.

  5. ނަޝީދު

    ސާބަހޭ ރ.ޔާމިން ފައްޓަވާފާހުރިމަސައްކައްތައް

  6. ނަނަނަ

    ފަހު ރިބަން..

  7. މަބޭ

    މިސަރކާރުގެ ވެރިންގެ ސިކުންޑީގެ ޓެސްޓްތަކެއް އެބަހަދަންޖެހޭ މިމީހުން ބުނާގޮތުން
    ހުޅުމާލެ ބްރިޖް
    ވީއައިއޭ ތަރައްގީގެހުރިހާސައްކަތެއް
    ހުޅޫމާލެ ފޭސް2
    ދަރުމަވަންތަ ހޮސްޕިޓަލް
    މީހުސް މިވެރިކަމުގަ ކޮއްފަހުރިމަސަތްކަތް