މަސްތުގެ ހާލަތުގައި ސަލާން ޖަހަން އުޅޭ މީހުންނަށް ވެސް ފަރުވާ ދޭން ފަށައިފައިވާ ކަމަށް ނެޝެނަލް ޑްރަގް އޭޖެންސީން ބުނެފި އެވެ.

އެ އޭޖެންސީގެ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް، ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ މިހާރުވެސް ސަލާން ޖަހަން އުޅޭ އަންހެނުންނާއި ފިރިހެނުން އެކި މަރުކަޒުތަކުން ފަރުވާ ހޯދަމުންދާ ކަމަށެވެ.

މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންގެ ތެރެއިން އެންމެ އާންމުކޮށް މަގު މަތިން ފެންނަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން އާންމުކޮށް އެކި މީސް މީހުންގެ އަތުން ފަސް ރުފިޔާ ނޫނީ ދިހަ ރުފިޔާ ހޯދައިގެން ވެސް ސަލާމް ޖަހާތަން ވަރަށް ގިނައިން ފެނެއެވެ.

ސަލާން ޖެހުމުގެ އިތުރުން ފޭރުމާއި އެކި ކުށްތައް ކޮށްގެން ވެސް ފައިސާ ހޯދައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅެއެވެ.

ޝަމާއު ވިދާޅުވީ އެފަދަ ކުށްތައްކޮށް އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވެސް ފަރުވާ ދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން މިހާރުވެސް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ބޭސްތައް ކަމަށެވެ.

އެހެން ނަމަވެސް އެ މީހުންނަށް ބޭނުންވަނީ ބޭސް އެކަނި ނޫން ކަމަށާއި އަޅާލުމާއި އެހީތެރިކަން ވެސް ބޭނުންވާ ކަމަށާއި އެ މީހުން މުޖުތަމައުއަށް ނެރުމަށް މުއައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    މިގައުމުގަ ކުރަން ތިޔަށްވުރެ ބޭކާރު ކަމެއް ނޯންނާނެ. ފަރުވާ ދީގެން ރަނގަޅުވި އެންމެ މީހަކުވެސް ދައްކަބަލަ..

    11
    1
  2. ޑުރަގު އެޑިކްޓް

    ކަލޭމެން ނޫޅޭ އަހަރެމެން ރަނގަޅުކުރާކަށް. ކަލޭމެން ފަރުވާއޭ ކިޔާފަވެސް ތިދެނީ މަސްތުވާ ތަކެތި. އެހާ ބާރު ގަދަ ނޫން މަސްތުވަތަކެތި! ބޭހުގެ ނަމުގަ މެތަޑޯން ކިޔާ މަސްތުވާ މާއްދާ އެކުލެވޭ ބޭސް. އެބުއީމާ ކިކު އާދޭ... ހަކުރު ތަންކޮޅެއް މަދުން ބޮއެގެން ހުންނަފަދަ. ކަލޭމެން ތިޔަކުރަނީ ގޯސްކަމެއް... ފަރުވާ އޮތީ ކަނޑައެޅި ބަޔާންވެ ލިޔެ ނިމިފަ. ޤުރުއާނާ ހަދީސްތަކުގަ އޮތް ހުކުމް ކުރީމާ ތިޔަ ހުރިހާ ބަލާއެއް ފިލައިދާނެ. ކަލޭމެނަށްވެސް އެކަން އެނގޭ. ނަމަވެސް ކަލޭމެންނަކީ ވިޔަފާރިއެއްގެ ގޮތުގާ (ފަންޑު ލިބޭތީ) ތިމަސައްކަތް ކުރާބައެއް. ކަލޭމެން ބޭނުންވާނީ ކުލައެންޓުން ގިނަކުރަން. ވަބާ ފަތުރަން. ކަލޭމެންގެ ކުލައެންޓުން ގިނަވިވަރަކަށް ކަލޭމެނަށް ފައިސާ ލިބޭނެ!

    13
    2
    • ޞަމަދު

      ނާ ހަމަ ތެދެއްތަ؟

  3. 😡😡😡

    ފުރަތަމަ އަދަބު: 80 އެތިފަހަރު ޖަހާ، ދެން އޮޅުވާލައިގެން ފައިސާހޯދިމީހުނަށަ ބަދަލުދީ

    10
  4. Anonymous

    ސިވިލް ސަރވިސްގެ މުވައްޒަފުންނޭ! ކުރަންވީ ކަންތައް މިއޮތީ އަންގައިދީފަ. ތި މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދިނީމާ ކުރަންވީ ކަމަކީ، މަސްތުގެ ހާލަތުގައި ސަލާންޖެހުން. އޭރުން ސަރުކާރަށް ބަލަދުއަރައިގެން އެންމެން ބަލާނެ ދޯ. މިގޮތް ސަޅިއެއްނު ދޯ.

  5. ވ

    ތިޔަފައިސާ އާސަންދަ.ބަޖެޓަށްލާ.. މަސްތުވާމީހުން ގެންގޮސް ޖަލުގަ ބައިތިއްބާ. އެމީހުންނަށް ފަރުވާ ދޭން ޚަރަދުކުރަންޖެހޭނީ އެމީހުންގެއާއިލާތަކުން.

    6
    2
    • ަމ

      ނުޖެހޭނެ ހަރަދު ކުރާކަށް، ކަލޭމެން ގެ ވެރިން މި ތަނަށް ވައްދާ އެއްޗެއް އެއީ.. އަދި އާސަންދައަށް ލުމަކުން ވެސް ނިކަމެއްޗެއް ވިއްޔާ ޖެހެނީ ހަމަ ސަލާން ޖަހަން..

  6. މަސްތުނުވެ

    ސަލާންޖަހާ މީހުންނައް އަޅާނުލަނީ