ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖެއަށް ގޮދަން ގެނެސް، ފުށް ބަންދު ކުރަން ފަށަން ވެގެން އެސްޓީއޯއިން އަޅަން އުޅުނު ފުށް ފެކްޓަރީގެ މަސައްކަތް ނުކުރެވުނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވެގެން ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އޭނާ ވާނީ އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފައި ކަމަށެވެ.

"ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އަޅުގަނޑުގެ އެއް ޕްލޭން. އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން." އަމްރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި އަމްރު އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު ވިދާޅުވީ ފުށް ފެކްޓަރީގެ މަސައްކަތް މި އަހަރު ފަހުކޮޅު ނިންމާލެވޭނެ ކަމަށެވެ.

ފުށް ފެކްޓަރީގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ބޭރުން ގޮދަން އެތެރެކޮށް ރާއްޖޭގައި ގާއިމުކުރާ ކާރުހާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށް ކަމަށް ވެސް އަމްރު އޭރު ވިދާޅުވި އެވެ.

ގޮދަން ފުށް ފެކްޓަރީ ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް އޭރުގައި ތައްޔާރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެސްޓީއޯއިން ފުށްފެކްޓަރީ އެޅުމަށް ނިންމީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީއިން އެސްޓީއޯއިން ވަނީ ފެކްޓަރީ އެޅުމަށް ބިމެއް ވެސް ބަލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފާޒް

    ގޮދަނޭ ފަޅޮލޭ ކިޔާނީ ފުރަތަމަ ފީސިބަލް ކަންކަށް. އެނދުން ތެދުވާއިރު ބޮލަށް ޚިޔާލެއް އައިސްގެން ފީސިބަލް ނޫންކަންކަން ކުރިޔަށް ނެރެގެން ހިނގާނީ އަމިއްލަ ޕުރައިވެޓް ކުންފުނީގަ. ދައުލަތުގެ އެސްއޯއީތަކަށް ފީސިބަލް ނޫންޚަރަދު ތަކާއި ދެކޮޅު ނުޖެހޭ ހަގީގީ މައްސަލަތަކަށް ހައްލު ނުހޯދޭ ޚިޔާލުތަކާއި ޕުތިޖެކްޓުތަކެއް ބޭނުމެއް ނުވޭ.

  2. ޙަސަން

    ދެން ކަލޭ ހަދަން އުޅުނު ބޭންކް ނެހެދުނީ އެމްއެމްއޭ އިން ބޭނުން ނުވެގެން. ވަކި ކުރީމަ ދަޢްކާ ހަޑިވާހަކަ.

    5
    1
  3. ގާދިރު

    މިކަލޭގެ މީ ދެން މާމޮޅު މީހެއް ކެއޮކޭވަރު އިގޭނީ ބިތުފަންގި ނެގީމައި

  4. ދަރަނި ދަންތުރަ

    އެމްޑީޕީގެ އަސްލަކީ މަކަރާ ޙީލަތް ދޮގުހެދުމާއި އޮޅުވާލުން ، އެމްޑީޕީ ތިޔައީ ދިވެހިންނާ ދިވެހިގައުމަށް ހެޔޮއެދޭ ބައެއްނޫން ، އެމްޑީޕީގެ ވެރިކަމަށްއައްނަ ކޮށްމެފަހަރަކު ގައުމުގެ ހަރުމުދާތަށް ވިއްކާ އިގުތިސޯދު ފުނޑާލާ ހަޒާނާ ލޫޓުވާލާ ޑޮލަރުގެ ކަޅުބާޒާރު އުފައްދާ ، ސޯލިބޭ އައުޓް އިންޑިޔާ އައުޓު

  5. ސާއޫ

    ބަލްކުކޮއް ކަރުދާސް ގެނެސްފަ ފުންޏަކަށް ޖަހާފަ ކަރުދާސަ ކަފާ ފެކްޓުރީއެއް ހަދަމާ..

  6. ޒާ

    ހިނގަމާ ބަހީ ފުންޏަކަށް ގެރިމަސް އެތެރެކޮއްފަ ބައްހައްޓާފަ މަސް ކަނޑާފަ ކޮތަޅުތަކުގައ ޕެކްކުރާ ކާރުޚާނާއެއް ހަދަމާ.

  7. ރިލޭ

    މިވެރިކަމުގައި އެޅުނީ ކޮން ފެކްޓްރީއެއްބާ ؟؟ ގައުމު ހަލާކުކޮށްފި ،،،،،،

  8. ތުއްތުނާ

    މަލީހުވެސް މިނިސްޓަރުކަމުންވަކިކުރީމާ ތިކަހަލަ ވާހަކަތަކެއްދެއްކި.

  9. ސަމްކުޅިބޭ

    ނަސީބެއް ތިޔަ ފެކްޓަރީ ނޭޅުނުކަން. ރާއްޖޭގެ ރައްޔިތުންނަށް އަގުހެޔޮކޮށް ސިމެންތި ލިބޭނޭގޮތް ހެދުމަށް އެޅި ސިމެންތި ފެކްޓަރީއަށް ވާގޮތް ހަމަވާނީ. ސިމެންތިފެކްޓަރީވެސްހެދީ ބަލްކްކޮށް ސިމެންތިގެނެސް ރާއްޖޭގައި ބަންދުކޮށް އަގުހެޔޮކުރަން. ފަށައިގަތް އިރު ބަޒާރު އަގަށްވުރެ 12ވަރަކަށްރުފިޔާ އަގުހެޔޮކޮށް ލިބުނު. އަހަރުވެސްނުވޭ އަގު ބޮޑުވަމުންގޮސް އެންމެ ފަހުން ބާޒާރަށްވުރެ އަގު ބޮޑުވެއްޖެ. މިހާރު އެފެކްޓރީން ސިމެންތި ކޮތަޅެއްލިބެނީ ފަށައިގަތް އިރުގެ 5ގުނަ އަގުބޮޑުކޮށް. ތިޔަ ފުށް ފެކްޓަރީއަށްވެސް ވާނީ ހަމަ މިގޮތް. މީ ގަބުޅި ދިވެހިރާއްޖެ.

  10. އަބްދޫ

    ރާއްޖޭގަ ފުށް ފެކްޓަރީއެއް އަލައިގެން ފައިދާ ވުމުގެ ފުރުސަތު ކުޑަ .ރޯމެޓީރިއަލް އިމްޕޯޓް ކޮށް ލޭބަރުން އިމްޕޯޓްކޮށްގެން ކުޑަ މުސާރައަކުން މަސައްކަތް ނުކުރެވޭނަމަ ކުންފުނިނ ފައިދާވާނެ ކަމަކަށ ނުބެލެވޭ. ކުޑަ މުސާރައަކަށް ދިވެހި ލޭބަރުން ނުލިބޭނެ.