ރާއްޖޭގައި އެއާރޕޯޓްތައް ތަރައްގީ ކުރުމުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއާރޕޯޓް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރި ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭނެއް މި ސަރުކާރުގެ އެބައޮތް ކަމަށެވެ. އެގޮތުން މި ގައުމު ތަރައްގީ ކުރުމަށް އެންމެ މުހިންމު ކަމަކަކީ ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާރޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ 80 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

"ސަރުކާރުން މިހާރު ފެށުމަށް ނިންމާފައިވާ އެއާރޕޯޓްތަކުގެ ޕްރޮޖެކްޓްތަކާއި އެކު އިތުރު އެއާރޕޯޓެއް ރާއްޖޭގައި ހަދާކަށް ނުޖެހޭނެ. އިތުރު އެއާޕޯޓްތައް ހަދަން ނުޖެހުނަސް އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއާރޕޯޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ. އެންމެ ފުރަތަމަ އެޅުނު އެއާރޕޯޓްތައް ވަރަށް ހާލުގައި އެބަހުރި. އެ ތަން ތަން ތަރައްގީ ކުރަން ޖެހޭ." އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމަށް އާރްޓީއެލްގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރަމުންސާ ކަމަށެވެ. އާރްޓީއެލްއާ އެކު ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހިދުމަތް ފަށާފައިވާ އަތޮޅުތަކުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް އަންނަ ޖުލައިމަހުގެ މެދުތެރޭގައި ގއ، ގދ.ގެ ރަށްތަކުގައި ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ފަރެސްމާތޮޑާ އެއަރޕޯޓް ، މާވަރުލާ އެއަރޕޯޓް ، ހޯރަފުށި އެއަރޕޯޓް ، މަޑިވަރު އެއަރޕޯޓް ، މުލީ އެއަރޕޯޓް މިތަންތަނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ބަޖެޓް ހަމަޖެހި ، ބައެއް ތަންތަނުގައި މަސައްކަތްފަށާ ، އަނެއްބައިތަންތަނުގެ ބިޑްތައް އެވެލުއޭޓްކޮށް ނިމިފައި ތަންތަން. އެހާހިސާބުން ޔަމީންގެ ވެރިކަން ނިމުމުން ދެން އަންނަބަޔަކު މަސައްކަތް ކުރަންޖެހޭނީ! އެހެނަސް އެއީ ތިމާމެން ކުރި މަސައްކަތޭ ނުބުނެވޭނެ! ތިމާމެންނަށް އެ ކްރިޑިޓް ނެގޭނީ ތިމާމެން ބަޖެޓްކޮށް ފައިސާ ހޯދާ ކުރާ މަސައްކަތަށް!

    11
    • ބުހުތާން

      ފަރެސްމާތޮޑާ އެއަރޕޯޓް ، މާވަރުލާ އެއަރޕޯޓް ، ހޯރަފުށި އެއަރޕޯޓް ، މަޑިވަރު އެއަރޕޯޓް ، މުލީ އެއަރޕޯޓް މިތަންތަނަކީ ޝަމްޝުއްދީން ރަދުންގެ ރަސްކަމުގައިވެސް އަޅަން ނިންމާފަ ހުރިތަންތަން، ދިވެހިން މިތިބީ ބައްޔެއް ޖެހިފަ، އެއީ ޔާމިން،، އިބްރާހީމް،، ޖާސިމް،،ނަޝީދު މިއީ ކޮންބައެއްތޯ މިއީ ރައްޔިތުންގެ ފައިސާ ޕަކަޅާކުރަން އުޅޭ ބައިގަނޑެއް...

      1
      2
  2. އިސްހާފް ސަލީމްގެ ކޮއްކޮ

    ފަރެސްމާތޮޑާ އެއަރޕޯޓް ، މާވަރުލާ އެއަރޕޯޓް ، ހޯރަފުށި އެއަރޕޯޓް ، މަޑިވަރު އެއަރޕޯޓް ، މުލީ އެއަރޕޯޓް މިތަންތަނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ބަޖެޓް ހަމަޖެހިފަ ހުރިތަންތަން ކަމަށް އިސްހާފް ސަލީމް ބުނިމަ އޭތި ގޯހޭ... ރަނގަޅުވާނީ ޝަމްސުއްދީން ވެރިކަން ކުރިއިރު ތިތަންތަން އަޅަން ބަޖެޓް ސަރުކާރުން ހަމަޖެއްސިއޭ ބުނީމަ، ދެން ކޮންޔާމީނެއް އިބްރާހިމެއް، ނަޝީދެއް ކިޔާކައްތަ.. މި ޤައުމުގަ ނެތް ސަހަލަު އެކަކުވެސް ޤަުމުގެ ވެރިކަން ލިބުމުން ދިޔާހަކުރާ ޖައިގެން ކާށިކާހެއް ބައިތުލް މާލު ދަވާނުލަނީ ކާކުހޭ...

    1
    2
  3. ބުހުތާން

    ތި އަސްލަމަކީ މި ސަރުކާރުގެ ފިނިހަކަ ސްޕީޑްގެ ވެރިޔާ... މީނާއަކީ މިނިސްޓަރުކަމަށް ކުފޫ ހަމަވާ މީހެއް ނޫން އަމިއްލަ ރަށުގައި އެއަރޕޯޓް އެޅުމުން ދެން ވަރަށް ފޮނިކަނޑާނެ...އައްޑޫގެ މަގުހެދުމުގެ މަޝްރޫއު މީނާ ސްޓޭޝަންވެގެން ހުރެ އަވަސްކުރިކުރީނުން ބުރު ނޭނގިގެން އައްޑޫ ރައްޔިތުން އެބައުޅޭ...މިކަހަލަ ނާގާބިލް މީހުން ލައިގެން އިބްރާހީމް މި ސަރުކާރު ހިންގަނީ.. މީ އަޅެ ބަލަދު އަރާފަ ހުރި މީހެއްތަ...

  4. ޝަރީފް

    އެއީ އެކަންޖރާ ގޯތްއި.. އެހެންނުން.