އައްޑޫ މީދޫ ދާއިރާގެ ގޮނޑި، އެ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން ކަމަށް ވިދާޅުވެ، މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.

ވަހީދު އެގޮތަށް ވިދާޅުވީ ރޮޒައިނާ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ދެބައިވެފައިވާ އިރު ރޮޒެއިނާ ތާއިދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އަދި ވަހީދު ތާއިދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދަށެވެ. އަދި ނަޝީދު ހިންގަވާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އަމަލީ ގޮތުން ވަހީދު ވަރަށް ބޮޑަށް އުޅުއްވައެވެ.

އެއާއެކު ދެ ފެކްޝަންގެ ދެމެދުގައި މިހާރަކަށް އައިސް އޮންނަނީ ވަރަށް ބޮޑު ކޯޅުމެއްގެ ތެރޭގައެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް ބަދަލުވީ އަދި ކިރިޔާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ރޮޒެއިނާ ވިދާޅުވީ އެމަނިކުފާނުގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް މިހާރު އައިސްފައިވާ ކަމަށެވެ.

" ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީގެ ނަމަކު ނުބަހާނެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންކުރާނީ. ހަޖަމުކޮށްލާ!" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ ޓުވީޓަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ރޮޒެއިނާމެންގެ އަމިއްލަ ވިޔަފާރި ފުޅާކުރަން "ވެހޭތާ ފެންނަގަން" އުޅުއްވާ އުޅުއްވުމަށް ޑީމޮކްރަސީއޭ ނުކިޔޭނެ ކަމަށެވެ.

"ދެން ފޮޓޯއޭ ތިޔަކިޔަނީ، ރައީސް ނަޝީދު ދެމަފިރިކަނބަލުން ގެންގޮސް ފޮޓޯ ދެއްކި މީހެއް ނޫޅޭނެ ތިޔަނޫނީ." ވަހީދު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ގުރައިދޫގެ ބައި އިލެކްޝަންގައި ރައީސް ނަޝީދުގެ ފެކްޝަނުން އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް ކެމްޕޭން ކުރިކަމަށް ސަރުކާރު ފެކްޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާލަތު

    ރޮޒައިނާ އަމުއްލައަށް ނަޝީދުއާ ހިތާވެގެން އުޅެނީ އެކަމާ ނަޝީދު އަޅާނުލާތީ އިޝްޤީ މޮޔަވެފައި ރޮޒޭނާ ހުންނަނީ. ރޮޒައިނާ ހަނދާން ނެތުނަސް އަހަރެމެން ހަނދާން އެބަހުރި ރައީސް ނަޝީދު ފޫބުޑުގަ އެލިގެން މަޖިލީހަށް ހެވެން އުޅުނުގޮތް.

    8
    3
  2. ލޮލް

    އެއީ މާޒީ. މީހާ ބަދަލުވީމާ ކަންކަންވެސް ބަދަލުވާނެ.
    މިހާރު ފެނިގެންދަނީ އަންނިގެ އަޞްލު ސިފަ.

    4
    3
  3. Anonymous

    އެނޫން ގޮތަކަށް ތީގެން އެކަކުވެސް ނުހޮވޭ! އިބޫވެސް ހޮވުނީ ހަމަ އެހެން އަންނި ފޮޓޯ ދައްކައިގެން!

    9
    2
  4. އާދަނާ

    ނަޝީދުގެ ފޮޓޯއެއްބަލާފަ ވޯޓްދޭނީ ކަލެއާ ކަލޭގެ އާއިލާގައުޅޭކޮހުން، ނަޝީދަކީ އަހަރަމެންދެކޭގޮތުގަ މަގުމަތީގަ އުޅޭ ޕާޓޭއަކަށްވުރެވެސް ދައްފަންތީގެމީހެއް!

    5
    10
  5. އަފީފު ދިއްދޫ

    ހަޖަމް ކުރުމުގައި މަސްއަލަ ހުންނަނަމަ ލަސްނުކޮށް ޑޮކްޓަރަކާއި މަޝްވަރާކޮށް ފަރުވާ ކުރުމަށް އަވަސް ކުރޭ