މި ރޯދަ މަހުގައި ފެމެލީ ކޯޓުން ފޯމު ބެލުމާއި ދޫކުރާނެ ގަޑިތައް އިއުލާނުކޮށްފިއެވެ.

ފެމެލީ ކޯޓުން ބުނީ މި ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމެލީ ކޯޓުން ފޯމު ބަލައިގަންނަ ގަޑިތަކާއި ތަކެތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.

އެގޮތުމް ފޯމު ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:30 އަށެވެ.

އަދި ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް ވެސް ކޯޓުން ބުނެއެވެ.

ކޯޓުން ބުނީ ތަކެތި ދޫކުރުމާއި ފައިސާ ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކަމަށެވެ.

ރޯދަ މަހުގައި ކޯޓުން ރަސްމީ ގަޑީގައި ކައިވެނިކޮށްދޭ ވަގުތުތަކަކީ ހެނދުނު 09:30 އިން 12:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 އިން 23:00 އާއި ހަމައަށެވެ.

ފެމެލީ ކޯޓުން މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެއެވެ. އެ ކޯޓުން ވަނީ މި އަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭ ގޮތަށް ވަނީ ނިންމައިފައެވެ.

ރާއްޖެ އަކީ އާއްމު ގޮތެއްގައި ވަރި ގިނަ ގައުމެކެވެ. މިއަހަރުގެ ފުރަތަމަ މަހު މާލޭގައި 195 ކައިވެނި ކުރިއިރު ހަމަ އެ މަހު 127 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.