އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމީ ޖަލްސާ ފަސްކޮށްފައިވާ ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ކުރިމަތިލެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެކަންޏެވެ. އެހެންކަމުން އިންތިހާބަކާއި ނުލައި ނާޒިމަށް ވަނީ ރިޔާސީ ޓިކެޓް ލިބިފައެވެ.

އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ޕާޓީގެ ޓިކެޓް ހާވާލުކުރުމުގެ ހާއްސާ ޖަލްސާ ބޭވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަސް ވަނަ ދުވަހުގައި ކަމަށް އެ ޕާޓިއިން މީގެކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށް އެމްއެންޕީއިން މިއަދު ވަނީ ބުނެފަ އެވެ.

އެމްއެންޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ޕްރައިމަރީ އަށް އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެއެވެ. އަދި ރިޔާސީ ކެންޑިޑޭޓު ދޭން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އާންމު މެމްބަރުންގެ މެދުގައި ވޯޓެއް ވެސް ނަގާކަށް ނުޖެހޭނެއެވެ.

އެމްއެންޕީގެ މެންބަރުންގެ އަދަދު އިތުރު ކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްއެންޕީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޕާޓީގައި މިހާރު ވެސް 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ކަމަށް އެމްއެންޕީ އިން ބުނެއެވެ.

ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަބުދެލި

    ނާޒިމް ތި މަސައްކަތްކުރަނީ ވެރިކަން ހޯދާކަށްނޫން. ހަމަ އެކަނި ރިއާސީ ކެންޑިޑޭޓަކަށް ވުމުގެ ނަން ހޯދުމުގެ ބޭނުމުގައި. ތިގޮތައް މީގެކުރިން ބޯގަންވިލާ އިބުރާ އާއި އުމަރު ނަސީރުވެސް ވެރިކަމައް ކުރިމަތިލި. އެ 2 މީހުންނަށްވެސް ބާތިލް ވޯޓާއި އެއްވަރަށްވެސް ވޯޓު ނުލިބުނު،

    ނާޒިމް އަށް އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮ އެމްޓީސީސީ ގެ އެމްޑީ އާދަމް އާޒިމް އާއި އޭނަ ގެ އާއިލާ ގެ ވޯޓުވެސް ނުލިބޭނެ. އާޒިމް ސޯލިހައް ތާއީދުކުރާކަން އޮތީ މިދިޔަ މަހު އިއުލާން ކޮށްފައި. އާޒިމް އަށް އެނގޭނެ ޢޭނަގެ ބޭބެ ނާޒިމް އަށް ރިއާސީ އިންތިޚާބުގައި ތާއީދުކުރުމަކީ ފޫނެތް ފަޔައް ފެންފުރުންކަން.

    އާދަން ޢާޒިމް އަށް މަގާމް ދިފާުއުވާނީވެސް ރައީސް ސާލިހުއައް ވެރިކަން ލިބިގެން.

  2. ސީނުކަރަ

    ގިނަބަޔަމުގެ ލޯއްބާ ތާއިދު ނުލިބި ނުހޯދާ ތިމާ މަތިހަށި ނަގާ އުޅުނަކަސް އިނތިހާބަކުން ކާމިޔާބު ވެދާނެހެން ހީވޭހެއްޔެވެ! ތިމާގެ ދެކެފަރިތަ އަވައްޓެރިން އެއްގޯއްޗަކަށް އުފަން މީހުންނާ ތިމާގެ މީހުންނާ އިސްއުފުލާ ބަލާނުވޭވަރުވީމަ ކޮންރުހުމެއްތޯ ލިބޭނީ.

  3. ނަސިމްބެ

    ކަލޭ ތީ ކާކު ރިޔާސީ ޓިކެޓް އޭ ކިޔަން . މީހަކު ބަލައިގަންނަ މީހަކު ނޫނޭ ތީކީ