ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެ އަށް 9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި 57 އަހަރުގެ އިންޑިޔާ އަންހެން މީހާގެ ބަސް ދަންނަ މީހަކާއި ދިމާވެފައިވާކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފިއެވެ.

އޭނާގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން، އިއްޔެއިތިއޯޕިއާ މެއި 12 ވަނަ ދުވަހު އައި އެ މީހާ ހުއްޓުވައި، ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދަށް ފުރަތަމަ ޖެހީ ތިން ދުވަހެވެ. އޭގެ ފަހުން 15 ދުވަހެވެ. އޭގެ ފަހުން އޭނާގެ ބަންދަށް ތިން ދުވަސް ޖެހިއެވެ. އެއިރު ތިން ދުވަސް ޖެހީ ތަރުޖަމާނު މެދުވެރިކޮށް ދައްކާ ވާހަކަތައްވެސް އޭނާ އަށް ފަހުމް ނުވާތީއެވެ. އޭގެ ފަހުން ޖެހީ ފަސް ދުވަހެވެ. ފަހުން ފަސް ދުވަސް ދިނީވެސް އޭނާގެ ބަހުން ތަރުޖަމާ ކުރެވޭނެ މީހަކު ހަމަޖެހިފައިނުވާތީއެވެ.

އެންމެ ފަހުން އިއްޔެ މި މައްސަލައިގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް އެ ކޯޓުން ޖެހިއިރު، އޭނާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ އޭނާގެ ވަކީލާއި، އޭނާ ދައްކާ ވާހަކައިގެ ބަސް ދަންނަ މީހަކާއި އެކުގައެވެ.

އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެ ލަގެޖުން މަސްތުވާތަކެތީގެ ތެރޭގައިކޮކެއިން އާއި ހެރޮއިން ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެއީ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެއްޗެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްމަޑޭ

    ބޮލަށް ބަޑިޖަހާ މަރާލަބަލަ.
    ގައިމު އޭރުން ފަތުއަޑު ކިޔާހާ ބާރަށްގޮސް ތިކަން ކޮންޓުރޯލް ވާނެ

    17
    1
    • ރޫޓް

      އެއީ ނޫން ހައްލަކީ. އޭގެ ބޮޑުންނާއި އުފައްދާ ތަންތަނާއި އެއުފެއްދުމުގައި އުޅޭ މީހުން އަދި.އޭގެން ވިޔަފާރިކިރާ ނަފާ ލިބޭ ެެ އެންމެން އަދި އެތެެރެ ކުރާ މީހުންވެސް މަރަންވީ.

  2. ގާނޫނު

    މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އެއްވެސް ސަރުކާރަކާއި ރައްޔިތުންގެ މަޖުލީހަކުން މަސައްކަތެއް ނުކުރެއެވެ. ހެދިފައި ހުރި ގާނޫނުތައް ހަދާފައި ހުރީ މަސްތުވުން ނޯމަލައުޒް ކުރުމަށެވެ. ނުވަތަ މަސްތުވުމަކީ މައްސަލައެއް ނޫންކަން މުޖުތަމައުއަށް ގަބޫލުކޮށް ދިނުމަށެވެ. މިމާލޭގެ ސަރަހައްދުގައި ހިނގާ %99 ވައްކަމާއި މާރާމާރީއަކީ މަސްތުވާތަކެއްޗާއި ސީދާ ގުޅުން ހުރި މައްސަލަތަކެވެ. އާއިލާއަށް ފިލާގެންދާ %80 ޕަސަންޓް ކުޑަކުދިންނަކީ މަސްތުވާތަކެއްޗަށް ގްރޫމް ކުރާ ކުޑަކުދިންނެވެ.

  3. އިބްރާ

    މީނަގެ ތަހުގީގު ނުނިމިގެންމިއުޅެނީ މަސްތުވާތަކެތި އެތެރެކުރީ މީނާކަން ކަށަވަރުނުވާތީކަމަށް އެކަށީގެންވޭ.

  4. ކުޅިކަނބިލި

    މިފަހަރު ޝައްކުކުރެވޭވަރަށްވުރެ ޔާޤީން...އެކަމު ވާހަކަދައްކާކަށްނޭނގޭ ދެން ދޫކޮށްލާ