އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި ހިމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދަދިނުމުގެ ގޮތުން ބަނދަރެއްގެ ފަސޭހަކަން އެ ރަށުގެ ރައްޔިތުންނަން ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިމަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިމަންދޫގެ ރައްޔިތުންނަން ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދާދީފައި ނުވާކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ.
"ހިންމަންދޫ ރައްޔިތުންނަން ދިމާވެފައިވާ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން މުހައްމަދު މަސައްކަތް ކުރެއްވި" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ޕާޓީ ތަކުގެ ސަރުކާރެއްގައި ދިވެހި ރައްޔިތުންނަކީ އިންސާފުން އެއްކިބާކުރެވިފައިވާ ރައްޔިތުންތަކެއް ކަމުގައި ނުވާނެ ކަމަށާ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މިނިވަން މުއައްސަސާތައް މިނިވަން ކުރާނެ ކަމަށެވެ. އަދި ތަންފީޒީ އިދާރަތަކަށްވެސް ފުރިހަމަ ބާރާ އިހްތިޔާރު ލިބޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
ހިންމަންދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައިވާ އަމާޒަށް ވާސިލްވާނީ ރައްޔިތުން ހޮވާ ސަރުކާރަކީ އޯގާތެރި ސަރުކާރަކަށް ވެގެން ކަމަށެވެ.
"ކޯލިޝަން ސަރުކާރު ގާއިމުކުރުމަށްޓަކާ ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދަތުރުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ތަޖުރިބާކުރައްވާ ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުން" ފައިސަލް ވިދާޅުވިއެވެ.
އެގޮތުން މެނިެސްޓޯގައިވާ ނޫ އިގްތިސޯދުގެ ދަށުން ރައްޔިތުންނަކީ އަމިއްލަ ރަށުގައި ތިބެ އާމްދަނީ ލިބޭ ފުދުންތެރި ބަޔަކަށް ހެދުމަކީ އިދިކޮޅު ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނޭ އެއްކަންތައް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާ ދައުލަތުން ބޭނުންކުރަމުންދާނީ ރައްޔިތުންނަށް އެ އިރެއްގައި އެންމެ ބެނުންވާ ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ. އިސްރާފު ކުރުމާ ބޭކާރު ހަރަދުކުރުމަކީ އިދިކޮޅު ޕާޓީތަކެއްގެ ވެރިކަމެއްގައި ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ފައިސަލް ދެން ވަޑައިގަންވާނީ އެ އަތޮޅު މާޅޮސް އަށެވެ. އެއަށް ފަހު ފެރިދޫ، މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ކުރިއަށް ގެންދަވާއިރު ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ،
މައްސަލައެއް އޮތްކަމަށް ހަދައިގެން ފައިސަލު ކިޔާމީހަކު ވާހަކަ ދައްކަނީ ރައްޔިތުން އޮޅުވާލުމުގާވެސް ބޮޑުވަރު، މިރަށުގައި ލަފާފުރުމުގެ މައްސަލަ މިހާރުވަނީ މިސަރުކާރު / ޔާމީން ސަރުކާރުން ހައްލުކޮށްފައި، ހިމަންދޫ ރައްޔިތެއްގެ ހައިސިއްޔަތުން ވަކިއަތަކަށްނުޖެހި ތެދެއް މިބުނީ
ދައުލަތުގެ ފައިސާ އެނެމެ ރަގަޅަށް ބޭނުން ކުރިކަން ތާރީޚުން ދައްކާ. ރާއްޖޭގެ ހުރިހާ ބޮޑޭތި ކުންފުނި ނަގްރޫޓްކޮށް ހޮލްޕިޓަލްފަދަ ތަންތަން ކުންފުނިތަކަށް ބަދަލުކޮށް ބޭރުގެ އެކުވެރިންނަށް ލާރި ބެހުން އެއީ ތޯ ތިބުނާ ކަންކަމަކީ. ހޯހޯ. އަހަރެމެން އެފަދަ ގޮތަކަށް ބޭނުމެއްނޫން. ރައީސް ޔާމީން ވަރެއް ހަމަނެތް.
