ޅަކުދިން ޑްރަގަށް ވަންނަލެއް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ހެދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ގަރާރަށް ކުރި ބަހުސްގެ ތެރެއިން އެވެ.

ޝަރީފް ވިދާޅުވީ މީގެ ކުރީ ޑްރަގުގެ މައްސަލައަށް ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ގައުމީ ފެންވަރެއްގައި ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށް ބަލައި މަސައްކަތް ފެށީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރީ ސަރުކާރުތަކުން ޑްރަގު ރިހިބިލިޓޭޝަންއަށް ހަރަދު ކުރީ ވަރަށް ކުޑަމިންވަރެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެކަމަށް އެތައް ސަތޭކަ މިލިއަނެއް ހަރަދުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުރީ ސަރުކާރުތަކުން މީހުން ރިހިބިލިޓޭޓް ކުރުމަށްޓަކައި ސެންޓަރުތަކެއް ހަދާފައި ނެތް. އަދި ގޮތްތަކެއް ރާވާފައި ވެސް ނެތް. އެހެންވީމާ މި ސަރުކާރުން ޖެހުނީ މި މަސައްކަތް އަލުން ފަށަން." ޝަރީފް ވިދާޅުވި އެވެ.

އަދި ކުރިން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެެންޑީއޭ ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ގެނެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މިހާރު އޯވާ ޑޯޒްވެގެން މީހުން މަރުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ މިހާރު މި ފެށި މަސައްކަތުން ރާއްޖޭގެ ވަރަށް ބޮޑުތަނުން ޑްރަގު ކޮންޓްރޯލް ކުރެވިގެންދާނެ. މިހާރު ޅަކުދިން ޑްރަގަށް ވަންނަލެއް ވަރަށް ބޮޑުތަނުން މަދުވެގެން ހިނގެއްޖެ. މިހާރު ހަމައެކަނި އުޅެނީ ދުވަސްވީ މީހުން ނުވަތަ މެދު އުމުރުގެ މީހުން ބޭނުންކުރާ ކަމަށް މައުލޫމާތު ދެނީ" ޝަރީފް ވިދާޅުވި އެވެ.

ޅަކުދިން ޑްރަގަށް ވަންނަލެއް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ޝަރީފް ވިދާޅުވި ނަމަވެސް މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސޯޝަލް މީޑީއާއިން މިހާރު ފެންނަމުންދާ މަންޒަރުތަކުން ވެސް އެއީ ދޮގެއްކަން އެނގޭ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އެއީ އާންމު ރައްޔިތުން ނަގާފައިވާ ވީޑިއޯތަކުން އިންޖެކްޓް ކުރާތަނާ މިހުރިހާ މަންޒަރެއް ފެނޭ. އެހެންވީމާ ދަންނަވަން މިއުޅޭ ވާހަކައަކީ ހަގީގަތް ގަބޫލުކޮށްގެން މައްސަލަ ހައްލުކުރުން އުޅުމޭ ބުއްދިވެރި ގޮތަކީ." އިމްތިޔާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ﷲ އަކްބަރު. ﷲ އަށް ބިރުވެތިވެބަލަ. ހަމަ ހުރެލާފަ ތިކަހަލަ ދޮގުތައް ނުހަދަބަލަ. ކަލޭމެން ތިތިބީ މުސްކުޅިފަ. އުމުރުގައި އޮތްތާނގަ ތަންފުކެއް ރަނގަޅަށް އުޅެވޭތޯ ބެލުން މާރަނގަޅުވާނެ. މިދުނިޔެއަކީ ކުޑަ ދުވަސްކޮޅެއްގެ މަންޒިލެއް. ތި ހޯދާ ފައިސާއިން ސުވަރުގެއެއް ނުގަނެވޭނެ. ތަގްވާވެރިކަން އިތުރުކުރޭ. ވެރިކަމާހެދި މީހާ ނަރަކައިގެ ދަރުގަނޑަކަށް ނުވޭ.

    16
  2. ސަދޫމު ސިޓީ

    ސިޔާސީ މަންފާ ހާސިލު ކުރަން މި މީހުން ކޮންމެފަދަ ވާހަކައެތްވެސް ދައްކަފާނެ ކޮންތަނެތް މަދުވީ ދުވަހެތް ދުވަހެތް ގިނަވަނީ ހަގީގަތް އޮޅުވާލަން ނޫޅުއްވާ އަނދިރި ފަރާތް ފަސްއަޅާ ފޮރުވާލާފަ ހަގީގަތް އޮޅުވާލަން ނޫޅުއްވާ ދިވެހިރާއްޖޭގަ މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން ދަނީ ދުވަހެތް ދުވަހަކަށް އިތުރު ވަމުން

    14
    1
  3. މާމީ

    ސުބުހާނަﷲ ދެލޯ އަތައްލައިގެން ހުންނެވި މީހެއްތަމިއީ

  4. ރާއްޖެ

    ކާކު ހެދި ދިރާސާއެއް؟

    • ަދދސ

      ރޮޖޭޭނާއާއި މަވޯޓާއި ދިއްގަރުހަސަނުފަދަ ބޭކަލުން ހަދާއިން ދިރާސާއިން ދައްކަނީ އިބްރާހީމަކީ ހުށާމަދުކުރިވަރަކަށް މިބޭކަލުންގެ ޖީބަށް އަޅާދޭ ފިނިއަކައެއްކަން

  5. ޕާޓޭ

    ދެން އިތުރު ކޮށްލާ

  6. ހުވަދު

    ޅަކުދިންގެ އުމުރު މިހާރު 5 އަހަރަށް ދަށްކުރީބާ.

  7. އަލީ

    ސަނާކިޔަން ކޮންމެސް އެހެން މޮޅު އެއްޗެއް ކިޔަބަލަ. ދެން އަހަރުމެނައް މުޖްތަމައިން ފެނިގެން މިދަނީ ކޮން ކަންތައްތަކެއްތަ؟؟؟ ނޫނީ ކަލޭމެން ބަލާގޮތް ތަފާތީތަ؟؟؟ މުޖްތަމާ ފަސާދަވަނި ތިކަހަލަ އަމިއްލަ އެދުމައް ބޮޑުންނައް ސަނާ ކިޔަމުން ދުވާ މީހުންގެ ސަބަބުން!!!!

  8. އަލީ

    މީ އަމިއްލަ އެދުމައް ކަންކަން ފޮރުވާ އޮޅުވާލާ މީހުން!!! ސަމާލުވާތި މިމީހުނައް

  9. ބީތާވެދާނެ

    ދެން މަދުވާނެދޯ އާބާދީގެ އެއުމުރުފުރާ އެކަމަށް ވަދެ ހުސްވީމަ..

  10. ޑައެލޯގް

    ޅަކުދިން ވަންނަވަރު މަދެއްނުވެއެވެ. ޅަކުދިންގެ އިތުރުން މެދުއުމުރުމީހުންވެސް ވަންނަލެއްވީގިނައެވެ.

  11. އުހު

    އެކަމަކު ސަރުކާރުން ޑުރަގުޑީލަރުން ބަލިމީހުންނަށް ހަދާފަ އެތިކޮޅުއަތުލާފަ އަޢިކޮޅަށް ފޮނުވާލަނީ މިކަމުން އަސަރުކުރަނީ ކޮންބަޔަކަށްބާ ތިހަދަނީ ތެދެއްނޫން ތިކުރަނީ ދިފާއު.