ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށް ސާބިއިން އެހާ ޔަގީންކަމާއެކު ބުނީ ކީއްވެގެން ކަމާމެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފި އެވެ.

ކޮސޯވޯގެ މިނިވަންކަން ގަބޫލު ނުކުރަން ރާއްޖެއިން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިނުގަންނަން ނިންމާފައިވާ ކަމަށް އަޑު ފެތުރުނީ ކޮސޯވޯގެ މިނިވަންކަން ބަލައިގެންފައިވާ ގައުމުތަކުން އެ ނިންމުން އަނބުރާ ގެނެސްފައިވާ ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޖިކް ވިދާޅުވުމާ ގުޅިގެންނެވެ.

ކޮސޯވޯއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތް ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޖިކް އެހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސާބިއާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރިތާ އެއްދުވަސް ފަހުންނެވެ.

ނަމަވެސް ސަރުކާރުން ވަނީ ސާބިއާ ރައީސްގެ ވާހަކަ ދޮގުކޮށްފަ އެވެ. އަދި މި ސަރުކާރަކީ އެކި ގައުމުތަކާއި ގުޅުން ކަނޑާލާ ގައުމެއް ނޫން ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ގައުމުތަކާއި ގުޅުން ބަދަހި ކުރާ ސަރުކާރެއް ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ވާހަކަތަކާއި މެދު ދުންޔާ ސުވާލު އުފެއްދެވި އެވެ.

"ވަރަށްދެރަ. ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ރަސްމީމަޝްވަރާއާ ގުޅޭގޮތުން ގައުމެއްގެރައީސް ދޮގުހެދީތަ؟ މީއާދައިގެ ކަމެއްނޫން. ސާބިއާގެ ރައީސް އެހާޔަގީން ކަމާއެކު އެފަދަކަމެއް އިއުލާނުކުރީ ރަސްމީމަޝްވަރާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކީކޭ ބުނީމަބާ؟ ކޮންމެއިންތިހާބަކާ ދިމާކޮށް ސާބިއާއަށް ދަނީކީއްވެ؟" ދުންޔާ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަންގަވާފައިވާ ކަމަށް ބުނާ މައްސަލަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވެސް ބެލިއެވެ. ނަމަވެސް އެކަމުގައި ރައީސް ނަޝީދުގެ އެއްބާރުލުމެއް ލިބިވަޑައިނުގެންނެވި ކަމަށް ކޮމިޓީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮސޯވޯ

    ޗަކޮއި ބައްޕޭ ބުނީމާ..

    4
    1
  2. އުގުރި

    ދުންޔާއަށް ނަސޭހަތެއް .. އެމްޑީޕީ އަކީ ކިހާވަރެއްގެ ބަޔެއް ކަން ބައްޕީ ކިޔާދީބަލަ..

    7
    0
  3. ހަވާސާ ހާދިސާ

    ޝާހިދު އޮންނާނީ ގިނައަދަދެއްގެ ފައިސާ ހީދައިގެން އެވާހަކަ ބުނެފައި މިއިންތިހާބަށް 2023 ފައިސާ ހޯދަން ކިތަންމެ ކަމެއްކުރާނެ ރައްޔަތުންވެސް ނވިއްކާލާނެ!

  4. އަހްމަދު

    ރާއްޖޭގެ ރައީސް ސޯލިހަކީވެސް ބުހުތާން ދޮގު ހަދާމީހެއް. އެހެންވީއްޔާ ސާބިއަގެ ރައީސް ދޮގުހަދާފާނެތާ؟

    7
    1