ހިމަންދޫގެ "އެސައިޑް" އާއި "މި ސައިޑް" ވަކިކޮށް ދޭންވެސް ވާނެ.
ކަލޭގެ ތިހެން ހުއްޓާ ތިރަށުގައި ބަދަރުހަދާދޭނެ މިސަރުކާރުން.
ހިމަންދޫ ބަދަރު ޔާމީން ސަރުކާރުން ހަދާނުދޭ ވާހަކަ އަނގަފުޅާކޮށްފާ ދައްކާއިރު، މީނޫނީ މިޤައުމުގައި އެހެންވެރިންނެއް ރައީސްކަމަކުނޫޅޭތަ، ކޮބާ ތިމީހުންގެ 3 އަހަރުގެ ވެރިކަން، ކީއްވެ އެވެރިކަމުގައި ހިމަންދޫގައި ބަދަރުނުހެދީ، މި އަތޮޅުގެ ރައްޔިތަކަށްވެހުރެ ބުނަލާނީ، އެން.ޑީ.ޕީގެ ފުލްމެޖޯރިޓީ އޮންނަ އަތޮޅަކަށްވާއިރުވެސް ޔާމީންގެ ސަރުކާރުންނޭ މިއަތޮޅުގެ ރައްރަށަށް ކޮށްދިން ކަމެއްވެސް ކޮށްދީފާއޮތީ، ދެންވެސް ކޮށްދޭނީވެސް ޔާމީންގެ ސަރުކާރުންނޭ،، މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގައި އެން.ޑީ.ޕީ ކައުންސިލަރުން ހޮވާފތިބީމާ ސަރުކާރުން ކުރަންއުޅޭ ކަމެއްވެސް ކުރިޔަނުދޭ، ދަތިކުރުމުގެ ފިޔަވަޅުއަޅާ، އެހެންވީމާ ކަންކަން ކުރަން އުޅުނަސް ސަރުކާރަށް ދަތިތައް ކުރިމަތިވެފާ ހުންނަނީ..
ޤަވްމީ އަދި ދީނީ ލޯބި ނެތް ބުއްދިދެރަ މީހުން އުޅޭނެ ތިހެން! އެކަމަކު މިމީސްމީހުންގެ ވެރިކަމުގައި މުޅި ޤަވްމު ހިންދާލާ އެވަރުން ނުވެގެން މުޅި ޤަވްމުގެ ޢުމްރާނީ އެއްކޮށް އަންދާ އަޅިޔަށް ހަދައިލި! ޞިއްޙީ ފަރުވާދޭ ތަންތަނުގައި ބޭސްމަލަންކޮޅެއްވެސް ނެތް! މުސާރަ ނުލިބި އެލަވެންސްތައް ކަނޑާލުމުން ޑޮކްޓަރެުންތައް އިސްތިޢުފާދީފަ ރައްކާވި! ބޭރުފައިސާ އަމުދުން ނުވެސް ލިބުނު ! މއަދާ އެދުވަސް އަޅާކިޔާލާފަ ބުއްދީގެ ނަޒަރަކުން ވިސްނައިފިނަމަ ތިމީސްމީހުންނާއެކު އެކަކުވެސް ނތިބޭނެ!
ފައިސަލޫ ކަލެޔަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ، ޕަޕެޓް އިބޫވެސް ހުންނާނީ އަންނި ބުނީމަ ބުނާގޮތަށް ކަންކުރަން. ކަލެޔަށް ޖެހޭނީ އެއްފަރާތުގަ މަޑުމަޑުން ހުންނަން ނޫނީ އެވެރިން ހިތަށް އެރީމާ ގެޔަށް ދާން. ތިޔަކީ އެމީހުން ބޭނުންކުރާނެ މީހެއް ނޫން. ގާސިމް އަށް 2008 ގަ ހެދިގޮތް ހަނދާން ކޮށްލަބަލަ.